ސަރުކާރުން އިޢުލާންކޮށްފައިވާ ހިޔާވެހި ލޯން ސްކީމަށް ކުރިމަތިލުމުގެ ގޮތުން ލޯން ސްކީމަށް ހުށަހެޅުމުުގެ ބޭނުމަށް ފާސްކުރުމަށް ހުށަހަޅާ ކުރަހުންތައް ކުޅުދުއްފުށި ސިޓީ ކައުންސިލަަށް ހުށަހެޅުމުގެ ސުންގަޑި އެ ކައުންސިލުން ދީފިއެވެ. ގެދޮރުވެރިކަަމާއި ބިނާރާ ބެހޭ ވުޒާރާއިން މި ލޯން ސްކީމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 30 އޭޕްރީލް 2025 ވާ ބުދަ ދުވަސްް ކަމަށް ވަނީ ކަނޑައަޅަފައެވެ. އެހެންވެ، ކޮންމެ ދުވަހަކުވެސް ކައުންސިލަށް ގިނަ އަދަދަކަށް ފޯމު ހުށަހަޅަމުން ދިއުމާއެކު ޢިމަރާތްކުރުމުގެ ކުރެހުންތައް ޗެކުކޮށ...
އައިޝަތު އައިނީ އާމިރު
އއ އުކުޅަހުގައި ބޭއްވި “ރައްވެހިންގެ ސައްލާ” ގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ސައްލާގައި ކުޅުދުއްފުށި ސިޓީ ކައުންސިލް ތަމްސީލް ކުރެއްވީ ކައުންސިލަރ ޢާތިފާ އަލީ އާއި ރިލްވާން މުޙައްމަދު އަދި ސެކްރެޓަރީ ޖެނެރަލް އަބްދުالله އާދަމް އެވެ. އޭޕްރީލް 12 އަދި 13، މި ދެދުވަހު ބޭއްވުނު މި ސައްލާއަކީ ޔޫ.އެން.ޑީ.ޕީ މޯލްޑީވްސް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން ރައްޔިތުންގެ ބައިވެރިވުމާއި ލޯކަލް ގަވަނަންސް އާއި ބެހޭގޮތުން ބޭއްވުނު ސައްލާއެކެވެ. އެގޮތުން […]
އައިޝަތު އައިނީ އާމިރު
ހއ. ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކައުންސިލުން ގުޅިގެން އަންހެނުންނަށް އަމާޒުކޮއްގެން ބާއްވާ ހިޔަލަ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމިގެ މައިގަނޑު މަޤުސަދަކީ، ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކައުންސިލުން ގުޅިގެން ރަށުގެ އަންހެނުންގެ އުފެއްދުންތަކަށް ހާއްސަކޮށްގެން، ކުރިއަށްގެންދެވޭ ބާޒާރެއް އުފެއްދުމެވެ. އެގޮތުން މި ޕްރޮގްރާމުގައި އުފެއްދުންތެރިކަމުގެ ހުނަރު ދައްކާލުމަށް ގްރޫޕްތަކަށާއި ވަކި ވަކި ފަރުދުނ...
އައިޝަތު އައިނީ އާމިރު
މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު، ރާއްޖެއަށް ކުރަށްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިކަން ވަނީ ކަށްވަރުކޮށް ދެއްވާފައެވެ. ޝަހީމް ކުރިން ވިދާޅުވި ގޮތުގައި، އިމާމްގެ މި ދަތުރުފުޅަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތު...
ޔުމްނާ ޢަލީ
ހއ.އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ދެ ރަށް ހޯދަން ރައީސް އޮފީހުގައި ދެންނެވުމަށް އެއަތޮޅު ކައުންސިލުން ފާސްކޮށްފިއެެވެ. ހއ. އަތޮޅު ކައުންސިލުން މިގޮތަށް ފާސްކުރީ 15 އޭޕްރިލް 2025 ގައި ބޭއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 155 ވަނަ ބައްދަލުވުމުގައެވެ. ހއ. އަތޮޅު ކައުންސިލުން ނިންމާފައި ވަނީ އެ އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ދެ ރަށް އަތޮޅުގެ ދެ ބިތުން ހަމަޖެއްސުމަށް ދެންނެވުމަށެވެ. މި ގޮތުން ދެ ރަށެއް އެ ކައުންސިލުން ވަނީ […]
ޔުމްނާ ޢަލީ
މާލޭ ހެންވޭރު ސަރަޙައްދުގައި ހުރި އިމާރާތެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، ވެއްޓިފައިވަނީ 21 އަހަރުގެ ދިވެހި އަންހެނެކެވެ. މި ހާދިސާގެ ރިޕޯޓު ފުހުންނަށް ހުށަހަޅާފައި ވަނީ ހެނދުނު 7:23 ހާއިރު އެވެ. ފުލުހުން ބުނިގޮތުގައި އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އެހީތެރިކަމާއެކު އެ އަންހެން މީހާ ވަނީ އައި.ޖީ.އެމް. ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދޭން ފަށާފައެވެ. މި...
ޔުމްނާ ޢަލީ
މުދަލުގެ ހަގީގީ މިލްކުވެރިފަރާތަކީ ﷲ ތައާލާ ކަމަށާއި، އިންސާނާއަކީ އެ މުދަލާއި ހަވާލުވެހުރި ފަރާތަށްވީއިރު، އެ މުދާ ހޭދަކުރަންވާނީ އެކަލާންގެ އަންގަވާފައިވާ ގޮތުގައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅިވެއްޖެއެވެ. ހުތުބާގައި ވިދާޅުވީ އިސްލާމް ދީނުގައި މުދާ ހޯދުމާއި، މުދާ މިލްކުކުރުމާއި، މުދާ ހޭދަކުރުމަށް ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވާފައިވާ ކަމަށާއި، އެއީ ވަޟުޢީ ނަޒަރިއްޔާތަކާ މުޅީން ހިލާފު ނިޒާމެއް ކަމަށެވެ. މި ނަޒަރިއްޔާއިން ބަލާއިރު މުދަލުގެ ހަގީގީ މިލްކުވެރިފަރާތަކީ ﷲ ތައާލާ...
އިބްރާހިމް ޚަލީލް
ދުންފަތުގެ ބާވަތްތައް ވިއްކުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް ޞިއްޙަތާބެހޭ ވުޒާރާއިން އިއްޔެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޢަމަލުކުރަން ފެށި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅެކެވެ. އިޞްލާޙު ގެނެވުނު ޤާނޫނުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ބޭރުކުރުން އަދި ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކިން ރާއްޖޭގައި ވިއްކާ ކޮންމެ ފަރާތަކުން، ވިޔަފާރި ކުރުމުގެ ހުއްދައިގެ އިތުރުން ޞިއްޙަ...
ޔުމްނާ ޢަލީ
އެމެރިކާއިން ޗައިނާއަށް ޗިޕް ވިއްކުން ހަނިކުރުމާ ގުޅިގެން އެންވިޑިއާއަށް 5.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ކުރިމަތިވެއްޖެއެވެ. ޓެކްނޮލޮޖީ ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އެންވިޑިއާއިން ބުދަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާ ސަރުކާރުން ޗައިނާއަށް އެޗް20 އާޓިފިޝަލް އިންޓެލިޖެންސް ޗިޕް ވިއްކުން މަނާކުރުމާ ގުޅިގެން އެ ކުންފުންޏަށް 5.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށް ލަފާކުރެވެއެވެ. ޗައިނާއަކީ އެންވިޑިއާގެ އެންމެ މަޤްބޫލު ޗިޕްތަކުގެ ތެރެއިން އެއް ޗިޕަށް އެންމެ މުހިންމު މާކެޓެވެ. އެ...
އަޙްމަދު ދާއޫދު
މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް 492 ފަރުދަކު ދުންފަތުގެ އިސްތިޢުމާލު ހުއްޓާލުމަށްޓަކައި ޚާއްޞަ ފަރުވާ ހޯއްދަވާފައިވާކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ. މިއީ ދުންފަތުގެ އިސްތިޢުމާލުން ދުރުހެލިވުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ދައުލަތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އިޖާބީ ނަތީޖާއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ޞިއްޙަތާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ އަހަރުން ފެށިގެން މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައ...
ޔުމްނާ ޢަލީ
ޗައިނާގެ އުފެއްދުންތެރި ކުންފުނިތަކުން ލުއި ވިޓަން، ޕްރާޑާ ފަދަ އަގު ބޮޑެތި ލަގްޒަރީ ބްރޭންޑްތަކުގެ އުފެއްދުންތައް ކޮޕީކޮށް އުފެއްދުމަށްފަހު އެ ތަކެތި ހެޔޮ އަގުތަކުގައި ވިއްކަން ފަށައިފިއެވެ. އެގޮތުން 2،000 ޑޮލަރުގެ އަގުގައި ވިއްކަމުން އައި ހޭންޑްބޭގެއް އެންމެ 20 ޑޮލަރަށް ލިބެން ހުންނަ ކަމަށް ވަނީ ފާހަގަކުރެވިފައެވެ. މި ކުންފުނިތަކުން ބުނާ ގޮތުގައި އެމީހުން އުފައްދަނީ ހަމަ އެއްފެންވަރުގެ ތަކެއްޗެވެ. ހަމައެކަނި ތަފާތަކީ ބްރޭންޑް ނަމެވެ. ސޯޝަލް މީޑިއާގައި މި ކުންފުނިތަކުން ބޮޑެތި ބްރޭންޑްތަކުގެ އަ...
އަޙްމަދު ދާއޫދު
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދިޔަ މައްސަލައިގެ ތަހުގީގު ނިންމައި، ތަހުގީގު ކޮމެޓީގެ ރިޕޯޓް ކޮމިޝަނަށް ހުށަހަޅައިފިއެވެ. މި މައްސަލައިގައި ހިމެނެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ޖޭއެސްސީން މި ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ބަލަމުންދިޔަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރުމާ ގުޅިގެން، އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން...
ޔުމްނާ ޢަލީ
ހޫނު މަޑުކުރުމަށް ކަމަށްބުނެ އިންޑިއާގެ ދިއްލީ ޔުނިވަރސިޓީގެ ކޮލެޖު ކްލާސްރޫމެއްގައި ގެރިގުއި ހާކައިފިއެވެ. ދިއްލީ ޔުނިވަރސިޓީގެ ލަކްޝްމީބާއީ ކޮލެޖުގެ ޕްރިންސިޕަލް، ޕްރަތްޔުޝް ވަތްސަލާ، ކްލާސްރޫމެއްގެ ފާރުގައި ގެރިގުއި ހާކަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވައިރަލް ވަމުންދާއިރު، މިއީ އިންޑިއާގެ ވެރިރަށް ދިއްލީގައި ކުރިމަތިވެފައިވާ ހޫނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއްގެ ކަމަށް އެ ޕްރިންސިޕަލް ވަނީ ބުނެފައެވެ. ޕްރިންސިޕަލް އަމިއްލައަށް ވަނީ މި ޢަމަލު ކުރަމުންދ...
އަޙްމަދު ދާއޫދު
ހުޅުމާލޭގައި ދިރިއުޅެމުންދިޔަ ނިބޫން ދެބެން (ޓުވިންސް) މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ. މި ނިބޫން ހައްޔަރުކުރެވުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް، ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމް އަދި ފޭސް 1 އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުން ބުނެފައިވެ އެވެ. ހައްޔަރުކުރެވުނު ދެ މީހުންނަކީ މ. އަލިހަވާ / މާލެ އަދި މިހާރު ހުޅުމާލޭގެ ލޮޓެއްގައި ދިރިއުޅެމުންދާ ރާއިފް ޔޫސުފް (28 އަހަރު) އާއި ރާއިގް ޔޫސުފް (28 އަހަރު) އެވެ. މި ދެ މީހުން […]
އަލީ އާދިލް
ކުރިއަށް އޮތް ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކަޅުބިލަމަސް ރައްކާކުރެވޭ މިންވަރު 25,000 ޓަނަށް އަދި ޕްރޮސެސްކުރެވޭ މިންވަރު 365 ޓަނަށް އިތުރުކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ “ރައްޔިތުންނާއެކު” ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ރައީސް ވިދާޅުވި ގޮތުގައި މިހާރު ކަޅުބިލަމަސް ރައްކާކުރެވޭ މިންވަރު ހުރީ 9,500 ޓަނު ހިސާބުގައެވެ. އަދި ޕްރޮސެސްކުރެވޭ މިންވަރު...
ޔުމްނާ ޢަލީ
މަސްވެރިންގެ އަޑު އަހައިގެން މަސްވެރިން ބޭނުންވާ ކަންކަން ހައްލުކޮށްދެއްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ “ރައްޔިތުންނާއެކު” ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ޕޮޑުކާސްޓުގެ 4 ވަނަ އެޕިސޯޑުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ރައީސް ވިދާޅުވި ގޮތުގައި، މަސްވެރިންނަށް ދިމާވެފައިވާ އައިސް އަދި ތެޔޮ ހޯދުމުގެ މައްސަލަތަކަށް ވަރަށްބޮޑު ޙައްލުތަކެއް ގެންނައުމަށް ދަނީ މަސައްކަތް ކުރަށްވަމުންނެވެ. ކަންކަން ހައްލުކޮށް ދެއްވަމ...
ޔުމްނާ ޢަލީ
ހއ. ދިއްދޫގައި ކުނީގެ ހިދުމަތް ދިނުމަށް ވެމްކޯގެ އޮޕަރޭޝަނަށް ބޭނުންވާ ކޮމްޕެކްޓަރ އަދި ޕިކަޕު އިއްޔެ އެރަށަށް ގެންގޮސްފިއެވެ. ދިއްދޫގައި ވެމްކޯ މެދުވެެރިކޮށް ކުނީގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ވެފައިވާ ވަޢުދެކެވެ. މަޖިލީހުގެ އިންތިޚާބުގެ ވަޢުދާއި އެއްގޮތަށް 22 ފެބްރުއަރީ 2025 ގައި އެރަށުގައި ވަނީ ވެމްކޯގެ ޚިދުމަތް ފަށާފައެވެ. މި މަސައްކަތާއެކު އެރަށުގައި ހުރި ކުނި ފުނިވެސް މިހާރު ދަނީ ނަގަމުންނެވެ. މިކަމަކީ އެރަށުގެ ރައްޔިތުންނަށް ވަރަށް...
އައިޝަތު އައިނީ އާމިރު
ހދ ކުޅުދުއްފުށި ސިޓީ އާއި ހއ. ދިއްދޫ ހިމެނޭހެން 9 ރަށެއްގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަންނަ މަހު ފަށަން ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ. ވަޒީރު ވިދާޅުވި ގޮތުގައި މާތްﷲގެ ރަޙުމަތްފުޅުން، އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ޤާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ޤާއިމުކުރެވެމުންދާ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަންނަ މަހުން ފ...
އަލީ އާދިލް