ރިޝްވާން އެދެނީ ކުޅުދުއްފުށީގައި ކައިޓްސާފް ކުރާނެ ރަނގަޅު ތަނެއް އޮތުމަށް!

viber_image_2019-06-11_05-28-58

ބޮޑުވަމުން އަންނަ އިރު އެކި ކުދިންގެ ޝައުގު ހުންނަނީ އެކި ކަންކަމަށެވެ. ކުޑަކުދިންނަކީ އަބަދުވެސް އާ ކަންކަން ތަޖުރިބާ ކުރަން ބޭނުންވާ ބައެކެވެ. ތަފާތު ކަންކަން ކޮށް، ހުސްވަގުތުގެ ބޭނުންކުރާނެ ބައެކެވެ. އެހެނަސް އެކި ކުދިން ހުސްވަގުތު ތަކުގައި ކޮށްއުޅެނީ އެކި ކަންކަމެވެ. މިފަހަރު މިއޮތީ "ދޭހަ" އިން ފެނުނު ކުޅުދުއްފުއްޓަށް އުފަން އުމުރުން އެންމެ ފަނަރަ އަހަރުގެ މުހައްމަދު ރިޝްވާން ޖަލީލްގެ ވާހަކައެވެ. އޭނާގެ ހުސްވަގުތުތަކުގައި ކޮށް އުޅޭ ކަންކަމުގެ ވާހަކައެވެ.

"ކައިޓް ދުއްވާތަން ފެނުނީމަ އެކީގަ އުޅޭ މީހުން ކައިރީގަ ދުއްވާ ހިތްވެޔޭ ބުނީމަ ބުނާނެ ކަލެޔަކަށް ނުވާނޭ. މައްޗަށް އަރައިގެން ދާނޭ.. މިކަހަލަ ގޮތަކަށް ގިނަ މީހުން ބުނަނީ. އަސްލު މިކަން ވާނެކަން އެމީހުންނަށް ދައްކާލަން މި ޗެލެންޖް ނެގީ." ކައިޓް ސާފް ކުރަން ފެށުނީ ކިހިނެތްތޯ އަހާލުމުން ކުޑަ ކުޑަ ރިޝްވާން ބުނެލިއެވެ.

ރިޝްވާން ކައިޓް ސާފުކުރަން ފެއްޓުނު ގޮތަކީ މިއީއެވެ. އަދުގެ ގިނަ ޒުވާނުން ފަދައިން ރިޝްވާންވެސް ބޭނުންވީ އޭނާއަށް ނުވާނެޔޭ ބުނި ކަންތައް ކޮށް، ނުވާނެޔޭ ބުނި މީހުނަށް ގޮން ޖަހާލާށެވެ.

އެގޮތުން އަމިއްލައަށް ކުރި އެތައް މަސައްކަތުންނާއި، ކައިޓް ސާފްކުރާ ބައެއް މީހުންގެ ފަރާތުން ލިބުނު އެހީތެރިކަމާއެކު އޭނާ މިއަދު ހުރި ހިސާބަށް އާދެވުނެވެ.

އަސްލު މިކަން ވާނެކަން އެމީހުންނަށް ދައްކާލަން މި ޗެލެންޖް ނެގީ.

ރިޝްވާން ބުނި ގޮތުގައި އެންމެ ފުރަތަމަ ކައިޓް ސާފްކުރަމުން އައީ އާ ބަނދަރު ހަދަމުން އައި ސަރަހައްދުގައެވެ. "ދާދި ފަހަކާ ޖެހެންދެން" އެ ސަރަހައްދަކީ ހެޔޮވަރަށް ވައި ޖެހޭ ދުވަހެއްނަމަ ކައިޓް ސާފްއާއި ވޭކް ބޯޑިންގައި އެކި އުމުރުގެ މީހުން ހަރަކާތްތެރިވާ ސަރަހައްދެކެވެ.

މީ އުމުރުން 15 އަހަރުގެ ރިއްޓެ - ފޮޓޯ: އަނޫފް

ކައިޓް ސާފުކުރުމުގައި މިހާރު ދިމާވާ އުނދަގުލަކީ ކޮބައިތޯ ސުވާލުކޮށްލުމުން ރިޝްވާން ބުނީ، އެންމެ އުނދަގޫވަނީ ރަށުގައި ދުއްވާނެތަނެއް ނެތުމުން ކަމަށާއި، އުއްމީދަކީ ރަށުގައި މި ކުޅިވަރު ކުޅެވޭނެ ރަނގަޅުތަނެއް އޮންނަ ދުވަހެއް ފެނުން ކަމަށް އޭނާ ބުންޏެވެ. އަދި މިހާރު މި ކުޅިވަރު ކުޅެން ދަނީ އެއަރޕޯޓް ކައިރިއަށް ކަމަށާއި ކައިރި އެހެން ރަށްރަށަށް ކަމަށްވެސް ރިޝްވާން ބުންޏެވެ.

ތިލަދުންގެ ޓީމުގެ ފަރާތުން އެދެނީ ރިޝްވާނަށް މިކަމުގައި ކާމިޔާބީއާއި ކުރިއެރުން ލިބުމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި