ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް އަލްއުސްތާޛު މުހައްމަދު ނިޔާޒް އިންތިޚާބުކޮށްފި
ފަނޑިޔާރުންނާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަޅާ ފިޔަވަޅުތައް އިސްތިއުނާފް ކުރާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ނިޔާޒް މިއަދު އިންތިޚާބު ކޮށްފިި އެވެ. އިއްޔެއިން ފެށިގެން އަމަލުކުރަން ފެށި ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ މަޖިލީހަށް ފަނޑިޔާރުން ކަނޑައަޅާނީ އެ ދެ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެ މަޖިލީހުގައި [...