ވޮޑުމުލާ ރިސޯޓްތަރައްޤީކުރުން އަވަސްކޮށްދިނުމަށް ރައީސަށް ދަންނަވައިފި
ގއ. ވޮޑުމުލާ ރިސޯޓްތަރައްގީކުރުން އަވަސްކޮށްދިނުމަށާއި އަލަށް ހިއްކި ސަރަހައްދުގައި މޫދަށް އެރޭނެ ވަކި ސަރަހައްދެއް ކަނޑައަޅައި އެތަން ތަރައްގީކުރުމަށް ބޭނުންވާކަމަށް ދާންދޫ ކައުންސިލުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަރިހު ދަންނަވައިފި އެވެ. އެ ކައުންސިލުން މިހެން ދަންނަވާފައިވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ އެކު އެރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ރައީސް ޞާލިޙާއެކު މިއަދު ބޭއްވެވި މަޝްވަރާގަ އެވެ. މި ބައް...