ޑްރަގް ބޭނުންކުރަން ތިބި ނުވަ މީހަކު ރަސްގެތީމުން ހައްޔަރުކޮށްފި
ރ. ރަސްގެތީމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ބޭނުންކުރަން ތިބި ނުވަ މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނަކީ ރ. ހުޅުދުއްފާރު ޕޮލިސް ޕޯސްޓާއި ރަސްގެތީމު ޕޮލިސް ޕޯސްޓު އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މަސްތުވާތަކެތި ބޭނުންކުރަން ތިބި މި ނުވަ މީހުން ހައްޔަރުކުރުމަށްފ...