ސިޔާސީ ވިސްނުމަށް ބެލުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަަމަކަމާއެކު ހިދުމަތްކުރާނަން: ޖަލީލު
އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުކޮށްދީފިނަމަ، ސިޔާސީ ވިސްނުމަށް ނުވަތަަ ގިންތިއާއި ފަންތިއަށް ބެއްލެވުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަަމަކަމާއެކު ހިދުމަތްކުރައްވާނެ ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެއެވެ. ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކަށް އިންތިހާބުވުމުގެ ދަތުރު ފައްޓަވަ...