ހަނިމާދޫ އެއާޕޯޓް ހިންގާނީ ސަރުކާރުން: ފައްޔާޒް
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާގެ ލޯނެއްގެ ދަށުން ކަމަށްވިޔަސް، އެ އެއާޕޯޓް ހިންގާނީ ސަރުކާރުން ކަނޑައަޅާ ދިވެހި ކުންފުންޏަކުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމްބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2,460 މީޓަރުގެ އާ ރަންވޭއަކާއި 111,000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ޢިމާރާތް...