ބޮޑު ތިލަދުންމަތީގެ 11 ރަށެއްގައި ގްރީންހައުސް ޤާއިމްކޮށް ދަނޑުވެރިކަން ފަށައިފި
ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ތަޢާރަފްކުރުމުގެ މަޤުސަދުގައި ބޮޑު ތިލަދުންމަތީގެ 11 ރަށެއްގައި ގްރީންހައުސް ޤާއިމްކޮށް، ދަނޑުވެރިކަން ފަށައިފިއެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނީ، މިއީ އެ ވުޒާރާއާއި އިފާޑް ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އަދި މި ޕްރޮގްރާމަކީ އިންޓަނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވަލޮޕްމަންޓް (އިފާޑް) އާއި ދިވެހި ސަރުކާރާއި ގުޅިގެން ބޮޑު ތިލަދުންމަތީގ...