އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރި ދެ ގޮނޑިވެސް ވެރިކަންކުރާ ޕީއެންސީއަށް
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ދެ އިންތިޚާބު ވެސް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ. މިއަދު ކުރިއަށްދިޔަ ވޯޓުލުމުގައި އެ ޕާޓީން ކާމިޔާބުކޮށްފައިވަނީ ރަށު ކައުންސިލަރުންގެ ތެރެއިންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އައްޔަންކުރާ ދެ މެންބަރުންގެ މަޤާމެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ރަށު ކައުންސިލުތަކުގެ ރައީސުންގެ ތެރެއިން އެ