މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މަސްތުވާތަކެތީގެ މައްސަލަތައް

226 Stories filed
ޑްރަގް ބޭނުންކޮށް ވިޔަފާރިކުރާ ކަމަށް ތުހުމަތުގައި ފޯކައިދޫއިން މީހަކު ހައްޔަރުކޮށްފި
Raajje

ޑްރަގް ބޭނުންކޮށް ވިޔަފާރިކުރާ ކަމަށް ތުހުމަތުގައި ފޯކައިދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ށ. ފޯކައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ށ. ފޯކައިދޫއިން ހައްޔަރުކުރި މީހާ، ފޮޓޯ: ޕޮލިސް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ށ. ފޯކައިދޫ / މިއުނިކް، ޢަބްދުﷲ ސާލިމް (32އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހަ...

މާލެއިން މާއުނގޫދޫ އަށް ޑްރަގް އެތެރެކުރި މީހަކު ހައްޔަރުކޮށްފި
Raajje

މާލެއިން މާއުނގޫދޫ އަށް ޑްރަގް އެތެރެކުރި މީހަކު ހައްޔަރުކޮށްފި

މާލެއިން ށ. މާއުނގޫދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. މާއުނގޫދޫ / ނިރޮޅު، އަޙްމަދު ނަޢީމް (48އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާއުނގޫދޫ ޕޮލިސް ގުޅިގެން މިދިޔަ މާރިޗު މަހުގެ 30 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އަޙްމަދު ނަޢީމް ހައްޔަރު...

މިލަންދޫ އަށް ޑްރަގް އެތެރެކުރަން އުޅުޅުނު މީހަކު އެރަށު ބަނދަރުގައި އޮތް ލޯންޗަކުން ހައްޔަރުކޮށްފި
Raajje

މިލަންދޫ އަށް ޑްރަގް އެތެރެކުރަން އުޅުޅުނު މީހަކު އެރަށު ބަނދަރުގައި އޮތް ލޯންޗަކުން ހައްޔަރުކޮށްފި

ށ. ފުނަދޫއިން އެ އަތޮޅު މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. ފުނަދޫ، ތަނޑިނޫމާގެ، މޫސާ ސިރާޖް (40އ) އެވެ. ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ މިލަންދުއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން  މި މަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަ...

ހިމަންދޫ އާއި މީދުއަށް ޑްރަގް އެތެރެކުރަން އުޅުނު ދެމީހަކާއި ޑްރަގް މައްސަލާގައި ލ.ހިތަދޫއިން މީހަކު ހައްޔަރުކޮށްފި
Raajje

ހިމަންދޫ އާއި މީދުއަށް ޑްރަގް އެތެރެކުރަން އުޅުނު ދެމީހަކާއި ޑްރަގް މައްސަލާގައި ލ.ހިތަދޫއިން މީހަކު ހައްޔަރުކޮށްފި

އއ. ހިމަންދޫ އާއި ދ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކާއި، ލ. ހިތަދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ މައްސަލައެއްގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ހިމަންދޫ އާއި މީދޫގެ މައްސަލަ މި މާރިޗު މަހުގެ 22 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ދ. މީދޫ، ބީޗްހައުސް، އިބްރާހީމް އަޝްރަފް (41އ) އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މައިނުއްދީން (35އ) އެވެ. މީދޫ އަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލާގައި […]

އައްޑޫ އަށް ވައިގެ މަގުން ޑްރަގް އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި
Raajje

އައްޑޫ އަށް ވައިގެ މަގުން ޑްރަގް އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީއަށް ވައިގެ މަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ރައްޔިތަކު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ. މި މީހާ އަތުން ގާތްގަނޑަކަށް ދެ ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް މައުލޫމާތު ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 58 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ސަލްދިން ވަލިމޮހްމަދް ރުއްފިން އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި...

ކަނޑުމަގުން ހަ ކިލޯއަށްވުރެ ގިނަ ޑްރަގް އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި
Raajje

ކަނޑުމަގުން ހަ ކިލޯއަށްވުރެ ގިނަ ޑްރަގް އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

ކަނޑުމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ބޭނުންކޮށް ގެންގުޅުމުގެ އިތުރުން، ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ތަރިޖެހިއާގެ، މާލެ، ޢިސްމާއީލް އަބާން ޢަބްދުﷲ (25އ) އާއި ސ. މަރަދޫ، ރަތްމާގެ، އަޙްމަދު ދާން ފަރްހޫދު (19އ) އެވެ. މި ދެ މީހުން އަތުލައިގަނެފައިވަނީ މޯލް...

މަސްތުވާތަކެތި އެތެރެކޮށްފިނަމަ މަރުގެ އަދަބު ދޭ ގާނޫނަށް އަމަލުކުރަން ފަށައިފި
Raajje

މަސްތުވާތަކެތި އެތެރެކޮށްފިނަމަ މަރުގެ އަދަބު ދޭ ގާނޫނަށް އަމަލުކުރަން ފަށައިފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން، ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އިއްޔެއިން ފެށިގެން އަމަލު ކުރަން ފަށައިފި އެވެެ. މަސްތުވާތަކެތީގެ ބައެއް ކުށްތަކުގެ އަދަބު ހަރުކަށިކޮށް ބޮޑެތި ޖޫރިމަނާތަކެއް ވެސް ހިމެނޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހެޅުއްވީ ލ. ގަމު ދާއިރާގެ ޕީއެންސ...

ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި 83،450 ގްރާމުގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައި: ވަޒީރު
Raajje

ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި 83،450 ގްރާމުގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައި: ވަޒީރު

ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުން އަދި ކަސްޓަމްސް ގުޅިގެން ކުރި މަސައްކަތުގެ ތެރެއިން 83،450 ގްރާމުގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ޑްރަގުގެ ސަޕްލައި ދަށްކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކުރައްވާފައެވެ. އެގޮތުން ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުން އަދި ކަސްޓަ...

ޑްރަގް ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވެ 75 އަހަރަށް ޖަލަށް
Raajje

ޑްރަގް ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވެ 75 އަހަރަށް ޖަލަށް

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި މީހަކު 75 އަހަރަށް ޖަލަށް ލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ. މި ހުކުމް އިއްވާފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން. ގަސްދޮށުގެ، ޢަބްދުލްބާސިޠު (28އ) ގެ މައްޗަށެވެ. 2026 ފެބުރުވަރީ 24 ވަނަ ދުވަހު ކޯޓުން ކުރި މި ހުކުމުގައި ޢަބްދުލްބާސިޠު 75 އަހަރަށް ޖަލަށް ލުމުގެ އިތުރުން، 3 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ވެސް ވަނީ ކަނޑައަޅާފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެކަމުނ...

މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ޑްރަގް އެތެރެކޮށް ވިއްކާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު
News

މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ޑްރަގް އެތެރެކޮށް ވިއްކާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު

މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ މ. މުލައް / މަދާރުގެ، ޙަސަން މަފާޒު (26އ) އާއި ހ. ފިލްމީސައިޓް / މާލެ، ވިޝާމް މުޙައްމަދު (35އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކޮށްފައިވާ 36 ކިލޯއަށްވުރެ...

ވިލިނގިލި ފަޅުގައި އޮތް ލޯންޗަކުން ޑްރަގާއެކު ހައްޔަރުކުރި މީހަކު ޝަރީޢަތް ނިމެންދެން ބަންދު
Raajje

ވިލިނގިލި ފަޅުގައި އޮތް ލޯންޗަކުން ޑްރަގާއެކު ހައްޔަރުކުރި މީހަކު ޝަރީޢަތް ނިމެންދެން ބަންދު

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލި ފަޅުގައި އޮތް ލޯންޗެއްގެ ތެރެއިން މީހަކު ހައްޔަރުކޮށް، އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގއ. މާމެންދޫ، އާރާދަނާ، އަޞްޢަދު ޢަލީ (35އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ވިލިނގިލި ފަޅުގައި އޮތް ލޯންޗެއްގައި ހުއްޓާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. ފުލުހުން ބުނި ގޮތުގައި، މިއީ މި ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ވިލިނގިލީ ޕޮލިހުން […]

ގިނަ އަދަދެއްގެ ޑްރަގާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
Raajje

ގިނަ އަދަދެއްގެ ޑްރަގާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ފުލުހުން ކުރިއަށްގެންދާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހމ. ސިފްކޯހިޔާ 0801 ބީ / މާލެ، އ...

މާލޭގެ ގެއެއް ބަލާފާސްކޮށް ގިނަ އަދަދެއްގެ ޑްރަގާ ފައިސާ ހޯދާ ދެ މީހަކު ހައްޔަރުކޮށްފި
Raajje

މާލޭގެ ގެއެއް ބަލާފާސްކޮށް ގިނަ އަދަދެއްގެ ޑްރަގާ ފައިސާ ހޯދާ ދެ މީހަކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 28 އަހަރާއި 36 އަހަރުގެ ދެ ފިރިހެނުންނެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ގަލޮޅު އަވަށުގެ ގެއެއް ބަލައިފާސްކުރިއިރު، އެ ގެއިން 266.29 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވެއެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 80,000 އަށްވުރެ ގިނަ ރުފިޔާ ވެސް އެ ގެއި...

ހައްޔަރުކުރީ ޑްރަގް ވިޔަފާރިކުރުމާއި މަނީ ލޯންޑަރިން ނެޓްވޯކެއްގެ ބޮޑުންތަކެއްކަމަށް ތުހުމަތުވާ ބަޔަކު
Raajje

ހައްޔަރުކުރީ ޑްރަގް ވިޔަފާރިކުރުމާއި މަނީ ލޯންޑަރިން ނެޓްވޯކެއްގެ ބޮޑުންތަކެއްކަމަށް ތުހުމަތުވާ ބަޔަކު

މަސްތުވާތަކެތީގެ ވިޔަފާރިއާއި މަނީ ލޯންޑަރިން ހުއްޓުވުމަށް ފުލުހުން ހިންގާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން ޖެނުއަރީ 11 ވަނަ ދުވަހު ގއ. އަތޮޅާއި މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ކަމަށް ފުލުހުން ބުނެފިއެވެ. މި އޮޕަރޭޝަންގައި ޖުމްލަ 10 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، ގއ. ވިލިނގިއްޔަށް ނިސްބަތްވާ އުމުރުން 28 އަހަރާއި 35 އަހަރާ ދެމެދުގެ...

ޑްރަގާއެކު ދުވާފަރު ބަނދަރު ސަރަހައްދުން ދެ މީހަކު ހައްޔަރުކޮށްފި
News

ޑްރަގާއެކު ދުވާފަރު ބަނދަރު ސަރަހައްދުން ދެ މީހަކު ހައްޔަރުކޮށްފި

ރ. ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ދޫރެސްގެ، އިސްމާޢީލް މަޙުމަދޫ (53އ) އާއި އެ ރަށު ޕެލެސް، އީސާ އަޙްމަދު (40އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. […]