ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 42.9 މިލިއަން ރުފިޔާއަށެވެ.

Ad
rt

މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 4389 ކިއުބިކް މީޓަރުގެ ސަރަހައްދެއްފެ ބަނދަރު ފުން ކުރުމާއި 30،172 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރަށް އިތުރުކުރެވޭ ބައި ފުން ކުރުމާއި ބަނދަރަށް ވަންނަ ނެރު ފުންކުރުމާއި 295 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 70 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މީގެ އިތުރުން 314 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި ނެވިގޭޝަން ލައިޓް ހަރުކުރުން އެއްގަމު ތޮށި ކުމާއި މޫރިން ބޮއި ހަރުކުރުން ރޭމްޕް ހެދުމުގެ މަސައްކަތާއި ޕޭވްމަންޓް ހެދުމާއި މަގު ބައްތި ހަރުކުރުން ވެސް ހިމެނެއެވެ.