ހަށިވިއްކާކަމުގެ ތުހުމަތުގައި މާލޭގެ ސްޕާއަކުން ހައްޔަރުކުރި ތައިލެންޑު ތިން އަންހެނުންގެ ބަންދަން 15 ދުވަސް ޖަހައިފިއެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ސްޕާއަކުން ހަށިވިއްކާކަމުގެ ތުހުމަތުގައި ތައިލެންޑް ތިން އަންހެނުންނާއި، ދިވެހި ފިރިހެނެއް ހައްޔަރުކުރީ ބުރާސްފަތި ދުވަހު ރެއެވެ. ފުލުހުންގެ ޚިދުމަތުން ރޭ ބުނިގޮތުގައި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ތައިލެންޑް ތިން އަންހެނުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ދި...
ޔުމްނާ ޢަލީ
ގޫގުލް ފޮޓޯސް އެޕް ޕްލޭ ސްޓޯރުން 10 ބިލިއަން ފަހަރު ޑައުންލޯޑް ކުރެވިފައިވާކަމަށް ގޫގުލްއިން ހާމަކޮށްފިއެވެ. 2015 ވަނަ އަހަރު ތަޢާރަފުކުރެވުނު މި އެޕަކީ ގިނަ އެންޑްރޮއިޑް ފޯނުތަކުގައި ޑިފޯލްޓް މީޑިއާ މެނޭޖަރ އަދި ކްލައުޑް ސްޓޯރޭޖް ޙައްލެއްގެ ގޮތުގައި ބޭނުންކުރެވޭ އެޕެކެވެ. ނަމަވެސް، އެންޑްރޮއިޑް ފޯނުތަކުގައި ކުރިން އިންސްޓޯލް ކުރެވިފައި ހުންނަ ވަރޝަންތައް މި ޖުމްލަ އަދަދުގައި ހިމެނޭކަން ނުވަތަ ނޫންކަން ސާފެއް ނުވެއެވެ. ގޫގުލް ފޮޓޯސް އެޕް ވަނީ 2020 ވަނަ އަހަރު 5 […]
އަޙްމަދު ދާއޫދު
ބަންގްލަދޭޝްގެ ނަންހިނގާ ޗެސް ގްރޭންޑްމާސްޓަރ ޒިއާއުއް ރަހްމާން، އެ ގައުމުގައި ކުރިއަށްދިޔަ ގައުމީ ޗެސް މުބާރާތުގެ މެޗެއްގެ ތެރޭގައި ހުކުރު ދުވަހު މަރުވެއްޖެއެވެ. ގައުމީ އަދި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުން ޗެމްޕިއަންކަން ހޯދާފައިވާ ޒިއާއުއް ރަހްމާން، 50 ކުއްލިއަކަށް މަރުވީ، މިހާރު ކުރިއަށްދާ ގައުމީ މުބާރާތުގައި އޭނާގެ ވާދަވެރިޔާ، ގްރޭންޑްމާސްޓަރ އިނާމުލް ހުސެއިން ރަޖީބްއާ ކުޅެމުންދިޔަ މެޗެއްގެ ތެރޭގައި ކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ބަންގްލަދޭޝްގެ މީޑިއާތަކުން ބުނ...
އަޙްމަދު ދާއޫދު
އެމެރިކާގެ ރިޔާސީ ރޭހުން ތަނާޒުލެއް ނުވާނެ ކަމަށާއި، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިކުރައްވާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ފާއިތުވި ހަފުތާގައި ބޭއްވުނު ޑިބޭޓުގައި ރަނގަޅު ނަތީޖާއެއް ނުނެރެވުމާ ގުޅިގެން، އޭނާގެ ޤާބިލުކަމާމެދު ސުވާލު އުފެދެމުންދާ ދަނޑިވަޅެއްގައެވެ. ވިސްކޮންސިން ސްޓޭޓުގައި ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަވަމުން ބައިޑެން ވިދާޅުވީ، “އަހަރެން ވާދަކުރާނަން، އަދި އަނެއްކާވެސް ކާމިޔާބު ހޯދާނަން” ކަމަށެވެ. އަދި އިތުރ...
އަޙްމަދު ދާއޫދު
ސްޓެލްކޯ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން މަހާސިންތާއެއް ބާއްވައިފިއެވެ. “ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ ސްޓޭޝަން މެނޭޖާރސް” ގެ ނަމުގައި މިދިޔަ މަހުގެ 30 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މަހާސިންތާގައި 33 ރަށަކުން ސްޓޭޝަން މެނޭޖަރުން ވަނީ ބައިވެރިވެފައެވެ. މި މަހާސިންތާގައި ސްޓެލްކޯގެ އިންޖީނުގެތައް ހިންގުމުގެ އިންތިޒާމުތައް އެއްހަމަ ކުރުމަށް އެކުލަވާލާފައިވާ “ސްޓެލްކޯ އިންޖީނުގެތައް ހިންގާނެ ގޮތުގެ އަތްމަތީ ފޮތް” ވެސް ވަނީ އިފްތިތާހުކޮށްފައެވެ. މި ފޮތް އިފްތިތާހު ކޮށްދެއް...
އަޙްމަދު ވަހީދު
ޕެންޑްރައިވްގެ ކަންތައް އެންމެ ރަނގަޅަށް އިނގޭނީ ސުވާލުކުރި މީހާއަށާއި ޖަވާބު ދޭން ހުރި މީހާއަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަބުދުއްރަހީމް ވިދާޅުވެފައި ވަނީ ”އެ ޕެންޑްރައިވް”ގެ ޝިކާރައަކަށްވީ މީހުން މިއަދު ވެސް ދުނިޔޭގައި އެބަތިބި ކަމަށެވެ. ”ސުވާލު ކުރި މީހާއަ...
ޔުމްނާ ޢަލީ
އަންހެނުންނަށް ޚާއްޞަކޮށްގެން ޓްރެވަލް ކޮންފަރެންސެއް ބޭއްވުމަށް ޓްރެވަލް އެޖެންޓުންގެ ގައުމީ ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ނިންމައިފިއެވެ. މަޓާޓޯއިން ބުނީ މި ޓްރެވެލް ކޮންފަރެންސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި މައި އެއް ހޮޓާ، ހޮޓެލް ޖެއިން އާއި ގުޅިގެން ކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަންހެނުންނަށް ޚާއްސަކޮށްގެން ބާއްވާ ”މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް – ވިމެން...
ޔުމްނާ ޢަލީ
އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގައި އިންތިޚާބީ ބޮޑު ވަޒީރު ކިއެރ ސްޓާމަރ އަދި އޭނާގެ ލޭބާ ޕާޓީން ހޯދި ކާމިޔާބަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތުގައި ބޭއްވުނު ކުއްލި އިންތިޚާބުގައި ލޭބަރ ޕާޓީން ބޮޑު މަޖޯރިޓީއެއް ހޯދާފައިވާއިރު، އިއްޔެ ބޭއްވުނު އިންތިޚާބުގައި ލޭބަރ ޕާޓީއަށް ހައުސް އޮފް ކޮމަންސްގެ 410 ގޮނޑި ލިބޭނެކަމަށް ލަފާކުރެވެއެވެ. ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނގިރޭސިވިލާތުގައި ބޭއްވި ޢާންމު އިންތިޚާބުގައި އެޤައުމުގެ އިންޚާބީ ބ...
ޔުމްނާ ޢަލީ
ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ މެޗުތަކުގައި ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރުމުގައި އަމަލުކުރި ގޮތުގެ ސަބަބުން، ޔުއެފާއިން އެ މައްސަލަ ބެލުމަށް ފަހު ތުރުކީގެ ޑިފެންޑަރ ޑެމިރާލްއާއި އިންގްލެންޑްގެ ޖޫޑް ބެލިންހަމް ސަސްޕެންޑް ކޮށްފިއެވެ. ދެވަނަ ބުރުގައި އިންގްލެންޑާއި ސްލޮވާކިއާ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތުހަމަވެ ދެއްކި އިތުރު ވަގުތުގެ ކުޅުން ފެށުނު އިރު ވެސް ލީޑުގައި އޮތީ ސްލޮވާކިއާއެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓްގެ ވެސް ފަހުވަގުތު އިންގްލެންޑް ސަލާމަތްވީ […]
އިބްރާހިމް ޚަލީލް
އައިއޯއެސް 18ގެ މޫސުމީ އެޕްލިކޭޝަނަށް ދެ އައު ފީޗަރެއް އިތުރުކުރެވޭނެކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެޕަލް އިން ފާއިތުވި މަހު ބޭއްވި ވޯލްޑްވައިޑް ޑިވެލޮޕަރސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) 2024 ގައި އައިއޯއެސް 18 ތަޢާރަފުކުރިއެވެ. މި ކޮންފަރެންސްގައި އައިފޯނުގެ އޮޕަރޭޓިންގ ސިސްޓަމަށް ގެނެވޭ އެންމެ ބޮޑު އަޕްޑޭޓާއެކު ލިބޭނެ ގިނަ އައު ފީޗަރތަކެއް ދައްކާލިއެވެ. ނަމަވެސް، ކޮންފަރެންސްގައި ނުދައްކާ ބައެއް ފީޗަރތައް މިހާރު ދަނީ ފާހަގަކުރެވެމުންނެވެ. 9ޓު5މެކް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އައިއޯއެސ...
އަޙްމަދު ދާއޫދު
ހަށިވިއްކާކަމުގެ ތުހުމަތުގައި މާލޭގެ ސްޕާއަކުން ދިވެއްސަކާއި ތައިލެންޑް ތިން އަންހެނުން ހައްޔަރުކޮށްފިއެވެ. ފުލުހުން ރޭގައި ބުނީ މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކާކަމަށް އެ އިދާރާއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި މައުލޫމާތާއި ގުޅިގެން ފުލުހުން ރޭ ހިނގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލާފާސްކޮށްފައިވާކަމަށް ފުލުހުންބުންޏެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ ދިވެހި ފިރިހެނަކާއި ތައިލެނ...
ޔުމްނާ ޢަލީ
އިނގިރޭސިވިލާތުގައި ބޭއްވުނު ކުއްލި އިންތިޚާބުގައި ލޭބަރ ޕާޓީން ބޮޑު މަޖޯރިޓީއެއް ހޯދައިފިކަމަށް އެގްޒިޓް ޕޯލްގެ ނަތީޖާއިން ދައްކައިފިއެވެ. އިއްޔެ ބޭއްވުނު އިންތިޚާބުގައި ލޭބަރ ޕާޓީއަށް ހައުސް އޮފް ކޮމަންސްގެ 410 ގޮނޑި ލިބޭނެކަމަށް ލަފާކުރެވެއެވެ. އިނގިރޭސި ބްރޯޑްކާސްޓަރުންނަށް އައިޕީއެސްއޯއެސް ޔޫކޭއިން ތައްޔާރުކޮށްދިން އެގްޒިޓް ޕޯލްގައި ދައްކާގޮތުން، ލޭބަރ ޕާޓީއަށް ޕާލިމަންޓުގައި 170 ގޮނޑީގެ މަޖޯރިޓީއެއް ލިބޭނެއެވެ. މިއީ 14 އަހަރު ދުވަހު ކޮންޒަވޭޓިވް ޕާޓީގެ ވެރިކަން ނިމުމަކަށް އައުމެވެ. ވޯޓުލުނ...
އަޙްމަދު ދާއޫދު
ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިއަދު ހެނދުނު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއި އެކުއެޑޯ ބައްދަލުކުރި މެޗު، ޕެނަލްޓީގައި ކާމިޔާބުކޮށް ސެމީ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ. މި އަހަރުގެ ކޮޕައެމެރިކާ މުބާރާތުގެ ނޮކައުޓް މެޗުތައް ރާވާލާފައި އޮތީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާއިރު ދެ ޓީމް އެއްވަރު ވެއްޖެނަމަ އިތުރު ވަގުތުގެ ދެ ހާފް ނުކުޅެ ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރޭ ގޮތަށެވެ. ނަމަވެސް ފައިނަލް މެޗު އެއްވަރު ވެއްޖެނަމަ އިތުރު ވަގުތު […]
އިބްރާހިމް ޚަލީލް
ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 58 މީހަކު ޝަހީދުކޮށްލައި ، މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 38،011 އަށް އަރައިފިކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ. ސިއްހީ ވުޒާރާގެ ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް 87،445 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އާއިލާތަކަށް އަމާޒުކޮށް ހިންގި 4 “މަރުގެ އަނިޔާވެރި ޢަމަލު” ގައި 58 މީހުން މަރުވެ، 179 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. “އަދިވެސް ގިނަ ބަޔަކު ވަނީ […]
އަޙްމަދު ދާއޫދު
މަގާމުގެ މައްސޫލިއްޔަތު އަދާކުރުމުގައި އިހުމާލުވަމުންދާ ކަމަށްބުނެ، ހދ.އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަބްދުއްސައްތާރު ހަސަން، އެ މަގާމުން ވަކިކުރަން ހުށަހަޅައިފިއެވެ. ހދ.އަތޮޅު ކައުންސިލުގެ ރައީސްއަކީ މުހައްމަދު ސިރާޖުއެވެ. ރައީސް ޗުއްޓީއަށް ވަޑައިގަތުމުން އަތޮޅު ކައުންސިލް ހިންގުމުގެ ޒިންމާ ނަންގަވާ އެންމެ އިސްފަރާތަކީ ނައިބް ރައީސް އަބްދުއްސައްތާރު ހަސަންއެވެ. އޭނާއަކީ ހަނިމާދޫ ކައުންސިލްގެ ރައީސް އެވެ. ނައިބް ރައީސް، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބޮޑުތަނުން އިހުމާލުވެ އަތޮޅު ކައު...
އިބްރާހިމް ޚަލީލް
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭނީންގެ މައްސަލަ ޙައްލުކުރުމަށްް ސަރުކާރުކާރުން ހިންގަމުންދާ ”އޮޕަރޭޝަން ކުރަނގި” މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން މި މަސައްކަތަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް ފަށަން ސަރުކާރުން ތައްޔާރުވެއްޖެއެވެ. މިގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރުގެ ނައިބު އަޝްރަފް މުޙައްމަދު ޢަލީ ވަނީ މިކަން ހާމަކުރަށްވާފައެވެ. އ...
ޔުމްނާ ޢަލީ
ރީޖަނަލް ހޮސްޕިޓަލްތަކުގައި ކިއު ކުޑަކުރުމަށް، ދެ ދަންފަޅިއަށް ހިދުމަތްދޭން ފަށަން މިނިސްޓްރީ އޮފް ހެލްތުން ނިންމައިފިއެވެ. މިގޮތުން މީގެކުރިން އެއް ދަންފަޅިއަށް ސްޕެޝަލިސްޓުންގެ ހިދުމަތްދެމުން އައި ގދ.ތިނަދޫ ގައި ހުންނަ ޑރ.އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ލ.އަތޮޅު ރީޖަނަލް ހޮސްޕިޓަލާއި ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މި ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މި ބ...
އިބްރާހިމް ޚަލީލް
ކުރިއަރ ސާވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މަޢުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލެއިން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން މަޢުލޫމާތު ދިންގޮތުގައި، މި ޖުލައި މަހުގެ 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، ކުރިއަރ ސާވިސް މެދުވެރިކޮށް އޭނާ ހަވާލުވި ޕާރުސަލް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ކ...
އަލީ އާދިލް