ޗަރުކޭސް ފެސްޓިވަލްގެ ދެވަނަ އެޑިޝަމުގެ މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
ޗަރުކޭސް ފެސްޓިވަލަކީ އާޓް ފެސްޓިވަލެކެވެ. މި ފެސްޓިވަލް ކުރިއަށްދާނީ މި މަހުގެ 15-16 އަށް ސޯޝަލް ސެންޓަރުގައެވެ. މި ދެ ދުވަހު ހަވީރު 4-6 އަށް އަދި ރޭގަނޑު 8-12 އަށް އާއްމުންނަށް މި ފެސްޓިވަލް ހުޅުވާލާނެއެވެ.
ޗަރުކޭސް އަކީ ރާއްޖޭގެ ހުރިހާ އާޓިސްޓުންނަށް އެ މީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ޗަރުކޭސްފެ ފައުންޑަ މުޙައްމަދު އަހުނަފް އިބްރާހިމް ބުނީ މިއަހަރުގެ ހަރަކާތް ކާމިޔާބު ހަރަކާތަކަށް ހެދުމަށް އުރީދޫން ދޭ އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި މި ފަދަ ފުރުސަތުތައް ރާއްޖޭގެ އާޓިސްޓުންނަށް ފަހިކޮށްދިނުމަށް އުރީދޫން ދޭން އެއްބާރުލުންވެސް އޭނާ ފާހަގަ ކުރިއެވެ.
ޗަރުކޭސްގެ އެންމެ ފުރަތަމަ ފެސްޓިވަލް ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ. އެ ފެސްޓިވަލް ވެސް ވެގެންދިޔައީ ކާމިޔާބު ފެސްޓިވަލަކަށެވެ.
މިދިޔަ އަހަރުގެ ފެސްޓިވަލްގައި ވިޝުއަލް އާޓްސް އާއި މިޔުޒިކާއި ލިޔުމުގެ ހުނަރުތައް ވަނީ ދައްކާލައިފައެވެ. މިއަހަރުގެ ހަރަކާތުގައި އިތުރު ބައިތައް ވެސް ވަނީ ހިމަނައިފައެވެ. މީގެ ތެރޭގައި ނެށުމާއި އާޓްސް އެންޑް ކްރާފްޓް ހިމެނޭނެ ކަމަށް ޗަރުކޭސް އިން ބުންޏެވެ.
މީގެ އިތުރުން ތަފާތު ބާވަތްތަކުގެ ކެއުމާއި ބުއިންވެސް ފެސްޓިވަލް ތެރެއިން ލިބެން ހުންނާނެ ކަމަށް ޗަރުކޭސް އިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!