ގިރާވަރުފަޅުން 115 ހެކްޓަރު ހިއްކައި މަޝްރޫއުގެ 68 ޕަސެންޓް ފުރިހަމަކޮށްފި
ގިރާވަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ދަށުން މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައި، މުޅި މަޝްރޫޢުގެ 68.8 ޕަސެންޓް މަސައްކަތް ފުރިހަމަކޮށްފިއެވެ.
ގިރާވަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ދަށުން މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައި، މުޅި މަޝްރޫޢުގެ 68.8 ޕަސެންޓް މަސައްކަތް ފުރިހަމަކޮށްފިއެވެ.
ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސް އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި، ބިން ހިއްކުމާއި ވެލި އެޅުމުގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ވަނީ އޮޅުންފިލުއްވާފައެވެ. މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)...
ގިރާވަރުފަޅުން ބިން ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ނިންމައި، ޖޫން މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ. “އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސަރވޭ ކޮށް ނިންމާ...
ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރަށް މީސްމީޑިއާގައި ރައީސް ވަނީ ދެ ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރު ފަޅު ހިއްކަމުންދާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް އާންމު ކުރަށްވާފައެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު ފެށި މި މަސައްކަތަކީ މާލެ ސަރަޙައްދުގައި ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އަވަހަށް ނިމޭނެ މަޝްރޫޢު ކަމަށްވެސް ރައީސް ކުރިން ވަނީ […...
ގިރާވަރު ފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް މިއަދު ހެނދުނު ރަސްމީކޮށް ފަށާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒޔ އިޢުލާނު ކުރައްވައިފިއެވެ. މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަސައްކަތް ކުރިއަށް ދަނީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ ބޮޑު ޑްރެޖަރެއް ކަމަށްވާ ‘އޮރަންޖީ’ ބޭނުންކޮށްގެންނެވެ. މި ޑްރެޖަރުގެ އެހީގައި ހިއްކުމުގެ މަސައްކަތް ބާރުދުވެލީގައި...
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި ބަދަލު ގެނައުމަށް ނިންމީ ކުރީގެ ޕްލޭންގައި 610 ގޯތި މަދުވާތީ، ޖުމްލަ 4072 ގޯތި ހިމެނޭ ގޮތަށް އައު ޕްލޭނެއް އެކުލަވާލުމަށްފަހުގައެވެ. އައު ލޮޓް ނަންބަރުތައް ކަނޑައެޅުމަށް ބާއްވާ މި ގުރުއަތުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 09:30 ގައި ސޯޝަލް ސެންޓަރުގައެވެ. ގުރުއަތު ނެގުމުގެ […]