ބޮޑުތަކުރުފާނު ހާމަކޮށްދެއްވީ ކޮންމެކޮންމެ މީހަކު މީހަކަށް ނުހެދޭނެކަން!
“މީހުން މީހުންނަށް ވާނީ މީހުން މީހުންނަށް ހެދީމަ” އެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ބަޠަލު ބޮޑު ތަކުރުފާނު ނުވަތަ އުތީމު މަހާރަދުން ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިހެން ބޮޑުތަކުރުފާނު ވިދާޅުވީ ކަޅުއޮށްފުންމިއަށް ދުވާފަރު ޢަލީ ދަންޑަހެލު ލެއްވި ދުވަހުއެވެ. ދުވާފަރަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި ދުވާފަރުގެ އަތިރިމަތީގައި ހުރި ހޮޅުއަށްޓެއްގައި ކަސްއަޅައި ދޮސްއަޅައިފައިވާ އިން ކުއްޖަކު ބޮޑުތަކުރުފާނަށް ފެނިވަޑައިގަތެވެ. އެ ކުއްޖާ ކަޅުއޮށްފުންމިއަށް ލެއްވުމުން ކޮއްކޯފުޅު ޙަސަން ތަކުރުފާނު އެކަމާ ހި...