ގެދޮރުވެރިޔާ ސްކީމުގެ ފްލެޓު ހަވާލުކުރުން ކުރިއަށްގެންދަން ހުއްދަ ދީފި
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމާފައިވާ ފުރަތަމަ 4000 ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ހުއްދަ ދީފިއެވެ. އޭސީސީގެ އެންގެމަކާ ގުޅިގެން 4000 ފްލެޓް ޙަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހުއްޓާލީ މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ. އޭސީސީން އޭރު އެންގީ ކުރީ ސަރުކާރުން އެކަންކުރުމުގައި އުސޫލުތަކާއި ހިލާފުވެފައިވާކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، މައްސަލަ ހުށަހެޅުމުން އެ މައްސަލަތައް ބެލުމަށެވެ. އޭސީސީން ބު...