ހަ ގަޑިއިރުގެ ނާޒުކު އޮޕަރޭޝަނަކަށްފަހު ގުޅިފައި ތިބި މޮރޮކޯގެ ތުއްތު ދެބެއިން ވަކިކޮށްފި
ހަށިގަނޑު ގުޅިފައި ތިބި މޮރޮކޯގެ އުމުރުން 13 މަހުގެ ތުއްތު ދެބެއިން ވަކިކުރުމަށް ސައޫދީ އަރަބިއްޔާގައި ކުރިއަށްގެންދިޔަ ނާޒުކު އޮޕަރޭޝަން، ހަ ގަޑިއިރުގެ މަސައްކަތަށްފަހު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ސައޫދީ ކޮންޖޮއިންޑް ޓްވިންސް ޕްރޮގްރާމުގެ މެޑިކަލް އަދި ސާޖިކަލް ޓީމުން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުއެވެ. ސަޖާ އަދި ދުހާ ނަމަކަށް ކިޔާ މި ދެބެއިން ވަކިކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ރިޔާޒުގައި ހުންނަ މިނިސްޓްރީ އޮފް ނެޝަނަލް ގާޑުގެ ދަށުން ހިންގާ ކިންގ...