މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ
News

މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މާލޭގެ މާފަންނު ދަކަންދާމަގުގައި ހުންނަ ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 13:01 އެހައިކަންހާއިރުއެވެ. ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސ. ހުޅުދޫ، ތޯތާޕަރީ، މުޙައްމަދު ނިޒާރު (54އ) އެވެ. ފުލުހުން ބުނި ގޮތުގައި، މުޙައްމަދު ނިޒާރު ނިޔާވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރ...

ދިގުރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފަސް ބިދޭސީއަކު މަރުވެއްޖެ
Raajje

ދިގުރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފަސް ބިދޭސީއަކު މަރުވެއްޖެ

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ރޯވެ ފަސް ބިދޭސީއަކު ނިޔާވެއްޖެއެވެ. ރޭ މެންދަމު ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާ އެއްގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައި ވާކަމަށެވެ. މި ހާދިސާގައި އަނިޔާލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައިކަމަށް ވެސް ފުލުހުން ބުނެފަވެއެވެ. ”މި...

ހުޅުމާލޭގައި ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި
Raajje

ހުޅުމާލޭގައި ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

ހުޅުމާލެ ފޭސް 2 ގައި ފުލުހަކަށް ހަމަލާދީ ރޭ ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ރޭ ބުނީ ހުޅުމާލެ ފޭސް 2 ގައި ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުން އަންނަކަމަށެވެ. ”މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަނިޔާވެފައިވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިންނެއްނޫން، މި ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން” ފުލުހުން ބުނެފަވެއެވެ. ފުލުހުން ބުނީ، މި މައްސަލައިގެ ވަށައިގެންވާކަންކަން ދިވެހި ފުލު...

ހުޅުމާލޭ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުން އިހުތިޖާޖުކޮށްފި
Raajje

ހުޅުމާލޭ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުން އިހުތިޖާޖުކޮށްފި

ހުޅުމާލެ ފޭސް 1 ގައި ހުންނަ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުން، ކަންބޮޑުވުންތަކެއް ހުރުމުން މަސައްކަތް ހުއްޓާލައި އިހުތިޖާޖުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 10 ވަނަ ދުވަހުގެ ހަވީރު 15:50 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، ރެސްޓޯރެންޓުގެ މެނޭޖްމަންޓާއި އިހުތިޖާޖުކުރަމުންދިޔަ މުވައްޒަފުންނާ ބައްދަލުކޮށްފައެވެ. ފުލުހުން މައުލޫމާތު ސާފުކުރުމުން އެނގުނު ގޮތުގައި، މު...

ޑްރަގާއިއެކު ހައްޔަރުކުރި ބިދޭސީއަކަށް އަނިޔާކުރިކަމުގެ އެއްވެސް ޝަކުވާއެއް ނުލިބޭ: ފުލުހުން
Raajje

ޑްރަގާއިއެކު ހައްޔަރުކުރި ބިދޭސީއަކަށް އަނިޔާކުރިކަމުގެ އެއްވެސް ޝަކުވާއެއް ނުލިބޭ: ފުލުހުން

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އެފަދަ އެއްވެސް ޝަކުވާއެއް އެ މީހާގެ ފަރާތުން މިހާތަނަށް ލިބިފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ބިދޭސީ މީހާއަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން ތަހުގީގު ކުރަމުންދާކަން ފުލުހުންގެ ހިދުމަތަށް އަންގާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަށް ފު...

ކަނޑުމަގުން ހަ ކިލޯއަށްވުރެ ގިނަ ޑްރަގް އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި
Raajje

ކަނޑުމަގުން ހަ ކިލޯއަށްވުރެ ގިނަ ޑްރަގް އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

ކަނޑުމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ބޭނުންކޮށް ގެންގުޅުމުގެ އިތުރުން، ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ތަރިޖެހިއާގެ، މާލެ، ޢިސްމާއީލް އަބާން ޢަބްދުﷲ (25އ) އާއި ސ. މަރަދޫ، ރަތްމާގެ، އަޙްމަދު ދާން ފަރްހޫދު (19އ) އެވެ. މި ދެ މީހުން އަތުލައިގަނެފައިވަނީ މޯލް...

ދެކާރަކާއި ދެ ސައިކަލްޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ފަރުވާދެނީ
Raajje

ދެކާރަކާއި ދެ ސައިކަލްޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ފަރުވާދެނީ

މާލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ދެ ކާރަކާއި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާގައި އަނިޔާވި ދެ މީހަކަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 6 ވިލޭރޭގެ ދަންވަރު 12:00 އެހާއިރު ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް […]

މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ
Raajje

މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ

މާލެއިން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު / ކަށިމާގެ، ފާޠިމަތު ނޫރާ (32އ) އެވެ. ފާޠިމަތު ނޫރާ ގެއްލިފައިވަނީ 2026 މާރިޗު 4 ވަނަ ދުވަހުގެ ރޭގަނޑު 20:00 އެހައިކަންހާއިރު ގެއިން ބޭރަށް ދިޔަ ފަހުން ޚަބަރެއް ނުވެގެންނެވެ. އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ރޭގެ 12:19 އެހައިކަންހާއިރުއެވެ. މި މައްސަލަ […]

ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން މީހުން ހައްޔަރުކޮށްފި
Raajje

ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން މީހުން ހައްޔަރުކޮށްފި

ވައިގެ މަގުން ރާއްޖެއަށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ 2026 ފެބުރުވަރީ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މެލޭޝިއާއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ރަންޖިނި ޖީވަނަންތަން އާއި، ގދ. ވާދޫ / ފުރުސަތު، އުމުރުން 29 އަހަރުގެ ލޫޠު އިބްރާހީމް ގެ އިތުރުން ގއ. ދާންދޫ / ސަންލައިޓްވިލާ، އުމުރުން 21 އަހަރުގެ […]

 55 ރަބަރު ޕެކެޓާއި އެކު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިލަންދޫއިން މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

 55 ރަބަރު ޕެކެޓާއި އެކު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިލަންދޫއިން މީހަކު ހައްޔަރުކޮށްފި

ށ. މިލަންދުއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އެ ރަށުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ، ރޯސް، ޢަބްދުﷲ ޝުޖާޢު (48އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މި ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ފުލުހުން ހާމަކުރި ގޮތުގައި، އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 55 ރަބަރު ޕެކެޓު […]

ނަވީންގެ ޚިދުމަތުގެ އަގުވަޒަން ކުރުމަށް ޚާއްސަ ރަސްމިއްޔާތެއް
Raajje

ނަވީންގެ ޚިދުމަތުގެ އަގުވަޒަން ކުރުމަށް ޚާއްސަ ރަސްމިއްޔާތެއް

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ދިވެހި ފުލުހުންގެ ޚިދުމަތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމަށާއި، ރިޓަޔަރ ކުރެއްވުމުގެ މުނާސަބަތުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން، ފުލުހުންގެ މުއައްސަސާގެ އިސް އޮފިސަރުންނާއި، އެކި ރޭންކުތަކުގެ ފުލުހުންނާއި މަދަނީ މުވައްޒަފުން ބައިވެރިވ...

ޑްރަގް ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވެ 75 އަހަރަށް ޖަލަށް
Raajje

ޑްރަގް ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވެ 75 އަހަރަށް ޖަލަށް

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި މީހަކު 75 އަހަރަށް ޖަލަށް ލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ. މި ހުކުމް އިއްވާފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން. ގަސްދޮށުގެ، ޢަބްދުލްބާސިޠު (28އ) ގެ މައްޗަށެވެ. 2026 ފެބުރުވަރީ 24 ވަނަ ދުވަހު ކޯޓުން ކުރި މި ހުކުމުގައި ޢަބްދުލްބާސިޠު 75 އަހަރަށް ޖަލަށް ލުމުގެ އިތުރުން، 3 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ވެސް ވަނީ ކަނޑައަޅާފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެކަމުނ...

ސައިކަލެއް ކޮންޓްރޯންނުވެ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
Raajje

ސައިކަލެއް ކޮންޓްރޯންނުވެ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

މާލޭގެ ބޮޑުތަކުރުފާނު މަގު، ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ޕޭމަންޓް މައްޗަށް އަރައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 24 ފެބްރުއަރީ 2026 ވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 01:39 އެހާކަންހާއިރުއެވެ. މި އެކްސިޑެންޓް ހިނގި އިރު ސައިކަލުގައި ތިބީ ދެ ދިވެހިންނެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 19 […]

ގެއްލިގެން ހޯދަމުންދިޔަ އިމްތިޔާޒް ފެނިއްޖެ
Raajje

ގެއްލިގެން ހޯދަމުންދިޔަ އިމްތިޔާޒް ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ހ. ފެވަރިޓްވިލާ، މާލެ، އިބްރާހީމް އިމްތިޔާޒް ޢަލީ (30އ) މިރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އޭނާގެ ހާލު ރަނގަޅެވެ. އިބްރާހީމް އިމްތިޔާޒް ޢަލީ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ފެބްރުއަރީ 17 ވަނަ ދުވަހުގެ ހަވީރު 17:15 އެހައިކަންހާއިރުއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ 2026 ފެބްރުއަރީ 13 ވީ ހުކުރު ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި […]

ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް ތުހުމަތުގައި ވަގަށް އުޅޭ ބިދޭސީއަކު ހައްޔަރު
Raajje

ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް ތުހުމަތުގައި ވަގަށް އުޅޭ ބިދޭސީއަކު ހައްޔަރު

ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓާފައިވާ މައްސަލައެއްގައި، ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް އެ މައްސަލައިގެ ތުހުމަތުގައި ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 19 ފެބްރުއަރީ 2026 ވަނަ ދުވަހުގެ ރޭ ދަންވަރު 01:22 އެހައިކަންހާއިރުއެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެ އިދާރާއިން ކުރި ތަހުގީގުގެ ތެރެއިން، ރަހީނުކޮށްފައި ހުރި މީހާ މާލޭގައި ހުރި ތަން ވަނީ ދެނެގަނެފައެވެ. ފުލުހުން އެތަނަށް ބާރުގެ ބޭނުންކޮށްގެން ވަދެ، ހިފަހައްޓާފައި ހުރި މީހާ...