އެހީ ދޭނެ ފައިސާއެއް ނެތް، ޣައްޒާ އިތުރު ބޮޑު ހައިހޫނުކަމެއްގެ ތެރެއަށް ވެއްޓެނީ
ފައިސާގެ ދަތިކަމާ ހުރެ ޣައްޒާއަށް ފޯރުކޮށްދޭ ކާބޯތަކެތީގެ އެހީގެ ތިންބައިކުޅަ އެއްބައި މަދުކުރަން މަޖުބޫރުވެފައިވާ ކަމަށް އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ހޯމަ ދުވަހު ހާމަކޮށްފިއެވެ. ފިނި މޫސުން ކުރިމަތިވަމުން އަންނައިރު އަޅަން ޖެހުނު މި ފިޔަވަޅުގެ ސަބަބުން، ކާބޯތަކެތީގެ ނާޒުކު ހާލަތުގައި ތިބި ބައި މިލިއަން މީހުންނަށް ކޮންމެހެން ބޭނުންވާ މުހިންމު އެހީތެރިކަން މިހާރު ވަނީ މެދުކެނޑިފައެވެ. އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާގައި އެހީ ފޯރުކޮށްދޭ މީހުންގެ އަދަދު […]