Thiladhunmathi News
މާއުނގޫދޫ ކައުންސިލްގެ މާލީއެހީގެ ދަށުން އެރަށު ސްކޫލުގެ ލައިބްރަރީ ތަރައްޤީކޮށް އަލުން ހުޅުވައިފި
މާއުނގޫދޫ ކައުންސިލްގެ މާލީއެހީގެ ދަށުން އެރަށު ސްކޫލުގެ ލައިބްރަރީ ތަރައްޤީކޮށް އިއްޔެ އަލުން ހުޅުވައިފިއެވެ. މި މަސައްކަތް ފުރިހަމަކުރެވި، އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ލައިބްރަރީ އަލުން ހުޅުވިގެން ދިޔުމާއި ގުޅިގެން މާއުނގޫދޫ ކައުންސިލުން ވިދާޅުވީ، އުއްމީދަކީ ދަރިވަރުންނަށް ލުއިފަސޭހަ ޒަމާނީ ޚިދުމަތެއް މިލައިބްރަރީގެ ސަބަބުން ފަހިވެގެން ދިއުން ކަމަށެވެ. މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަމީމް ”ތިލަދުން” އަށް ވިދާޅުވީ، އެރަށު ސްކޫލްގެ ލައިބްރަރީ އިމާރާތް އާބާތުރަ ފިލުވައި، އަލުން ހުޅު...