Skip to main content
Topic Archive

#ހދ. ކުޅުދުއްފުށި

290 Stories filed
ސީއައިޓީއެމް އިން ކުޅުދުއްފުށިގައި ކޮންޕިއުޓަރ ކޯސްތަކެއް ހިންގަނީ
Thiladhunmathi News

ސީއައިޓީއެމް އިން ކުޅުދުއްފުށިގައި ކޮންޕިއުޓަރ ކޯސްތަކެއް ހިންގަނީ

ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓް(ސީއައިޓީއެމް) އިން ހދ. ކުޅުއްފުށިގައި ކޮންޕިއުޓަރ ކޯސްތަކެއް ހިންގުމަށް ނިންމައިފިއެވެ. ސީއައިޓީއެމް އިން ކުޅުދުއްފުށިގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ ކޮމްޕިއުޓަރ ފޯ ކިޑްސް- ލެވެލް 1، ކޮމްޕިއުޓަރ ފޯ ކިޑްސް- ލެވެލް 2، ސެޓްފިކެޓު 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ(އެމްކިއުޔޫ ގަބޫލުކުރާ)، ސެޓްފިކެޓު 4 އިން އިންފޮމޭޝަން ޓެކްނޮލޮޖީ(އެމްކިއުޔޫ ގަބޫލުކުރާ) އަދި ޑިޕްލޮމަ އިން އިންފޮމޭޝަން ޓެކްނޮލޮޖީ(އެމްކިއުޔޫ ގަބޫލުކުރާ) އެވެ. އެ ސެންޓަރުން ބުނީ ކޯސ...

ކުޅުދުއްފުށި އަފީފުއްދީން ސްކޫލުން ވައްކަންކުރަން މަސައްކަތްކޮށްފި
Thiladhunmathi News

ކުޅުދުއްފުށި އަފީފުއްދީން ސްކޫލުން ވައްކަންކުރަން މަސައްކަތްކޮށްފި

ހދ. ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލަށް ރޭ ދަންވަރު ވަގަކު ވަދެ، ވައްކަން ކުރަން މަސައްކަތްކޮށްފި އެވެ. ސްކޫލުން މައުލޫމާތު ދިން ގޮތުގައި ވައްކަން ކުރަން މަސައްކަތް ކޮށްފައިވަނީ ރޭ ދަންވަރު 2:40 ހާއިރު އެވެ. ސްކޫލުން ބުނީ ވަގު ވަދެފައިވަނީ ސްޓާފް ރޫމްގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަމަށެވެ. ވަގު ވަނުމުން އެވަގުތު ސްކޫލުގެ ސެކިއުރިޓީ ގާޑަށް ވަގު ފެނުމުން ފުލުހަށް ރިޕޯޓްކުރި ކަމަށާއި ނަމަވެސް ފުލުހުން އަންނަވާއިރަށް ވަގު ފިލާފައިވާ ކަމަށް ސްކޫލުން ބުނެއެވެ. ނަމަވެސް […]

ކުޅުދުއްފުށި އެއާޕޯޓު ވަޒީފާއަށް 400 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި
Thiladhunmathi News

ކުޅުދުއްފުށި އެއާޕޯޓު ވަޒީފާއަށް 400 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

ހދ. ކުޅުދުއްފުށި އެއާޕޯޓުގެ 25 ވަޒީފާއަކަށް 400 މީހުން ކުރިމަތިލި ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނެފި އެވެ. “ކުޅުދުއްފުށި އޮންލައިން” އަށް މައުމޫލާތު ދެއްވަމުން ރީޖަނަލް އެއާޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ކުޅުދުއްފުށީ އެއާޕޯޓަށް ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވުނު ފަރާތްތަކާއި އިންޓަވިއުކުން އޮންނާނެ ކަމަށެވެ. “ވަޒީފާއަށްއެދި ހަތަރު ސަތޭކައަށްވުރެންގިނަ ފޯމް ހުށައަޅާފައިވޭ. އޭގެ ތެރެއިން ޝަރުތުހަމަވާ ދު...

ރާއްޖެ ޓީވީގެ ޝޯވް އަކުން ކުޅުދުއްފުށި ހޮސްޕިޓަލުގެ ހާލަތު!
Thiladhunmathi News

ރާއްޖެ ޓީވީގެ ޝޯވް އަކުން ކުޅުދުއްފުށި ހޮސްޕިޓަލުގެ ހާލަތު!

ހދ. ކުޅުދުއްފުށި ރީޖިނަލް ހޮސްޕިޓަލަކީ މާލެ ފިޔަވައި އެންމެ ގިނަ މީހުން ހިދުމަތް ހޯދާ ހޮސްޕިޓަލެވެ. އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ އަދި ހދ އަދި ށ ގެ ރަށްތަކުން އެތައް ބަޔަކު ދުވާލެއްހެ މައްޗަށް އެ ހޮސްޕިޓަލަށް ޒިޔާރަތްކޮށް ހިދުމަތް ހޯދަމުންދާއިރު، އެ ހޮސްޕިޓަލުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާކަން ފާހަގަ ކޮށްލެވެއެވެ. އަތޮޅުތެރޭގެ ސިއްހީ ނިޒާމަކީ މިދިޔަ ސަރުކާރުތަކުގައި ވެސް އެންމެ ބޮޑަށް ރައްޔިތުންގެ ފާޑުކިޔުން އަމާޒުވި ދާއިރާއެވެ. ހާއްސަކޮށް […]

ފަރުވާކުޑަވުމުން ކުޅުދުއްފުށި ކައުންސިލަރަކާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދިއްޖެ
Thiladhunmathi News

ފަރުވާކުޑަވުމުން ކުޅުދުއްފުށި ކައުންސިލަރަކާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދިއްޖެ

މަސައްކަތަށް ފަރުވާކުޑަވުމުން ހދ. ކުޅުދުއްފުށީ ކައުންސިލް މެމްބަރު މުހައްމަދު ފަވާޒް ނައީމަށް ފިޔަވަޅު އަޅައިދިނުމަށް ހދ އަތޮޅު ކައުންސިލްގައި އެދިއްޖެ އެވެ. އެނގިފައިވާގޮތުގައި ފަވާޒްއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދުނީ ކައުންސިލްގެ ރައީސް ހަވާލުކުރާ މަސައްކަތްތައް އޭނާ އަދާކުރަމުން ނުދިއުމާ ގުޅިގެންނެވެ. އެމައްސަލަ ހދ އަތޮޅު ކައުންސިލަށް ފޮނުވާފައިވާތާ ދުވަސްކޮޅެއްވެފައިވާ ކަމަސް މައުލޫމާތު ލިބެއެވެ. ފަވާޒްގެ ފަރުވާކުޑަ މައްސަލައެއްވަނީ ވަރަށް ފަހުން ވެސް ވަނީ ފެންމަތިވެ އެވެ. އެއީ ކުޅުދުއްފ...

ޖަލާލުއްދީން ސްކޫލް ފުޑްފެއަރ އަދި ޖަމްބަލް ސޭލް އޮގަސްޓް 30 ގައި
Thiladhunmathi News

ޖަލާލުއްދީން ސްކޫލް ފުޑްފެއަރ އަދި ޖަމްބަލް ސޭލް އޮގަސްޓް 30 ގައި

ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން ފަންޑް ރައިސް ކުރުމަށް ބާއްވާ ފުޑްފެއަރ އަދި ޖަމްބަލް ސޭލްއެއް އޮގަސްޓް 30 ގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. އެ ސްކޫލްގައި ކުރިއަށް ގެންދާ މި ސޭލްގައި ރީޔޫސް ކުރެވޭނެ ތަކެތީގެ އިތުރުން ކާބޯތަކެތި ލިބެން ހުންނާނެ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ. މި ސޭލް ކުރިއަށްދާނީ 30 އޮގަސްޓް ވާ ހުކުރު ދުވަހު މެންދުރު ފަހު 2:30 އިން ހަވީރު 4:30 ގައެވެ. މިހަރަކާތުގައި ވީހާވެސް […]

ބައިސްކޯފްގެ ހާއްސަ ހަވީރެއް މާދަމާ ކުޅުދުއްފުށީގައި!
Thiladhunmathi News

ބައިސްކޯފްގެ ހާއްސަ ހަވީރެއް މާދަމާ ކުޅުދުއްފުށީގައި!

އޮންލައިން ސްޓްރީިމިންގ އެޕް “ބައިސްކޯފް” އަދި ދިރާގު ގުޅިގެން ބައިސްކޯފްގެ ހާއްސަ ހަވީރެއް މާދަމާ ކުޅުދުއްފުށީގައި ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ. މިހާއްސަ ހަވީރު އޮންނާނީ ކުރިއަށްދާނީ މާދަމާ ހަވީރު 4 އިން 6 އަށް ކުޅުދުއްފުށީ ކޮރަލް ދަނޑު ސަރަހައްދުގަ އެވެ. މި ހަވީރުގައި މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާންގެ ހުށަހެޅުންތަކެއްވެސް ފެނިގެންދާނެ ކަމަށް ކުޅުދުއްފުށީ އޮންލައިންއިން ރިޕޯޓު ކުރެއެވެ. އަދި މީގެ އިތުރުން، ބައިސްކޯފްގެ އެންމެ މަޝްހޫރު އޮރިޖިނަލް ދިވެހި ވެބް ސީރިޒް ކަމަށްވާ “ހުވާ”ގެ […...

People

ރިޝްވާން އެދެނީ ކުޅުދުއްފުށީގައި ކައިޓްސާފް ކުރާނެ ރަނގަޅު ތަނެއް އޮތުމަށް!

ބޮޑުވަމުން އަންނަ އިރު އެކި ކުދިންގެ ޝައުގު ހުންނަނީ އެކި ކަންކަމަށެވެ. ކުޑަކުދިންނަކީ އަބަދުވެސް އާ ކަންކަން ތަޖުރިބާ ކުރަން ބޭނުންވާ ބައެކެވެ. ތަފާތު ކަންކަން ކޮށް، ހުސްވަގުތުގެ ބޭނުންކުރާނެ ބައެކެވެ. އެހެނަސް އެކި ކުދިން ހުސްވަގުތު ތަކުގައި ކޮށްއުޅެނީ އެކި ކަންކަމެވެ. މިފަހަރު މިއޮތީ “ދޭހަ” އިން ފެނުނު ކުޅުދުއްފުއްޓަށް އުފަން އުމުރުން އެންމެ ފަނަރަ އަހަރުގެ މުހައްމަދު ރިޝްވާން ޖަލީލްގެ ވާހަކައެވެ. އޭނާގެ ހުސްވަގުތުތަކުގައި ކޮށް އުޅޭ ކަންކަމުގެ ވާހަކައެވެ. “ކައިޓް ދުއްވާތަން ފެނުނީމަ […]

ކުޅުދުއްފުށީ ފެން ޕްލާންޓަށް ދިމާވި މައްސަލަ ދެހަފްތާ ތެރޭ ޙައްލުކުރެވޭނެ
Thiladhunmathi News

ކުޅުދުއްފުށީ ފެން ޕްލާންޓަށް ދިމާވި މައްސަލަ ދެހަފްތާ ތެރޭ ޙައްލުކުރެވޭނެ

ކުޅުދުއްފުށީގައި ޤާއިމުކޮށްފައި ހުންނަ ތާޒާ ފެން އުފައްދާ ކާރުޚާނާގެ މެޝިނަށް ދިމާވި މައްސަލަ ދެހަފްތާގެ ތެރޭގައި ހައްލުކުރެވޭނެ ކަމަށް އެމް ޑަބުލިއު އެސް ސީ އިން ބުނެފިއެވެ. އެކުންފުނީގެ އޮފިޝަލަކު އޮންލައިން . ނޫހަކަށްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މެޝިނަށް ދިމާވީ ލޭބަލްގެ ކޮލިޓީގެ މައްސަލައެއް ކަމަށާއި ، އެމައްސަލަ ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޙައްލު ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޝިނަށް މައްސަލަ ދިމާވެ ފެން ބަންދު ކުރުން ވަގުތީގޮތުން މެދުކެނޑިފައިވާކަން އެތަނުން ފެން ގަންނަ...

ކުޅުދުއްފުށީގައި ފެންކާރުޚާނާއެއްގައި މައްސަލަ ޖެހި ފެން ބަންދު ކުރުމަށް ހުރަސްތަކެއް
Thiladhunmathi News

ކުޅުދުއްފުށީގައި ފެންކާރުޚާނާއެއްގައި މައްސަލަ ޖެހި ފެން ބަންދު ކުރުމަށް ހުރަސްތަކެއް

ކުޅުދުއްފުށީގައި ގާއިމުކޮށްފައި ހުންނަ ތާޒާ ފެން އުފައްދާ ކާރުހާނާގެ މެޝިނެއްގައި މައްސަލަ ޖެހި ފުޅީގައި ފެން ބަންދުކުރުން ހުއްޓިއްޖެ އެވެ. “ތިލަދުން” އަށް އެނގިފައިވާ ގޮތުގައި މައްސަލަ ޖެހުނީ ފުޅި ބަންދުކުރަން ހުންނަ މެޝިންތަކުގައި ތެރެއިން މެޝިނެއްގަ އެވެ. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ކާރުހާނާގައި ހުރި މެޝިނަކަށް މައްސަލަ ޖެހި ފުޅީގައި ފެން ބަންދުކުރުން ހުއްޓިފައިވަނީ އިއްޔެ އެވެ. މެޝިނުގައި މައްސަލަ ޖެހި ފެން ބަންދުކުރުމަށް މަޑުޖެހުމުން އެކަން ވަނީ އެތަނު...

ކުޅުދުއްފުށީގެ މަސްވެރިން އިއްޔެ ބޭނި މަސް ނުކިރިފައި!
Thiladhunmathi News

ކުޅުދުއްފުށީގެ މަސްވެރިން އިއްޔެ ބޭނި މަސް ނުކިރިފައި!

ހދ. ކުޅުދުއްފުށީގެ މަސްވެރިން އިއްޔެ ބޭނި މަސް ހުރީ ނުކިރިފައިކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ ކުޅުދުއްފުށީގެ މަސްވެރިން އިއްޔެ ބޭނި މަސްވެސް ނުކިރޭ ކަމަށާއި އެކަމާ ގުޅޭގޮތުން މިފްކޯއަށްވެސް ވާހަކަ ދެކެވިފައިވާ ކަމަށެވެ. “އަޅުގަނޑު މިފްކޯއާވެސް ވާހަކަ ދައްކާލިން އެކަމަކުވެސް މި ދިމާވާ މައްސަލަ އަކީ މިފްކޯގައި މި ވަގުތު އޮތީ މަސް ކިރޭ އެންމެ ބޯއްޓެއް” […]

ކުޅުދުއްފުށީ ދެ ގެއަކުން ރިހާކުރު ފުޅިއަކާއި ތެލުލި ބަނބުކެޔޮ ދަޅެއް ވަގަށްނަގައިފި
Thiladhunmathi News

ކުޅުދުއްފުށީ ދެ ގެއަކުން ރިހާކުރު ފުޅިއަކާއި ތެލުލި ބަނބުކެޔޮ ދަޅެއް ވަގަށްނަގައިފި

ހދ. ކުޅުދުއްފުށީ ދެކުނު އަވަށުގައި ހުންނަ ދެ ގެއަކަށް ވަގު ވަދެ ރިހާކުރު ފުޅި އަކާއި ތެލުލި ބަނބުކެޔޮ ދަޅެއް ވަގަށް ނަގައިފި އެވެ. ކުޅުދުއްފުށީ އޮންލައިން އިން ރިޕޯޓްކުރާ ގޮތުގައި ދެ ގެޔަކަށް ވަގު ވަދެފައިވަނީ މި މަހުގެ އަށާރަ ވަނަ ދުވަހު ރޭގަނޑުގެ ވަގުތެއްގައި ކަމަށާއި އަދި އެ ދެގެއިންވެސް ވައްކަންކޮށްފައިވަނީ ބަދިގެއިން ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުން އެއް ގެއަކުން ރިހާކުރު ފުޅިއެއްގެ އިތުރުން ކަރަންޓް ޖަގަކާއި ކޮފީ މިކްސްޗަރެއް ވަގަށް […]

Thiladhunmathi News

ކުޅުދުއްފުށީ ފަޅު ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ކުޅުދުއްފުށީ ފަޅު ގެއެއްގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާންގަނޑު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ނިއްވާލައިފިއެވެ. އެމްއެންޑީއެފް އިން ބުނީ ކުޅުދުއްފުށީ “ހަވިރީނައިޓް” ނަމަކަށް ކިޔާ ފަޅު ގެއެއްގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ނޯތް އެރިއާގެ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާކަމަށެވެ. އަދި މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 5:12 ގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެނ...

ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ އިން ހިންގަން އުޅުނީ ބޮޑު ޖަރީމާއެއް: އާތިފް
Raajje

ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ އިން ހިންގަން އުޅުނީ ބޮޑު ޖަރީމާއެއް: އާތިފް

ހދ.ކުޅުދުއްފުށީގައި ހިންގަމުން އަންނަ ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ އިން ހިންގަން އުޅުނީ ބޮޑު ޖަރީމާއެއް ކަމަށާއި އެތައް ބަޔަކަށް ބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވީތީ ޙަމްދު ކުރާ ކަމަށް ކުޅުދުއްފުށީ ހދ އަތޮޅު ކައުންސިލް މެންބަރު އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް މިހެން ވިދާޅުވެފައިވަނީ، ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ އިން ހިންގަން އުޅެނީ ކޮން ޖަރީމާއެއްކަން އާތިފް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް “ތިލަދުން” އަށް އެނގިފައިވާ ގޮތުގައި އާތ...