Skip to main content
Topic Archive

#Haa Alif Dhidhdhoo

776 Stories filed
ނިއު ރޭޑިއަންޓް ހިފަހައްޓައި، ދިއްދޫން ތާރީޚީ ޕޮއިންޓެއް ހޯދައިފި
Thiladhunmathi News

ނިއު ރޭޑިއަންޓް ހިފަހައްޓައި، ދިއްދޫން ތާރީޚީ ޕޮއިންޓެއް ހޯދައިފި

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގައި ކުޅުނު ފޯރިގަދަ މެޗުގައި ރާއްޖޭގެ އެންމެ ދުވަސްވީ އަދި ސަޕޯޓަރުން އެންމެ ގިނަ އެއް ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެއްވަރުކޮށް، ދިއްދޫ ސްޕޯޓްސް ކްލަބުން ތާރީޚީ ޕޮއިންޓެއް ހޯދައިފިއެވެ. ރާއްޖޭގެ އުތުރުގައި އެންމެ ވަރުގަދަ އެއް ކްލަބާ ދެކޮޅަށް ކުޅެ ދިއްދޫން މި ހޯދި ނަތީޖާއާއެކު އެ ޓީމު ވަނީ ތާރީޚުން އައު ޖާގައެއް ކަށަވަރުކޮށްފައެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ދިއްދޫން ފެށުން ވަރުގަދަކުރި މި […]

ދިއްދޫ ޓީމަށް ސަޕޯޓްކުރަން ބާރަށުން ދާން ބޭނުންވާ މީހުންނަށް ޚާއްސަ ދަތުރެއް
Thiladhunmathi News

ދިއްދޫ ޓީމަށް ސަޕޯޓްކުރަން ބާރަށުން ދާން ބޭނުންވާ މީހުންނަށް ޚާއްސަ ދަތުރެއް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫ ކުޅޭ ފުރަތަމަ ހޯމް މެޗުގައި، އެ ޓީމަށް ހިތްވަރުދީ ސަޕޯޓުކުރުމަށް ދާން ބޭނުންވާ ބާރަށު ރައްޔިތުންނަށް ޚާއްސަ ފެރީ ދަތުރެއް ހަމަޖައްސައިފިއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ދިއްދޫގައެވެ. ބާރަށު ކައުންސިލުން ހާމަކުރި ގޮތުގައި، ދިއްދޫ ޓީމަށް ސަޕޯޓްކުރަން ދާ މީހުންނަށް ޚާއްޞަކޮށްފައިވަނީ ހއ. އަތޮޅު ފެރީއެވެ. އަދި މި ފެރީން ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނީ، 105 މީހުންގެ ޖާގަ ފުރެންދެން ކަމަށްވެސް އެ ކައުންސިލުން […]

ދިއްދޫ މެޗަށް ތައްޔާރުވާން ނިއުގެ ފުރަތަމަ ފަރިތަކުރުން ހަނިމާދޫގައި ބާއްވައިފި
Thiladhunmathi News

ދިއްދޫ މެޗަށް ތައްޔާރުވާން ނިއުގެ ފުރަތަމަ ފަރިތަކުރުން ހަނިމާދޫގައި ބާއްވައިފި

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ ފުޓުބޯޅަ ޓީމާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ތައްޔާރުވުމުގެ ގޮތުން، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ފަރިތަކުރުން އިއްޔެ ހދ. ހަނިމާދޫގައި ބާއްވައިފިއެވެ. މި މެޗަކީ ލީގުގައި ނޯތު ޗެމްޕިއަން ދިއްދޫ ޓީމު އަމިއްލަ ރަށުގައި ކުޅޭ ފުރަތަމަ މެޗަށް ވުމާއެކު، އެ ޓީމުން ވެސް ދަނީ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ދިއްދޫއާ ދެކޮޅަށް ކުޅޭ މެޗަށް ނިއުރޭޑިއަންޓުގެ ޓީމު ވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ދިއްދޫއަށް […]

އުތުރުގެ ފުޓުބޯޅަ ތާރީޚު ބަދަލުކޮށްލާ ތާރީޚީ މެޗު ބަލާލަން ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ދަޢުވަތު!
Thiladhunmathi News

އުތުރުގެ ފުޓުބޯޅަ ތާރީޚު ބަދަލުކޮށްލާ ތާރީޚީ މެޗު ބަލާލަން ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ދަޢުވަތު!

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބާއި، ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރާ ތާރީޚީ މެޗު ދިއްދޫ ފުޓުބޯޅަ ދަނޑުން ބަލައިލުމަށް، ބޮޑުތިލަދުންމަތީގެ އެންމެހައި ރައްޔިތުންނަށް ދިއްދޫ ކައުންސިލުން ދަޢުވަތު އަރުވައިފިއެވެ. މިއީ ރާއްޖޭގެ އެންމެ މޮޅެތި ޓީމުތައް ވާދަކުރާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގެ މެޗެއް ވެރިރަށް މާލެއިން އުތުރުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ މުޅި ބޮޑުތިލަދުންމައްޗަށް […]

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު އައިހަމް އަށް، އެންމެ މޮޅު ދެވަނަ ރީޖަނަލް ކްލަބަކަށް ދިއްދޫ
Thiladhunmathi News

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު އައިހަމް އަށް، އެންމެ މޮޅު ދެވަނަ ރީޖަނަލް ކްލަބަކަށް ދިއްދޫ

ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހއ. އުތީމަށް ނިސްބަތްވާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް ހޯދައި، އެންމެ މޮޅު ރީޖަނަލް ކްލަބުގެ ދެވަނަ މަގާމު ހއ. ދިއްދޫ ސްޕޯޓްސް ކްލަބުން ހާސިލުކޮށްފިއެވެ. މި އެވޯޑުތައް ހަވާލުކޮށްފައި ވަނީ ހުޅުމާލޭގެ މެންހެޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި އެފްއޭއެމް އެވޯޑްސް 2026 ގެ ހަފުލާގައެވެ. އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު ހޯދި އައިހަމް […]

ދިއްދޫއިން ނިއު އަށް ކުލަގަދަ ސަގާފީ މަރުހަބާއެއް، ފުރިހަމަ މެހެމާންދާރީއަށް ޝުކުރު
Thiladhunmathi News

ދިއްދޫއިން ނިއު އަށް ކުލަގަދަ ސަގާފީ މަރުހަބާއެއް، ފުރިހަމަ މެހެމާންދާރީއަށް ޝުކުރު

ދިވެހި ޕްރިމިއާ ލީގުގައި ނޯތު ޗެމްޕިއަން ހއ. ދިއްދޫ ފުޓުބޯޅަ ޓީމު ރަށުގައި ކުޅޭ ފުރަތަމަ މެޗަށް ތައްޔާރުވެފައިވާއިރު، އެ ރަށާއި ދެކޮޅަށް ކުޅުމަށް ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ، ތާރީޚީ ކްލަބް އެރަށަށް ރޭ ދިޔުމުން ކީ ހޫނު މަރުޙަބާއަށް އެ ކްލަބުން ޝުކުރު އަދާކޮށްފިއެވެ. އުތުރުގައި ކުޅޭ މި ތާރީޚީ މެޗަށް ނިއުގެ ޓީމު ރޭ ވަނީ ދިއްދޫ އަށް ގޮސްފައެވެ. ނިއުއިން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ދިވެހި ޕްރިމިއާ ލީގުގައި […]

މުދައްރިސުންގެ ދުވަހުގެ ހަދިޔާއަކަށް ދިއްދޫ ބެލެނިވެރިންގެ ފަރާތުން ހިތްގައިމު ސްޓާފް ލައުންޖެއް
Thiladhunmathi News

މުދައްރިސުންގެ ދުވަހުގެ ހަދިޔާއަކަށް ދިއްދޫ ބެލެނިވެރިންގެ ފަރާތުން ހިތްގައިމު ސްޓާފް ލައުންޖެއް

މުދައްރިސުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްޞަކޮށްގެން އެ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ހިތްގައިމު “ސްޓާފް ލައުންޖެއް” ހަދިޔާކޮށްފިއެވެ. މިއީ މުދައްރިސުންނާއި އިދާރީ މުވައްޒަފުންނަށް އަރާމު، ހިތްފަސޭހަ މަސައްކަތުގެ މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤުޞަދުގައި ބެލެނިވެރިން އިސްނަގައިގެން ތައްޔާރުކުރި ތަނެކެވެ. ސްކޫލުގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަދިޔާކުރި މި ސްޓާފް ލައުންޖުގައި ސައި ކޮޓަރިއެއްގެ އިތުރުން، ބޭ...

''ދިއްދޫ ވެޓަރަންސް ފުޓްބޯޅަ މުބާރާތް 2026'' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި""
Thiladhunmathi News

''ދިއްދޫ ވެޓަރަންސް ފުޓްބޯޅަ މުބާރާތް 2026'' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި""

ހއ. ދިއްދޫ ކައުންސިލުން އިންތިޒާމުކޮށްގެން ދޮށީ އުމުރުފުރާތަކުގެ ފިރިހެނުންނަށް ޚާއްޞަކޮށްގެން ބާއްވާ “ހއ. ދިއްދޫ ވެޓަރަންސް ފުޓްބޯޅަ މުބާރާތް 2026” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިއްދޫގައި ރަޖިސްޓްރީކޮށް، ހިންގަމުންދާ ކްލަބް ޖަމްޢިއްޔާތަކާއި ދިއްދޫގެ ހަރު އުމުރުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި، ކުޅިވަރުގެ ރޫޙު އާލަކޮށް ދެމެހެއްޓުމުގެ މައިގަނޑު މަޤްޞަދުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވެވޭނީ، މިނިސް...

ކުރިމަގު ޖަމްޢިއްޔާއިން މަކުނުދޫގެ އަންހެނުންގެ ކޮމިޓީއަށް ބިއްލޫފުޅި ހަދިޔާކޮށްފި
Thiladhunmathi News

ކުރިމަގު ޖަމްޢިއްޔާއިން މަކުނުދޫގެ އަންހެނުންގެ ކޮމިޓީއަށް ބިއްލޫފުޅި ހަދިޔާކޮށްފި

ހއ.  ދިއްދޫ ކުރިމަގު ޖަމްޢިއްޔާއިން ކުރިއަށްގެންދާ ބިއްލޫރި ފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން، މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) އަށް ޖުމްލަ 119 ބިއްލޫރި ފުޅި ޙަވާލުކޮށްފިއެވެ.   މަކުނުދޫ އތމ ކޮމިޓީގެ ރައީސާ ޝަހުމާ އާދަމް “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ދިއްދޫ’ “ކުރިމަގު” ޖަމްޢިއްޔާއިން ހަދިޔާކުރި ބިއްލޫރި ފުޅިތައް މަކުނުދޫގެ މުއައްސަސާތަކަށް މިއަދު ޙަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮންމެ މުއައްސަސާއަކަށް 15 ފުޅި މިހާރު ޙަވާލުކުރެވިފައިވާ ކަމ...

ދިފާޢީ ވަޒީރު ދިއްދޫ، ބާރަށް އަދި އުތީމަށް
Raajje

ދިފާޢީ ވަޒީރު ދިއްދޫ، ބާރަށް އަދި އުތީމަށް

ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، ޙަސަން ރަޝީދު، އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރެއްގެ ތެރެއިން ހއ. ދިއްދޫ، ބާރަށް އަދި އުތީމަށް ވަޑައިގެންފިއެވެ. ވަޒީރު އެ ރަށްތަކަށް ވަޑައިގަންނެވުމުން، އެ ރަށްތަކުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ބާރަށަށް ވަޑައިގެން، އެ ރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމުގެ އިތުރުން، އެ ރަށުގައި ހުރި އާސާރީ ތަންތަނަށް ޒިޔާރަތްކުރައްވައި އެ ތަންތ...

ދިއްދޫގައި ކުރިއަށް ގެންދިޔަ ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ދިއްދޫގައި ކުރިއަށް ގެންދިޔަ ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ. މިއީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާއި ހއ.ދިއްދޫ ކައުންސިލް ގުޅިގެން ހއ.ދިއްދޫ އިސްލާމީ މަރުކަޒުގައި އޮގަސްޓް 6 އިން 8 އަށް ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ)އެވެ. މި ރަސްމިއްޔާތުގައި މެންބަރު ލަތީފް ދެއްކެވި ވާހަކާގައި ދިއްދޫއަކީ ރާއްޖޭގެ އާބާދީ ބޮޑު ރަށްތަކުގެ ތެރޭގައ...

ހއ.އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އަޕްޑޭޓް ދީފި
Business

ހއ.އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އަޕްޑޭޓް ދީފި

ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން ސައިޓުގައި މިހާރު ކުރިއަށްދަނީ ލީން ކޮންކްރީޓް އެޅުމާއި، ސްޓްރިޕް ފޫޓިންގ ކޮންކްރީޓް މަސައްކަތްތަކުގެ އިތުރުން ޓައި ބީމް ރީއިންފޯސްމަންޓް އަދި ޝަޓަރިންގ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 22 ނޮވެމްބަރު 2025 ގައެވެ. މި މަޝްރޫޢުގެ ދަށުން 4 ފަންގިފިލާ ހިމެނޭ ގޮތަށް 50 އެނދުގެ ޖާގައިގެ ހޮސްޕިޓަލެއް ޢިމާރާތް ކުރުމާއި، […]

މޮޅު ކުޅުމެއްދެއްކި ދިއްދޫ އަށް ނަސީބު އެހީއެއް ނުވި
Sports

މޮޅު ކުޅުމެއްދެއްކި ދިއްދޫ އަށް ނަސީބު އެހީއެއް ނުވި

ދިވެހި ޕްރިމިއާ ލީގުގައި ނޯތު ޗެމްޕިއަން ހއ. ދިއްދޫ ފުޓުބޯޅަ ޓީމު ވާދަކުރި ތިން ވަނަ މެޗުގައި ހަނި ގޮތަކަށް ބިސް ބުރު ސްޕޯޓްސް ކްލަބު އަތުން ބަލިވެއްޖެއެވެ. ރޭގެ މެޗުގައި ވެސް ދިއްދޫ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ދިއްދޫގެ ތައުމީން ނޫހާއި، ޓެޓޭ ގިޑިއޯން،  ހުސައިން ޒިމްޔާން، އާދަމް އާޒިމް ފަދަ ކުޅުންތެރިން އުފެއްދި ނުރައްކާތެރި ހަމަލާތަކާއެކު ވެސް އެ ޓީމަށް ލިބުނު ފުރުސަތުތައް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ބުރު ސްޕޯޓްސްގެ އަތުގައި […]

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫގެ ފެށުން ވަރުގަދަ، ބުރު ބަލިކޮށް ތާރީޚީ މޮޅެއް
Thiladhunmathi News

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫގެ ފެށުން ވަރުގަދަ، ބުރު ބަލިކޮށް ތާރީޚީ މޮޅެއް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް ދިއްދޫ ތާރީޚީ މޮޅެއް ހޯދައިފިއެވެ. މިރޭ ކުޅުނު މެޗުގައި ދިއްދޫ އަށް ތާރީޚީ ލަނޑު ޖަހައިދިނީ އެ ޓީމުގެ ފޯވާޑް، ޖޯޒީ ނަންބަރު 26، ގާނާގެ ގިޑިއެން ޓެޓޭ އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ހިލޭ ޖެހުމެއް ބުރުގެ ގޯލް ކަނަށް ވައްދާލައިގެންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 23 ވަނަ މިނިޓްގައި ދިއްދޫއިން ޖެހިލަނޑާއެކު މެޗުގެ ކުޅުން ވެސް ނިމުނީ އެނަތީޖާގައި އޮވެގެންނެވެ. މި […]

ފުޓްބޯޅައިގެ ހަގީގީ ފޯރި ދައްކާލަން ދިއްދޫ ނިކުންނަނީ؛ ގަލޮޅު ދަނޑުގެ ހިމޭންކަން ނައްތާލާނެ
Sports

ފުޓްބޯޅައިގެ ހަގީގީ ފޯރި ދައްކާލަން ދިއްދޫ ނިކުންނަނީ؛ ގަލޮޅު ދަނޑުގެ ހިމޭންކަން ނައްތާލާނެ

ދިވެހި ފުޓްބޯޅައިގެ އެންމެ ދިގު ތާރީޚެއް އޮތް ގަލޮޅު ދަނޑުގައި، ފުރަތަމަ ޑިވިޝަންގެ ފުރަތަމަ މެޗަށް ނިކުންނަން ބޮޑު ތިލަދުންމަތީގެ ހއ. ދިއްދޫ ފުޓްބޯޅަ ޓީމުން ތައްޔާރުވެއްޖެއެވެ. އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ދިއްދޫ ޓީމު، 2026/2027 ދިވެހި ޕްރިމިއާ ލީގުގައި އެޓީމު ކުޅޭ ފުރަތަމަ މެޗުގައި މިރޭ 9:00 ގައި ނިކުންނާނީ ބުރު ސްޕޯޓްސްއާ ދެކޮޅަށެވެ. ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ދިއްދޫ ޓީމުގެ ފުރަތަމަ މެޗާ ދިމާކޮށް، ޓީމުގެ ފަރާތުން ވަނީ ބޮޑު ތިލަދުންމަތީގެ ހުރިހާ […]