ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރިއާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ވަކީލް ނާޒިމް ސައްތާރު ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަލަމްގިރިއާ އެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.
އެ މައްސަލާގައި ނާޒިމްގެ މައްޗަށް ކުރާ އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާއަށް އޭނާ ކޯޓުގައި އެއްބަސްވުމުން އޭނާގެ މައްޗަށް ދެން އޮންނާނީ އަވަސް ނިޔާއިން މައްސަލަ ނިންމައި، ހުކުމް ކުރުމެވެ.
ބަދު އަހުލާގީ މައްސަލައަކަށް ވާތީ އެ މައްސަލަ ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
ޖިންސީ ކުށުގެ ގާނޫނުގައި އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ ހަތް އަހަރަށް ޖަލަށްލުމެވެ. އެކަމަކު ނާޒިމްގެ މައްޗަށް ދައުވާކުރީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށްވާތީ އޭނާގެ މައްޗަށް އަންނާނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ކުށަށް އިއުތިރާފްވުމުން އިތުރަށް އަދަބު ލުއިވާނެ އެވެ.
ނާޒިމްގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ވެސް އަލަމްގިރިއާ އެކު ޖިންސީ ގުޅުން ހިންގުމުގެ ދައުވާ ދައުލަތުން ދައުވާކުރެ އެވެ. އޭގެ ތެރޭގައި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދާއި ފުލުހެއް ވެސް ހިމެނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!