ހދ ހޮނޑާފުށި ރިސޯޓުން މިދިޔަމަހު ސާވިސް ޗާޖްގެ ގޮތުގައި 11 ޑޮލަރު!
ހދ. އަތޮޅުގައި ތަރައްގީކުރި ފުރަތަމަ ރިސޯޓް، ހޮނޑާފުށި އައިލެންޑް ރިސޯޓްގައި ސާވިސްޗާޖުގެ ގޮތުގައި ނޮވެމްބަރ މަހުގެ ގޮތުގައި ބަހަން ނިންމާފައިވަނީ 11 ޑޮލަރު (169.62 ރުފިޔާ) ކަމަށް އެރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ބުނެފިއެވެ. އެރަށުން ވާހަކަ ދެއްކި މުވައްޒަފަކު ނަން ހާމަނުކުރުމަށް ޝަރުތުކޮސޤ މިނޫހަށް މަޢުލޫމާތު ދެމުން ބުނީ އެރިސޯޓުގައި އަބަދުވެސް ސާވިސްޗާޖު ދެނީ އެއްމަސް ފަހުން ކަމަށެވެ. މިދިޔަ މަހުގެ ސާވިސްޗާޖު އަދިވެސް ޖަމާ ނުކުރާކަމަށް އެފަރާތުން ބުނެފައިވެއެވެ. މިހާރު އެރަށުގައި 62 ރޫ...