އާޖެންޓީނާގެ ދެކުނަށް ބާރުގަދަ ބިންހެލުމެއް އައުމާއެކު ޗިލީގައި ސުނާމީގެ އިންޒާރު ދީފިއެވެ. ޗިލީގެ އިދާރާތަކުން ސުނާމީގެ އިންޒާރު ދީފައިވާއިރު، އެންޓާކްޓިކާ އަދި މެގަލަންސް ސަރަޙައްދުގެ ގޮނޑުދޮށުގެ އެންމެހައި ސަރަޙައްދުތައް ހުސްކުރުމަށް ވަނީ އަމުރުކޮށްފައެވެ. މިއީ ހުކުރު ދުވަހު އާޖެންޓީނާގެ ދެކުނަށް އައި ރިކްޓަރ ސްކޭލް 7.4 ގެ ބޮޑު ބިންހެލުމެއް އައުމާ ގުޅިގެން ނެރުނު އަމުރުތަކެކެވެ. ޔޫ.އެސް ޖިއޮލޮޖިކަލް ސަރވޭގެ ރިޕޯޓުގައިވާ ގޮތުން، މި ބިންހެލުން އައީ ހުކުރު ދުވަހު ޖީއެމްޓީ އިން 12:58 ގައެވެ. މި [...
އަޙްމަދު ދާއޫދު
އޮމާންގައި ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ ބީޗް ހޭންޑްބޯލް އޭސިއަން ޗެމްޕިއަންޝިޕުގައި ވާދަކުރާ ޤައުމީ ބީޗް ހޭންޑްބޯލް ޓީމް މާދަމާ ފުރުމަށް ހަމަޖެހިއްޖެއެވެ. މެއި 6 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަން ވާދަކުރަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ޓީމެކެވެ. މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޓީމު އެކުލަވާލައި ޓީމުގެ ފަރިތަކުރުންތައްވެސް ކުރިޔަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީގައެވެ. ހޭންޑްބޯލް އެސޯސިއޭޝަން އިން ފާހަގަކޮށް ބުނެފައިވަނީ މިފަދަ ޓީމެއް އެކުލަވާލަނ...
އައިޝަތު އައިނީ އާމިރު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މިރޭ ބުނެފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިރޭ ވިދާޅުވީ، މި ބައްދަލުވުން އޮންނާނީ މާދަމާ (3 މެއި 2025) ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ. 17 އޭޕްރިލް 2025 ގައި “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މެއި 3 ގައި […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސްކްރީންޝޮޓަކީ ދޮގު އެއްޗެއްކަމަށް އެ އާއިލާގެ ޤާނޫނީ ވަކީލު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެއެވެ. އާޒިމާ ޝަކޫރު މިފަދައިން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އާޒިމާ ވިދާޅުވެފައިވަނީ، އިއްޔެ ރޭ ހައްޔަރުކުރެވުނު ޕްރޮޓެސްޓަރަކާ ބެހޭގޮތުން ޔާސްމީން މުޙައްމަދު މުޢިއްޒުގެ އިންސްޓަގްރާމުން ކަމަށް ބުނެ ދައުރުވަމުންދާ ސްކްރީންޝޮޓަކީ ދޮގ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގައި ބޭއްވި “އިސްވާރު – ވިމެން އިން ލޯކަލް ގަވަނެންސް” ޕައިލެޓް ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައި، މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި މަހު 24 އިން 30 އަށް ބޭއްވި މި 7 ދުވަހުގެ ޕްރޮގަރާމުގައި އުތުރުގެ އަތޮޅުތަކުން 35 ފަންނުވެރި އަންހެން ލީޑަރުން ބައިވެރިވެފައިވެއެވެ. އެގޮތުން މި ޕްރޮގަރާމް ހިންގައި ކުރިއަށް ގެންދިޔައީ، ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޔޫއެންޑީޕީ، ލޯކަލް ގަވަރމަންޓ އޮތޯރިޓީ، މޯލްޑިވްސް އިންސިޓިޓިއުޓް އޮފް ލޯކަލް ގަވަނަންސްގެ […]
އައިޝަތު އައިނީ އާމިރު
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފިއެވެ. މި ސަރުކާރު އެންމެ ހިންގުންތެރި އެއް ވަޒީރުކަމުގައި ގިނަބަޔަކު ފާހަގަކުރާ ޝަހީމް މިކަން ޢިއުލާންކުރެއްވީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. “މާތް ﷲ ގެ ހަޟްރަތުން ވާގި އެދި އަދާލަތު ޕާޓީ އަށް މެމްބަރުކަމުގެ ފޯމު ހުށަހަޅައިފިން،” އެ ޕޯސްޓްގައި ޝަހީމް ވިދާޅުވެފަވެއެވެ. ޝަހީމް އަކީ އަދާލަތު ޕާޓީގެ އެންމެ އިސް މުއައްސިސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޕީޕީ...
ޔުމްނާ ޢަލީ
ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި، ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ވަރލްޑް ޓޫނާ ޑޭގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ ‘އެކްސް’ އެކައުންޓުގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުޢިއްޒު އެ ޕޯސްޓުގައި، މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެއާއިދުވާލު މަސައްކަތްކުރާ އެންމެހައި ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނި...
ޔުމްނާ ޢަލީ
ވާވޭ ޓެކްނޮލޮޖީސް ކޯޕަރޭޝަންގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޤާބިލިއްޔަތު އިތުރުވަމުންދާތީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއެކު ބޭއްވުނު ބައްދަލުވުމެއްގައި އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގ، ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ އެމެރިކާގެ ކޮންގްރެސްގެ ސީނިއަރ ކޮމިޓީ މުވައްޒަފެކެވެ. ބުރާސްފަތި ދުވަހު ބޭއްވުނު މި ސިއްރު ބައްދަލުވުމުގައި، އެންވިޑިއާގެ އިސްވެރިންނާއި އެމެރިކާގެ ރައްޔިތުންގެ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ މެންބަރުން ބައިވެރިވިއެވެ. މި...
އަޙްމަދު ދާއޫދު
ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުތައް ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، އިނގިރޭސި ޕްރިމިއާ ލީގަށް ނިސްބަތްވާ ދެ ޓީމްކަމަށްވާ ޓޮޓެންހަމްއާއި މެންޗެސްޓާ ޔުނައިޓެޑުން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ރޭ ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި 3-0 ގެ ނަތީޖާއިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑު ވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 30 ވަނަ މިނެޓުގައި ޖަހައިދިނީ ކަސެމީރޯއެވެ. ޔުނައިޓެޑްގެ ދެވަނަ ލަނޑު 37 ވަނަ މިނެޓުގައި […]
އިބްރާހިމް ޚަލީލް
ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ 423،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ތަނެއް ނެތި ހިޖުރަކުރަން މަޖުބޫރުވެއްޖެ ކަމަށް އދ.އިން ބުނެފިއެވެ. ޣައްޒާގައި އިސްރާއީލުގެ ހަނގުރާމަވެރި ޢަމަލުތައް އިތުރުވަމުން ދާއިރު، އެ ސަރަހައްދުގައި އިންސާނީ އެހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އދ އިން ބުރާސްފަތި ދުވަހު ވަނީ އިންޒާރު ދީފައެވެ. އދ ގެ ތަރުޖަމާނު ސްޓެފާން ދުޖާރިކް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، “އިންސާނީ އެހީގެ މަސައްކ...
އަޙްމަދު ދާއޫދު
ފަރަންސޭސިވިލާތުގެ ދެކުނުގައި ހުންނަ މިސްކިތެއްގައި މުސްލިމަކު ނަމާދަށް ހުއްޓައި ޝަހީދުކޮށްލާފައިވާއިރު، މި އަނިޔާވެރި މަރާ ގުޅިގެން، ފަރަންސޭސިވިލާތުގައި ނަސްލީ ތަފާތުކުރުމާއި ނަފްރަތަށް ޖާގައެއް ނޯންނާނެ ކަމަށް އެޤައުމުގެ ރައީސް އެމެނުއެލް މެކްރޯން ވިދާޅުވެއްޖެއެވެ. މިދިޔަ ހުކުރު ދުވަހު ގާޑް ސަރަޙައްދުގެ ލަ ގްރޭންޑް-ކޯމްބް ރަށުގައި ހުންނަ މިސްކިތެއްގައި ހިނގި މިހާދިސާގައި، ޢުމުރުން 20 އަހަރުގެ ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން އެތައް ފަހަރު މަތިން ހަމަލާދީ މަރާލާފައެވެ. އަދި ހަމަލާދިން މީހާ އިސް...
އަޙްމަދު ދާއޫދު
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ) އިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނި، އެ ބެކްޓީރިއާ ފެތުރުން ކޮންޓްރޯލްކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ. މީސްމީޑިއާ ގައި އައިޖީއެމްއެޗް އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެންއައިސީޔޫގައި ތިބި ނާޒުކު ހާލަތުގައިވާ މަދު ކުދިންތަކެއްގެ ކިބައިން ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމެއް ނުވަތަ މަލްޓި-ޑްރަގް ރެޒިސްޓަންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ފެނިފައިވާ ކަމަށެ...
އަލީ އާދިލް
އުރީދޫ މޯލްޑިވްސް ގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްދާ “ލިވް އަންލިމިޓެޑް” ކެމްޕެއިންގެ ދަށުން ތަޢާރަފުކުރި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީ ޑްރޯ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި އެވެ. ފުރަތަމަ އުމްރާ ދަތުރުގެ ނަސީބުވެރިޔާއަކީ އަޙްމަދު ސައްދާމް ކަމަށް އުރީދޫއިން ހާމަކޮށްފައިވެއެވެ. މި ޕްރޮމޯޝަންގެ ދަށުން އަދިވެސް 18 އުމްރާ ދަތުރާއި، އެންމެ އަގުހުރި އިނާމުގެ ގޮތުގައި 2 މީހުންގެ ހައްޖު ދަތުރެއް ލިބުމުގެ ފުރުޞަތު އުރީދޫ ކަސްޓަމަރުންނަށް […]
އިބްރާހިމް އަސްވާޤް
އއ. ބޮޑުފޮޅުދޫގައި ސްޓެލްކޯއިން ޤާއިމްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. މި އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއާއި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ އިތުރުން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމްއެވެ. މި ރަސްމިއްޔާތަށް ފަހު، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ ވިދާޅުވީ މިއީ ބޮޑުފޮޅުދޫ ރައްޔިތުންގެ ދުވަސްވީ އުއްމީދެއް ކަމަށެވެ. މިހާރު އެރަށުގައި އިންޖީނުގެ ސްކޫލާއި އިންވެގެން އިނުމުގެ ސަބަބުން ދަރި...
އަލީ އާދިލް
އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި، އދ.އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އެހެން ޤައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުންއިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ، މިއަދު އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދިވެހިރާއްޖެއިން ބަޔާން އިއްވައިފިއެވެ. ރާއްޖޭގެ މި ބަޔާން އިއްވީ ބަންޑާރަނައި...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގެ މަސްްޖިދުލް ޖަމާއަތް އަނެއްކާވެސް އަލުން މަރާމާތު ކުރުމަށްފަހު ހުޅުވަން ތައްޔާރުވެފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ މަސްޖިދުލް ޖަމާއަތް ބާވެ ވީރާނާ ވަމުން ދަނިކޮށް މަރާމާތުކޮށް އާބަރުތައް ފިލުވުމަށް ފަހު ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް މިއަހަރުގެ ފެބްރުއަރީ މަހު ހުޅުވާފައެވެ. އެހެންނަމަވެސް އިތުރަށް މަރާމާތްކުރަން ޖެހުމުގެ ސަބަބުން މި މިސްކިތް ވަނީ މިދިޔަ އޭޕްރީލް މަހު ބަންދުކޮށްފައެވެ. އެގޮތުން ސިޓީ ކައުންސިލުން...
އައިޝަތު އައިނީ އާމިރު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުގައި ރޭ ބާސެލޯނާއާއި އިންޓަ މިލާން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 3-1 ގެ ނަތީޖާއިންނެވެ. ސެމީ ފައިނަލް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަނޑައެޅިގެންދާނީ އަންނަ އަންގާރަ ދުވަހުގެ ރޭ އިޓަލީގެ އިންޓަ މިލާން ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗަށް ފަހުއެވެ. އެ ރޭ ރާއްޖެ ގަނޑިން ދަންވަރު 0000 ގައި ފަށާ މި […]
އިބްރާހިމް ޚަލީލް
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުލުމާލެއިން 2 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ސްޕެޝިއަލް އެންފޯސްމަންޓް ޓީމާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ 30 އޭޕްރީލް 2025 ވީ ބުދަ ދުވަހު އިރުއޮއްސި 6:52 އެހާކަންހާއިރު ހުޅުމާލޭގެ ހުވަނދުމާ ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް ހުއްޓުވުމަށްފަހުއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ހމ. ފްލެޓް ނަންބަރު 04-ޖީ-10 / މާލެ އަލީ ޢަބްދުالله...
އައިޝަތު އައިނީ އާމިރު