މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ކުރީގެ ޗީޕް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސަމާހް ރަޝީދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މިއަދު އައްޔަންކުރައްވައިފިއެވެ. މިފްކޯގެ އިސްވެރިޔާގެ މަގާމުން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ޝަމާހު ވަކިކުރީ އިއްޔެއެވެ. އޭނާ ވަނީ މިއަދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަނުކޮށްފައެވެ. ޝަމާހު މިފްކޯގެ ސީއީއޯ ކަމަށް ޢައްޔަނުކޮށްފައި ވަނީ 2023 ވަނަ އަހަރުގެ...
ޔުމްނާ ޢަލީ
އއ. ތޮއްޑޫއަށް އިއްޔެ ހަވީރު އައި ކޮޅިގަނޑެއްގައި އޮޔާ ދިޔަ ކުޑަކުދިންތަކެއް ސަލާމަތްކޮށްފިއެވެ. ސްޓެލްކޯ އިން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުދިން ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވި އުޅުމުން އެ ކުދިން ސަލާމަތްކޮށްދީ އެއްގަމަށް ގެނައީ އެ ވަގުތު އެ ތަނުގައި ތިބި ސްޓެލްކޯގެ މުވައްޒަފުންތަކެއް ކަމަށެވެ. މީގެ އިތުރުން ކޮޅިގަނޑުގައި އެ ރަށަށް ލިބުނު ބައެއް ގެއްލުންތައް ސަލާމަތް ކުރަން ވެސް މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޮޅިގަނޑުގެ ސަބަބުން […]
މުޙައްމަދު
މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓް ޝެޑިއުލަށް ބަދަލު އައިސްދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. އެމްއޭސީއެލް އިން ބުނެފައި ވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މޫސުމަށް ބަލައި ފްލައިޓުތަކުގެ ޝެޑިއުލަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ. ވިޒިބިލިޓީ ދަށްވާ ހާލަތުގައި މޫސުން ރަނގަޅު ހިސާބެއްގައި ފްލައިޓް ހިފަހައްޓާނެ ކަމަށާއި މާގިނައިރު މަތީގައިވާނަމަ ކައިރީގައި އޮންނަ އެހެން ޑޮމެސްޓިކް އެއާޕޯޓަކަށް ފްލައިޓު ޖައްސާނެ ކަމަށް ވެ...
މުޙައްމަދު
ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒު ސަސްޕެންޑުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނި ގޮތުގައި ޝިފާޒް ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރީ ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވުމުން ކަމަށެވެ. ޝިފާޒް ސަސްޕެންޑްކޮށްފައި ވަނީ މުސާރަ ހިނގާ ގޮތަށް ކަން “ތިލަދުން” އަށް އެނގިފައިވެއެވެ. އަދި އޭނާ ސަސްޕެންޑް ކުރީ އަހުލާގީ ބައެއް މައްސަލަތަކާ ގުޅިގެން ކަން ވެސް އެނގިފައިވެއެވެ. ޝިފާޒް، ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ...
މުޙައްމަދު
މޯލްޑިވްސް މޭކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންގެ މަގާމު ފުރުއްވަމުން ގެންދެވި އައިޝާ ނޫރްޢައިން ޖަނާހު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ. ދައުލަތުގެ ކުންފުނިތަކުގެ ބަލަދުވެރިޔާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ބުނީ، އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުން، ނޫރްޢައިން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. މިގޮތުން އޭނާ އިސްތިއުފާދެއްވައި އިސްތިއުފާގެ ސިޓީ އިއްޔެ ޕީސީބީ އަށް ލިބިފައިވާ ކަމަށް އެތަނުން ވަނީ ބުނެފައެވެ. އެހ...
ޔުމްނާ ޢަލީ
އަމިއްލަ ފަރުދަކު ށ. ފީވަކު ކައުންސިލަށް ލާފައިވާ ސިޓީއެއްގެ ޖަވާބުގެ ނުލިބިގެންކަމަށް ބުނެ ފީވަކު ކައުންސިލް ބަންދު ކުރިޔަ ނުދީ އިހްތިޖާޖު ކުރަމުން އެބަދެއެވެ. މި މައުލޫމާތު ލިބިގެން ‘’ތިލަދުން’’ގެ ފަރާތުން ގުޅާލުމުން ފީވަކު ކައުންސިލްގެ ރައީސް ޢަލީ ރަޝީދު ވިދާޅުވީ ‘’ތިކަމާއި ގުޅިގެން މިވަގުތު ދޭނެ ޖަވާބެއް ނެތް’’ ކަމަށެވެ. މި އިހްތިޖާޖުގައި ފަނަރަ ވަރަކަށް މީހުން ބައިވެރިވަމުން އަންނައިރު އެކަމުގައި އިސްކޮށް އުޅޭ ފަރާތުން ‘’ތިލަދުން’’ އަށް ބުނީ އޭނާ ގެވަޅު އިންވަކި ކުރުމުގައި […]
ޔުމްނާ ޢަލީ
ކުރިއަށް އޮތް ތިން ދުވަހު އުތުރުން ފެށިގެން ބޮޑު ބަޔަކަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެތީ ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ. މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ވަރަށް ގޯސްވެފައިވާއިރު، މެޓުން މިއަދު ނެރުނު ސަމާލުގެ މެސެޖެއްގައި ބުނީ، ކުރިއަށް އޮތް ތިން ދުވަހު އާންމު ގޮތެއްގައި ރާއްޖޭގެ އުތުރުން ފެށިގެން މެދު ރާއްޖެތެރެ ހިމެނޭ ސަރަހައްދުތަކަށް ވައި ބާރުވެ ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ...
ޙުސައިން ޝަހުދީ
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުން އަންނަ އަންގާރަ ދުވަހު ބާއްވާ ގޮތަށް އެ ޕާޓީން ނިންމައިފިއެވެ. އެ ދުވަހަކީ 20 ވަނަ ރައްޔިތުން މަޖުލީހުގެ މެންބަރުން މަގާމުގެ ހުވާ ކުރުމަށް ހަމަޖެހިފައިވާ ދުވަހެވެ. އެމްޑީޕީން ބުނީ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ އިންތިހާބުގައި ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރާއި ދެ ނައިބު ލީޑަރުންނާއި ސެކްރެޓަރީ ޖެނެރަލާއި ސެކްރެޓަރީ ޖެނެރަލްގެ ނާއިބު، ޗީފް ވިޕް އަދި ވިޕްގެ މަޤާމަށް ދެ ބޭފުޅުން އިންތިހާބުކުރުން އޮންނާނެ ކަމަށެވެ. […]
މުޙައްމަދު
އެކި ވާހަކަ ދައްކައިގެން ހުޅުމާލޭ ފޭސް ދެއެއްގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް ފެންމަތިވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެކި ވާހަކަ ދައްކައިގެން ހުޅުމާލޭ ފޭސް ދެއެއްގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. ކާކުކަން ނޭނގޭ ނުވަތަ ގޮތް ނޭނގޭ މީހުން މިގޮތަށް ތަންތަނަށް ދިޔުމަށް އެދުނު ނަމަވެސް ނުދިޔުމަށް އިލްތިމާސް […]
ޔުމްނާ ޢަލީ
މާލޭގައި މާރާމާރީ ހިންގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި މާރާމާރީ ހިންގާފައި ވަނީ ސައިކަލެއްގައި އައި ބައެކެވެ. އެގޮތުން އެކަކު އަނެކަކު ގައިގައި ތަޅާ އަނިޔާކޮށް، ހަޑި ހުތުރު ބަހުން ވާހަކަ ދައްކާ މަންޒަރު ފެނެއެވެ. މާރާމާރީ ހިންގުމަށް ފަހު ސައިކަލްގައި އައި ދެ މީހުން އެ ސަރަހައްދުން ދެއެވެ. އެ ސަރަހައްދަށް ފުލުހުން އައި ނަމަވެސް އެ ދެމީހުން އަތުލައެއް ނުގަނެވުނެވެ. މި ވީޑިއޯ އާ ގުޅިގެން […]
މުޙައްމަދު
ކުޅުދުއްފުށި ސިޓީގެ ކޮމިއުނިޓީ ސެންޓަރުގެ ހަތަރު ތަނަކަށް ގެއްލުންދެމުންދާތީ އެފަދަ ކަންކަން ނުކުރުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. ސިޓީ ކައުންސިލުން މި އިލްތިމާސްކޮށްފައި ވަނީ އެ ކައުންސިލްގެ ރަސްމީ ފޭސް ބުކް ޕޭޖު އަދި އެކްސް ހޭންޑްލްގައި ކޮށްފައިވާ ޕޯސްޓެއް މެދުވެރިކޮށެވެ. އެ ޕޯސްޓްގައި ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ކުޅުދުއްފުށި ކޮމިއުނިޓީ ސެންޓަރުގައި ޤާއިމް ކުރެވިފައިވާ ޕޫލް ރޫމް، ޓޭބަލް ޓެނިސް ރޫމް، ޖިމް އަދި ބެޑްމިންޓަން ކޯޓަށް ބައެއްފަރާތްތަކުން ގަސްތުގައި...
ޔުމްނާ ޢަލީ
ޓިކްޓޮކްގައި ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންދާ ދިވެއްސެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ. އަންހެން ހެދުން އަޅައިގެން މޭކްއަޕްކޮށްގެން ފޮޓޯ އާއި ވީޑިއޯ އަޕްލޯޑް ކުރަމުން އަންނަ ނަބީލުގެ މައްސަލަ ފުލުހުން ދެވަނަ ފަހަރަށް ބަލަން ފަށާފައިވަނީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޅު ކުރުމުންނެވެ. މައްސަލައިގައި ފުލުހުން އޭނާ ހައްޔަރު ކުރީ މެއި 4 ވަނަ ދުވަހެވެ. އެންމެ […]
މުޙައްމަދު
ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ. މިއީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރެފައިވާ ސަމާލުގެ މެސެޖުގެ ވަގުތު މިފަހަރު ދީފައި ވަނީ މިއަދު 14:30 އާއި ހަމައަށެވެ. މި ސަމާލުގެ ވަގުތުގައި ވެސް އާންމުގޮތެއްގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި […]
ޔުމްނާ ޢަލީ
އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގައި އެދުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ. އައިސީސީގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ހާން އެދިވަޑައިގެންނެވީ ނަތަންޔާހޫ އާއި ގަލަންޓްގެ އިތުރުން ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ފަލަސްތީނުގެ ޣައްޒާގައި ހުންނަވާ ލީޑަރު ޔަހްޔާ ސިންވާރު ހައްޔަރު ކުރުމުގެ އަމުރަކަށެވެ. ނަތަންޔާހޫ އާއި ގަލަންޓްގެ މައްޗ...
މުޙައްމަދު
ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް މަޢުރަޒެއް ބޭއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ އާދީއްތަ ދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ. މި މައުރަޒު ބޭއްވުމުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމ...
ޔުމްނާ ޢަލީ
މި އަހަރުގެ ހައްޖު މޫސުމަށް ހާއްސަ ސައުދީ ޕާސްޕޯޓް ޓްރެވަލް ސިމް އުރީދޫއިން ތައާރަފުކޮށްފި އެވެ. މިއީ ހައްޖަށް ދާ މީހުންނަށް ފަސޭހަކަމާއެކު ރާއްޖޭގައި ތިބި އާއިލާ އަދި ރައްޓެހިންނާއި މުއާމަލާތްކޮށް ގުޅުން މެދުނުކެނޑި ބޭއްވުމުގެ މަގުޞަދުގައި ތައާރަފުކުރެވުނު ސިމެކެވެ. ޙައްޖުގެ މާތް އަޅުކަމުގެ ދަތުރުގައި ކޮންމެ އަހަރަކުވެސް އެތައް ހާސް ދިވެހިންނެއް އެތައް މިލިއަން މުސްލިމުންނާ އެކު މައްކާއަށް ދަތުރުކުރެއެވެ. ސައޫދީ ޕާސްޕޯޓާއެކު އުރީދޫގެ އަމާޒަކީ ކަސްޓަމަރުންގެ މި މާތް ދަތުރުގައި ގާތް ތިމާގެ މީހުނ...
އަލީ އާދިލް
މި އަހަރުގެ ދިވެހި ޙައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އިއްޔެ ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ. ރާއްޖެޭން ޙައްޖަށްދާ މީހުންގެ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ބެލެހެއްޓެވުމަށްޓަކައި ކޮންމެ އަހަރަކު ވެސް ސަރުކާރުން އެކަމަށް ހާއްސަ މިޝަނެއް އެކުލަވާލަ އެވެ. އެ މިޝަން އިން ސައޫދީގައި ގާއިމްވެ، ރާއްޖޭން އެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރަން ދާ ހައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދީ ރަސްމީ އިންތިޒާމްތައް ހަމަޖައްސައިދެ އެވެ. ހައްޖު މިޝަންގައި ހިމެނެނީ ހަތް ފަރާތެކެވެ. 1-...
އިބްރާހިމް އަސްވާޤް
ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މިއީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި ސަރަހައްދުތަކަށް ޖެހިޖެހިގެން ރީނދޫ ސަމާލު ނެރުނު ހަތަރު ވަނަ ފަހަރެވެ. މިގޮތުން އިއްޔެ ހަވީރު 18:30 އިން ފެށިގެން މި ސަރަހައްދުތަކަށް މޫސުމީ ސަމާލު، ރީނދޫ ސަމާލު ނެރެމުން އަންނައިރު، މި ފަހަރުގެ ސަމާލުގެ ވަގުތަކީ ހެނދުނު 6:30 އިން 10:30 އަށެވެ. މި ސަމާލުގެ […]
ޔުމްނާ ޢަލީ