އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުވުމަށް ފުރުސަތު ދޭ ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުލިބޭނެ
ޑިމޮކްރަސީއެއްގައި އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުވުމަށް ފުރުސަތު ދޭ ކަމަށްވާ ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުލިބޭނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ގއ. ނިލަންދޫއަށް ވަޑައިގެން އެމްޑިޕީގެ ސަޕޯޓަރުންނާއި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ ރާއްޖޭގެ ތަރައްގީ އަށް ކުރ...