ގްރޭޓަރ މާލެ ސަރައްދުން ކާފިއު އުވާލައިފި
ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކާފިއު ހިންގާފައިވާ ގްރޭޓަރ މާލެ ސަރައްދުން ކާފިއު އުވާލައިފިއެވެ. އެކަން ހާމަކުރެއްވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭ ނެރެފައިވާ އެންގުމެއްގައިއެވެ. އެ އެންގުމެއްގައި ބުނެފައިވަނީ ގްރޭޓަރ މާލެ ސަރައްދުގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު 4 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށްފައި އޮތ...