ށ. ފޭދޫ ކައުންސިލުން ބޭއްވި ''ށ. ފޭދޫ ކައުންސިލް ޤުރްއާން މުބާރާތް 1444'' އިން މުޅި މިބާރާތުން އެއް ވަނައަށް ސާރާ ހުސައިން ޞަލާޙް ހޮވިއްޖެއެވެ.
ސެޕްޓެމްބަރު 2 އިން 3 އަށް ކުރިއަށް ގެންދިޔަ މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ އެރަށުގައި ކީރި ޤުރްއާންގެ ހަމަތަކުގެ މަތިން އުނގެނުމާއި، އުނގަންނައި ދިނުމުގައި ތަރްތީލުކޮށް ކިޔެވުމުގެ ޤާބިލުކަން އުފެއްދޭނެ ފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި، ފޭދޫގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުން ހިމެނެއެވެ.
މީގެ އިތުރުން ޤައުމީ ފެންވަރުގައި ޤުރްއާން ކިޔަވާނެ ރަނގަޅު ދަރިވަރުންތަކެއް އުފެއްދުމާއި އަދި އަތޮޅު މުބާރާތުގައި ކިޔަވާނެ ދަރިވަރުން ހޮވުންވެސް މި މުބާރާތް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް ''ތިލަދުން'' އަށް ވިދާޅުވީ، މި މުބާރާތް ބާއްވާ މަޤްޞަދު ހާސިލު ކުރުމަށް ކޮންމެ އަހަރަކު މުބާރާތް ބޭއްވުމަކީ މިހާރުގެ ކައުންސިލްގެ އިންތިޚާބީ ވަޢުދެއް ކަމަށެވެ.
މި މުބާރާތުގައި ހޮވާފައިވާ ފާހަގަކޮށްލެވޭ ވަނަތައް
މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނަ
- 1 ވަނަ މުޙައްމަދު އަލްޙަމް ސައީދު
- 2 ވަނަ މުޙައްމަދު ރަޒާން
- 3 ވަނަ އީލާފް ޢަބުދުﷲ ސައީދު
މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެއް ވަނަ
- 1 ވަނަ ސާރާ ޙުސައިން ޞަލާޙް
- 2 ވަނަ އައިޝަތު ނީމް އަޙްމަދު
- 3 ވަނަ ނައުރީން ބިންތި ޢަބުދުﷲ ސައީދު
މުޅި މުބާރާތުން
- 1 ވަނަ ސާރާ ޙުސައިން ޞަލާޙް
- 2 ވަނަ އައިޝަތު ނީމް އަޙްމަދު
- 3 ވަނަ މުޙައްމަދު އަލްހަމް ސައީދު
މި މުބާރާތަކީ ފޭދޫ ކައުންސިލުން ބޭއްވި ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި 7 އުމުރު ފުރާއަކުން 67 ދަރިވަރަކު ވަނީ މައިވެރިވެފައެވެ.
މި މުބާރާތް ބޭއްވުމަށް ފޭދޫގެ އާންމުންގެ ފަރާތުންނާއި، ފެނަކަ ކޯޕަރޭޝަން އަދި އިސްލާމިކް މިނިސްޓްރީން ވެދެއްވި އެހީތެރިކަމަށް ފޭދޫ ކައުންސިލުން ޝުކުރު އަދާކުރަށްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!