ސަމާސާއަކަށް "ބަޑިއެެއް އޮވެދާނެ" ކަމަށް ބުނި ހަނިމާދޫ އެއަރޕޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފި
ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރައްކާތެރިކަން ގެއްލޭގޮތަށް ވާހަކަދެއްކި އެތަނުގެ މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ ހަނިމާދޫ އެއަރޕޯޓުގެ ރައްކާތެރިކަން ކޮމްޕްރަމައިސް ވާގޮތަށް އެތަނުގެ މުވައްޒަފެއްގެ ބަސްމަގު ހުރުމާއި ގުޅިގެން ސުވާލު ކުރުމަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އިތުބާރު ހުރި މަސްދަރަކުން ތިލަދުން އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަ...