ފޯރިގަދަ ތިލައުތުރު ފުޓްސަލް މުބާރާތް ފަށައިފި
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2024” ފަށައިފިއެވެ. މި އަހަރުގެ މުބާރާތް ބާއްވަނީ އެ އަތޮޅު ކެލާގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކޮށްފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ވަށަފަރާއި ބާރަށެވެ. މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބާރަށުންނެވެ. މި މެޗުގައި ބާރަށަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު ޝަމާއިލް، އަބްދުﷲ މިސްބާހްގެ އިތުރުން އަހްމަދު ޝަޒީމް އެވެ. […]