މިނީ ބަހުގެ ޚިދުމަތަކީ އާއްމު ދަތުރުފަތުރުގެ ނިޒާމަށް އައި އިންޤިލާބީ ބަދަލެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް އިއްޔެ ފަށާފައިވާއިރު ފުރަތަމަ ދުވަހު ވެސް 2000 އަށް ވުރެ ގިނަ މީހުން ވަނީ އެ ޚިދުމަތް ހޯދާފައެވެ.

Ad
rt

އެގާރަ އަހަރަށް ފަހު މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ އާރްޓީއެލް ޕްރޮޖެކްޓުގެ ދަށުންނެވެ.

މާލޭގައި ތިން ރޫޓަކުން ބަސް ދަތުރުތައް ކުރަމުން އަންނައިރު، މި ޚިދުމަތް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ހުރިހާ ރައްޔިތުން ވެސް ޓްރެފިކް ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ނައިބު ރައީސް ވަނީ އިލްތިމާސްކުރަށްވާފަ އެވެ.

ނައިބު ރައީސް ވަނީ ބަސް ދަތުރުތައް ފެށިދުވަހު ބަހުގައި ދަތުރު ވެސް ކުރަށްވާފައެވެ. އެމަނިކުފާނު އެދުވަހު ދަތުރުކުރެވީ އޯކިޑް ރޫޓުގެ ބަހުން ހިލާލީ ގެއިން ޖުމްހޫރީ މައިދާނާ ހަމައަށެވެ. އެމަނިކުފާނު ބަސް ދަތުރުކުރެއްވީވެސް އާންމުންނާއި އެކު އެއް ބަހަކުންނެވެ.