މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އީރާން-އިސްރާއީލް ހަނގުރާމަ

481 Stories filed
އީރާނަށް ހަމަލާ ދިނުމަށް ބޭނުންކުރާ އެމެރިކާގެ މަތިންދާބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބަންދުކޮށްފި
International

އީރާނަށް ހަމަލާ ދިނުމަށް ބޭނުންކުރާ އެމެރިކާގެ މަތިންދާބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

އީރާނަށް ދޭ ހަމަލާތަކުގައި ބައިވެރިވާ އެމެރިކާގެ މަތިންދާބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް މެޑްރިޑްގެ ޑިފެންސް މިނިސްޓަރު މާގަރީޓާ ރޮބްލެސް ވިދާޅުވެއްޖެއެވެ. “އީރާނު ހަނގުރާމައާ ގުޅުންހުރި އެއްވެސް އަމަލަކަށް މޮރޯން އަދި ރޯޓާ [ސިފައިންގެ މަރުކަޒުތައް] ބޭނުންކުރުމުގެ ހުއްދައެއް އަޅުގަނޑުމެން ނުދޭނަން،” އޭނާ ވިދާޅުވިއެވެ. ސްޕެއިންއިން މިކަން “ފެށުނީއްސުރެ އެމެރިކާ ސަރުކާރަށް ސާފުކޮށްދީފައިވާނެ” ކަމަށްވެސް އޭނާ އިތުރުކުރެއްވިއެވެ. ޚާރިޖީ ވަޒީރު ހޯސޭ މެނުއަލް އަލްބަރޭސް...

އީރާނުގެހަމަލާއެއް އަމާޒުވެ އިސްރާއީލުގެ ހައިފާ އޮއިލް ރިފައިނަރީގެ މައި ޓޭންކުގައި ރޯވެ އަނދަނީ
International

އީރާނުގެހަމަލާއެއް އަމާޒުވެ އިސްރާއީލުގެ ހައިފާ އޮއިލް ރިފައިނަރީގެ މައި ޓޭންކުގައި ރޯވެ އަނދަނީ

އީރާނުން އިސްރާއީލުގެ އުތުރުގެ އައްސޭރިފަށަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް އައު ރާޅުގެ މިސައިލްތަކުގެ ތެރެއިން މިސައިލެއް ހައިފާގައި ހުންނަ ބަޒާން ތެޔޮ ސާފުކުރާ ކާރުޚާނާގެ ސްޓޯރޭޖް މައި ޓޭންކަށް ސީދާ އަމާޒުވެ، ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިއީ އިއްޔެ އީރާނުން އިސްރާއީލްގެ ބީރުޝެބާގެ ސިނާއީ ސަރަހައްދަށް ދިން ވަރުގަދަ ހަމަލާތަކަށްފަހު ދިން ހަމަލާއެކެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހައިފާ ބޭގެ ސިނާއީ ސަރަހައްދުން ކަޅު ދުމުގ...

އެމެރިކާގެ މިހާރުގެ ރޭވުމަކީ އީރާނުގެ ތެލަށް ވެރިވެގަތުމަށް ޚާރްގް އައިލެންޑް ހިފުން
International

އެމެރިކާގެ މިހާރުގެ ރޭވުމަކީ އީރާނުގެ ތެލަށް ވެރިވެގަތުމަށް ޚާރްގް އައިލެންޑް ހިފުން

އީރާނުގެ ތެލުގެ މުއްސަނދިކަން އަތުލައިގަނެވިދާނެކަމަށާއި، އީރާނުގެ ތެލުގެ އިގްތިޞާދުގެ މައި ހަބު ކަމަށްވާ ޚާރްގް އައިލެންޑް ހިފުމުގެ ރޭވުން އޮތްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ”ފައިނޭންޝަލް ޓައިމްސް”އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އޭނާއަށް “އީރާނުގެ ތެޔޮ އަތުލެވިދާނެ” ކަމަށާއި، އެ ގައުމުގެ މައި ތެޔޮ ބަނދަރު ކަމަށްވާ ޚާރްގް އައިލެންޑް ހިފުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ އެންމެ ބޭނުންވަނީ އީރާނުގެ ތެޔޮ އަތުލުމަށެވެ. “ތެ...

އީރާނާ އެއްކޮޅަށް ހަނގުރާމާގައި ބައިވެރިވެދާނެކަމުގެ އިންޒާރު ތުރުކީން ދީފި
News

އީރާނާ އެއްކޮޅަށް ހަނގުރާމާގައި ބައިވެރިވެދާނެކަމުގެ އިންޒާރު ތުރުކީން ދީފި

އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ކުރުދީ ޖަމާއަތްތައް ބައިވެރިކޮށްފިނަމަ، އީރާނާއި އެއްކޮޅަށް ތުރުކީވިލާތުން ސީދާ އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ ސީރިއަސް އިންޒާރެއް އެމެރިކާއަށާއި، އިރާގަށާއި ކުރުދީ ބާރުތަކަށް ދީފިކަމަށް ތުރުކީގެ ނޫސް އޭޖެންސީން ރިޕޯޓުކޮށްފިއެވެ. އަންކާރާއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުން ދަނީ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީ.ކޭ.ކޭ) އާއި އޭގެ އީރާނު ގޮފި ކަމަށްވާ ޕީ.ވައި.އޭ.ކޭ އާއެކު މަޝްވަރާކުރަން މަސައްކަތްކުރަމުންނެވެ....

މަޝްވަރާގެ ނިވާފަތްގަނޑުގައި އެމެރިކާއިން އުޅެނީ އެއްގަމު މަގުން އަރައިގަންނަން: އީރާން
International

މަޝްވަރާގެ ނިވާފަތްގަނޑުގައި އެމެރިކާއިން އުޅެނީ އެއްގަމު މަގުން އަރައިގަންނަން: އީރާން

މެދުއިރުމައްޗަށް އެމެރިކާގެ 3,500 އެއްހާ ސިފައިން އިތުރަށް ފޮނުވުމާ ގުޅިގެން، އެމެރިކާއިން އެއްގަމު މަގުން ދީފާނެ ހަމަލާއަކަށް އީރާނުން ތައްޔާރަށް އޮތް ކަމަށް އެގައުމުން ބުނެފިއެވެ. އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް މިއަދު ވިދާޅުވީ، އެމެރިކާއިން ފާޅުގައި މަޝްވަރާގެ މެސެޖުތައް ފޮނުވަމުންދިޔަ ނަމަވެސް، ސިއްރިއްޔާތުގައި ރާވަމުންދަނީ މަކަރުވެރި ރޭވުމަކުން އީރާނަށް އަރައިގަތުމަށް ކަމަށެވެ. ގާލީބާފްގެ މި ވާހަކަތައް އަމާޒުވެފައިވަނީ މާރިޗު މަހުގެ ފަހުކޮޅު އެމެރިކާގެ އަސްކަރީ މަނަވަރ...

އެމެރިކާއިން އެއްގަމު ސިފައިންގެ ފައުޖެއް އީރާނާ ދެކޮޅު ހަނގުރާމައަށް ފޮނުވައިފި
International

އެމެރިކާއިން އެއްގަމު ސިފައިންގެ ފައުޖެއް އީރާނާ ދެކޮޅު ހަނގުރާމައަށް ފޮނުވައިފި

އެމެރިކާގެ އަސްކަރީ މަނަވަރު ޔޫ.އެސް.އެސް ޓްރިޕޮލީ (އެލްއެޗްއޭ-7) އާއި 31 ވަނަ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓް (އެމްއީޔޫ) މިހާރު ވަނީ މެދުއިރުމައްޗަށް ފޯރާފައި ކަމަށް ޔޫ.އެސް ސެންޓްރަލް ކޮމާންޑުން އިން އިއްޔެ، 28 މާރިޗު 2026 ގައި ބުނެފިއެވެ. މިއީ ފެބްރުއަރީ 28 ގައި “އޮޕަރޭޝަން އެޕިކް ފިއުރީ” ފެށުނު ފަހުން، އެއްގަމު ހަނގުރާމައަށް ހާއްސަ އެމެރިކާގެ ޔުނިޓެއް މި ހަނގުރާމައިގެ މައިދާނަށް ވަން ފުރަތަމަ ފަހަރެވެ. މި “ބޮޑު-ޑެކް” އެމްފިބިއަސް އެސޯލްޓް މަނަވަރު އައުމަކީ މި […]

އީރާނުން ދިން ފަހުގެ ހަމަލާއަށްފަހު ޔޫއޭއީގެ ޚާރިޖީ ސިޔާސަތަށް 180 ޑިގްރީގެ ބަދަލެއް
International

އީރާނުން ދިން ފަހުގެ ހަމަލާއަށްފަހު ޔޫއޭއީގެ ޚާރިޖީ ސިޔާސަތަށް 180 ޑިގްރީގެ ބަދަލެއް

އިއްޔެ އީރާނުން އަބޫދާބީގެ އިގްތިސާދީ ސަރަހައްދަށް ދިން ވަރުގަދަ ހަމަލާއަށްފަހު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެގައުމުގެ ޚާރިޖީ ސިޔާސަތު ބަދަލުކޮށް، ޑިޕްލޮމެޓިކް ހައްލަކަށް ދިއުމަށް ގޮވާލައިފިއެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން ޔޫއޭއީގެ ރޫހަށް އައި އެންމެ ބޮޑު ބަދަލު ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. މިދިޔަ މާރިޗު 28 ވަނަ ދުވަހު އީރާނުން ދިން މިސައިލް އަދި ޑްރޯން ހަމަލާތައް އަމާޒުވީ އަބޫދާބީގެ ޚަލީފާ އިކޮނޮމިކް ޒޯން (ކޭއީޒެޑްއޭޑީ) އަށެވެ. މި […]

ޓްރަމްޕާއި ދެކޮޅަށް އެތައް މިލިއަން މީހުން އެމެރިކާގެ މަގުތަކަށް، އެމެރިކާގެ ތާރީޚްގައި އެންމެ ބޮޑު އެއް އިހްތިޖާޖު
International

ޓްރަމްޕާއި ދެކޮޅަށް އެތައް މިލިއަން މީހުން އެމެރިކާގެ މަގުތަކަށް، އެމެރިކާގެ ތާރީޚްގައި އެންމެ ބޮޑު އެއް އިހްތިޖާޖު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެކޮޅަށް އެތައް މިލިއަން މީހުން އެމެރިކާގެ މަގުތަކަށް ނުކުމެ އިހްތިޖާޖު ކުރަން ފަށައިފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ހޮނިހިރު، 28 މާރިޗު 2026، ފާހަގަވެގެން ގޮސްފައިވަނީ އެމެރިކާގެ ތާރީޚުގައި އެއް ދުވަހެއްގެ ތެރޭގައި ހިނގި އެންމެ ބޮޑު އެއް އިހުތިޖާޖީ ހަރަކާތް ފެނިގެންދިޔަ ދުވަހުގެ ގޮތުގައެވެ. “ނޯ ކިންގްސް” ނުވަތަ ރަސްކަލުންނެއް ނެތް ޝިއާރު ބޭނުން ކޮށްގެން ކުރިއަށްގެންދިޔަ މި ނޭޝަނަލް ޑޭ އޮފް އެކްޝަންގައި، އެމެރިކާގެ އެކި ކަންކޮޅުތަކުން 9 މިލިއަނަށްވުރެ […]

ޔަމަނުގެ ހޫތީން ރަސްމީކޮށް އީރާނާއެކު ހަނގުރާމައާއި ގުޅިއްޖެ
International

ޔަމަނުގެ ހޫތީން ރަސްމީކޮށް އީރާނާއެކު ހަނގުރާމައާއި ގުޅިއްޖެ

މެދުއިރުމަތީގެ ޖިއޯޕޮލިޓިކަލް މަސްރަހަށް މިއަދު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. 28 މާރިޗު 2026 އާ ހަމައަށް އައިއިރު، “ދެވަނަ އީރާން ހަނގުރާމަ” ގެ ނަމުން ނަންދެވިފައިވާ ހަނގުރާމައިގެ ތެރެއަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން (އަންސާރުﷲ) ރަސްމީކޮށް ވަނުމާއެކު، މި ހަނގުރާމަ ވަނީ ނުރައްކާތެރި އާ މަރުހަލާއަކަށް ގޮސްފައެވެ. ހޫތީންގެ ފުރަތަމަ ސީދާ ހަމަލާ މިއަދުގެ ކުރީކޮޅު، ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ވަނީ، މީގެ ސީދާ އެއް މަސް ކުރިން ހަނގުރާމަ ފެށުނު ފަހުން […]

ދުޝްމަނުން ޝަހީދުކޮށްލި ކުދިންގެ ހަނދާނުގައި ސްކޫލް ދަބަސްތަކާއެކު އީރާން ކުޅުންތެރިންގެ އަސަރުގަދަ މެސެޖެއް
International

ދުޝްމަނުން ޝަހީދުކޮށްލި ކުދިންގެ ހަނދާނުގައި ސްކޫލް ދަބަސްތަކާއެކު އީރާން ކުޅުންތެރިންގެ އަސަރުގަދަ މެސެޖެއް

މިދިޔަ މަހު މީނާބް އެލިމެންޓަރީ ސްކޫލަށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި ކުދިންގެ ހަނދާން އާކުރުމުގެ ގޮތުން، އީރާނުގެ ގައުމީ ފުޓްބޯޅަ ކުޅުންތެރިން ސްކޫލް ދަބަސްތަކަކާއެކު ދުނިޔެ އަށް އަސަރުގަދަ މެސެޖެއް ދީފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ، 27 މާރިޗު 2026 ގައި ތުރުކީގެ އަންޓަލްޔާގައި ނައިޖީރިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ކުރިންނެވެ. މެޗު ފެށުމުގެ ކުރިން، އީރާނުގެ ގައުމީ ޓީމު (ޓީމް މެލީ) ގައުމީ ސަލާމަށް އެތުރިގެން ތިބީ […]

ދުޝްމަނުން އީރާނުގެ ސައިންސް އެންޑް ޓެކްނޮލޮޖީ ޔުނިވާސިޓީއަށް ހަމަލާދީފި
International

ދުޝްމަނުން އީރާނުގެ ސައިންސް އެންޑް ޓެކްނޮލޮޖީ ޔުނިވާސިޓީއަށް ހަމަލާދީފި

އީރާނުގެ ތައުލީމާއި އީޖާދުގެ ސިކުނޑިތައް އުފެއްދުމުގެ އެންމެ މުހިންމު އެއް ބިނާ ތެހެރާންގައި ހުންނަ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއަށް އެމެރިކާ އާއި އިސްރާއީލުން ހަމަލާދީފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފިއެވެ. މެހެރު ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދިން ހަމަލާތަކުގައި އެ ޔުނިވަރސިޓީއަށް ވަނީ ހަމަލާ އަރާފައެވެ. މި ހަމަލާތަކުގައި މީހަކަށް ލިބުނު ގެއްލުމަކާ ނުވަތަ މާއްދީ ގެއްލުމަކާ ގުޅޭގޮތުން މިހާތަނަށް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. އިސ...

އީރާނާ ގުޅުންހުރި ހެކަރުން އެފްބީއައި ގެ ޑައިރެކްޓަރުގެ އީމެއިލް ހެކްކޮށް ފޮޓޯތަކާއި ލިޔުންތައް އާންމުކޮށްފި
News

އީރާނާ ގުޅުންހުރި ހެކަރުން އެފްބީއައި ގެ ޑައިރެކްޓަރުގެ އީމެއިލް ހެކްކޮށް ފޮޓޯތަކާއި ލިޔުންތައް އާންމުކޮށްފި

އީރާނާ ގުޅުންހުރި ހެކަރުން އެފް.ބީ.އައި ގެ ޑައިރެކްޓަރު ކޭޝް ޕަޓޭލްގެ އަމިއްލަ އީމެއިލް އިންބޮކްސްއަށް ވަދެގަނެ، އޭނާގެ ފޮޓޯތަކާއި އެހެނިހެން ލިޔެކިޔުންތައް އިންޓަނެޓުގައި އާންމުކޮށްފައިވާ ކަމަށް ހެކަރުންނާއި ބިއުރޯއިން ހުކުރު ދުވަހު ބުނެފިއެވެ. ހެކަރުންގެ ގްރޫޕެއް ކަމަށްވާ “ހަންޑަލާ ހެކް ޓީމް” ގެ ވެބްސައިޓުގައި ބުނެފައިވަނީ، ކާމިޔާބުކަމާއެކު ހެކްކޮށްފައިވާ މީހުންގެ ލިސްޓުން މިހާރު ޕަޓޭލްގެ ނަން ފެންނާނެ ކަމަށެވެ. ހެކަރުން ވަނީ ޕަޓޭލް ސިގަރޭޓް ބޯން ހުންނަ ފޮޓޯތަކާއި، އާސާރީ ކާރެއްގައި އިންނަ ފޮޓ...

ގަތަރުގައި ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނުކޮށް ކޮންމެ މީހަކުވެސް ރައްކާތެރިތަނެއްގައި ތިބުމަށް އަންގައިފި
International

ގަތަރުގައި ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނުކޮށް ކޮންމެ މީހަކުވެސް ރައްކާތެރިތަނެއްގައި ތިބުމަށް އަންގައިފި

ޤަޠަރުން މުޅި ޤައުމަށް ކުއްލި ނުރައްކަލުގެ އިންޒާރު ނެރެ، ކޮންމެ މީހަކުވެސް އެމީހެއްގެ ގޭގައި ނުވަތަ ރައްކާތެރި ތަނެއްގައި މަޑުކުރުމަށް މިއަދު އަންގައިފިއެވެ. ހުކުރު ދުވަހު، މުޅި ޤަޠަރަށް ނެރުނު ކުއްލި ނުރައްކަލުގެ އެލާޓަކީ ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން އެ ޤައުމުގެ ދާޚިލީ ސަލާމަތާ ގުޅޭގޮތުން ނެރުނު އެންމެ ވަރުގަދަ އިންޒާރެވެ. ގަތަރުގެ މިނިސްޓްރީ އޮފް އިންޓީރިއަރ (އެމް.އޯ.އައި) އިން ޤައުމީ އެލާޓް ސިސްޓަމް މެދުވެރިކޮށް، އެ ޤައުމުގެ ގަޑިން ގާތްގަނޑަކަށް ހެނދުނު […]

އެމެރިކާގެ ހުށަހެޅުމަށް އީރާނުން އިންކާރު، ''މިއީ އެއްކޮޅަށް ބުރަވެފައިވާ ހުށަހެޅުމެއް''
International

އެމެރިކާގެ ހުށަހެޅުމަށް އީރާނުން އިންކާރު، ''މިއީ އެއްކޮޅަށް ބުރަވެފައިވާ ހުށަހެޅުމެއް''

މާރިޗު 26 އާއި 27، 2026 ގައި އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ހުށަހެޅުމަށް ތެހެރާނުން ރަސްމީކޮށް އިންކާރުކޮށްފިއެވެ. އީރާނުގެ އެންމެ މަތީ ލީޑަރުގެ މަންދޫބު ދަންވަރު ކުރެއްވި މުރާޖައާއަކަށްފަހު، އެ ގައުމުގެ އިސް އޮފިޝަލުން ވަނީ އެ އެއްބަސްވުމަކީ ހަގީގީ ސުލްހައިގެ ރޭވުމެއްގެ ބަދަލުގައި، އަމާންދިނުމަށް އެދި ހުށަހެޅި “މެކްސިމަލިސްޓް” ޑިމާންޑެއްގެ ގޮތުގައި ސިފަކޮށްފައެވެ. ޕާކިސްތާނުގެ މެދުވެރިން މެދުވެރިކޮށް ފޮނުވި އެމެރިކާގެ މި ރޭވުމުގައި، އީރާނުގެ ނިއުކްލިއަރ ގާބިލުކަން މުޅިން ނައްތާލުމ...

އިޒްރޭލުގެ އަސްކަރިއްޔާ އޮތީ ''ފަޅައިގެން ގޮސް'' ހަލާކުވެދާނެ ފަދަ ފައްތަރެއްގައި: ލީކުވި އޯޑިއޯ
International

އިޒްރޭލުގެ އަސްކަރިއްޔާ އޮތީ ''ފަޅައިގެން ގޮސް'' ހަލާކުވެދާނެ ފަދަ ފައްތަރެއްގައި: ލީކުވި އޯޑިއޯ

އިޒްރޭލުގެ އަސްކަރިއްޔާ އޮތީ “ފަޅައިގެން ގޮސް” ހަލާކުވެދާނެ ފަދަ ނާޒުކު ފައްތަރެއްގައި ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އިޔާލް ޒަމީރު އިންޒާރު ދީފިއެވެ. މިކަން ހާމަވެފައިވަނީ ސަލާމަތީ ކެބިނެޓްގައި އޭނާ ދެއްކެވި ވާހަކަތަކެއްގެ ރެކޯޑިންގްއެއް ލީކުވުމާ ގުޅިގެންނެވެ. ބުދަ ދުވަހު، 25 މާރިޗު 2026 ގައި ބޭއްވި މި ބައްދަލުވުމުގައި ޒަމީރު ވަނީ ދިގުލައިގެން ގޮސްފައިވާ ހަނގުރާމައާ ގުޅިގެން އިސްރާއީލް ޑިފެންސް ފޯސް (އައި.ޑީ.އެފް) އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ބޮޑުކަން ފާހަގަކޮށްފައ...