އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް ޣަނީ އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ހެންވޭރު ހޯސްޓްސައިޑް ޢަބްދުލްޣަނީ މުޙައްމަދު މިއަދު އައްޔަންކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި ޢަބްދުލްޣަނީ މުޙައްމަދަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. ހުވައިކުރެއްވުމަށްފަހު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. އައު އުއްތަމަ ފަނޑިޔާރަކީ ތަޢުލީމީ ގޮތުން އަދި ތަޖުރިބ...