މަސައްކަތެއް ނެތި ސިޔާސީ މަގާމަކަށް ބޭފުޅަކު އައްޔަނެއް ނުކުރާނެކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާރސަން މިޢްވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިފަދައިން މިޢުވާން ވިދާޅުވީ، ޚަރަދު ކުޑަކުރަން އަންގާފައި އޮތްވައި ބޮޑެތި މުސާރަތަކެއް ދޭ ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރަމުންދާ ސަބަބު ސާފުކޮށްދިނުމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ.

Ad
rt

"ޚަރަދު ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ސަރުކާރުން ކުރަމުންދާނެ"

މިޢުވާން ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރު ހިންގުމަށް ރައީސް އެ ކަނޑައަޅުއްވާ ނިޒާމްގެ ތެރެއިން ވަކި ކަމެއް ކުރުމަށް ބޭފުޅަކު ކަނޑައަޅަން ޖެހިއްޖެ ހާލަތެއްގައި އެ ބޭފުޅަކު ކަނޑައަޅާކަމަށާއި މަސައްކަތެއް ނުކޮށް ހަމަ ހުންނާކަށް އެއްވެސް ބޭފުޅަކު އެއްވެސް ދިމާލެއްގައި ނުހުންނަވާނެކަމަށް މިއުވާން ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި މިޢްވާން ވަނީ ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވެސް ނޫސްވެރިންނާއި ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން މިޢްވާން ވަނީ މިޕްރެސްކޮންފަރެންސްގައި ސަރުކާރުގެ އެކިމަސައްކަތްތަކާއި، ބައެއް މައްސަލަތަކުގައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ވަކިވަކި ނޫސްވެރިން ކުރެއްވި ސުވާލުތަކަށްވެސް ޖަވާބު ދެއްވާފައެވެ.