އުތީމު ކައުންސިލުން އެރަށު ޣާޒީ ބަންޑާރައިން ސްކޫލްގައި ފުރިހަމަ ''ބެލެނިވެރިންގެ ހިޔާ'' އެއް
ހއ.އުތީމު ކައުންސިލްގެ ފަރާތުން އެރަށު ޣާޒީ ބަންޑާރައިން ސްކޫލްގައި ޢިމާރާތް ކޮއްދިން “ބެލެނިވެރިންގެ ހިޔާ” ރަސްމީކޮށް އެ ސްކޫލާ އިއްޔެ ޙަވާލު ކޮއްފިއެވެ. އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު “ތިލަދުން” އަށް ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރުމުގެ މައިގަނޑު މަޤްޞަދަކީ، ވާރެއާއި އަވިން، ދަރިވަރުންނާއި ބެލެނިވެރިނަށް ރައްކާތެރިކަން ފޯރުކޮށްދީ، ފަސޭހަކަމާއެކު މަޑުކޮއްލައިގެން ތިބެވޭނެ ތަނެއް ސްކޫލްގެ ގޯތިތެރޭގައި ޤާއިމު ކުރުމެވެ. “ތަހުޒީބުވަމުން ދާ މި މުޖުތަމަޢުގައި، ތުއްތު ދަރިން ގޮވައިގެން...