އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފި އެވެ.

އެކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރަށްވާފައިވާ ޓުވީޓެއްގައި އެވެ.

Ad
rt

އެ ޓުވީޓުގައި މިނިސްޓަރު ފައްޔާޒު ވަނީ އެސްޑީއެފްސީ ހުރިހާ ލޯނު ތަކެއް މި އަހަރުގެ ނިޔަލަށް ފަސްކޮށް ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެހެން ބޭންކް ތަކުން ވެސް މި ބަދަލު ގެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެސްޑީއެފްސީ އަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ގިނަ އަދަދެއްގެ ލޯނު ދޫކުރަމުންދާ ކުންފުންޏެކެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސް ކޯފަރޭޝަން (އެސްޑީއެފްސީ)އަކީ ސްމޯލް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން މާލީ އެހީތެރިކަން ލިބޭނެ ގޮތް ފަހިކޮށްދީ އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކުންފުންޏެކެވެ.