ގައުމީ ޓީމުގެ ކޭމްޕް ދޫކޮށް ދިޔަ މައްސަލައިގައި، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސަސްޕެންޑްކޮށް އޭނާއާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އެޅުމުގެ މައްސަލައެއް ބަލަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ފަށައިފިއެވެ. ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލަ މިހާރު އެ އިދާރާގެ ޑިސިޕްލިނަރީ އިންވެސްޓިގޭޝަން ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ނިމި ގޮތެއް ނިންމުމާ ހަމައަށް، ތަހުގީގުން ހޯދޭ ހޯދުންތައް ސިއްރުގެ ގޮތުގައި ބެހެއްޓޭނ...
އަޙްމަދު ވަހީދު
ނަފުސާނީ ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް މުހިންމު ކަމަކަށް ވާއިރު، ވަކިން ޚާއްޞަކޮށް އިސްރަށްވެހިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ކ. ކާށިދޫގައި ހުންނަ ކ. އަތޮޅު މަދަރުސާގައި ބޭއްވި ޚާއްޞަ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފުލާއަށް އެކަމަނާ ވަޑައިގެންނެ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވި 20 އަހަރުގެ ޒުވާނަކު ޖޫރިމަނާކޮށް، އޭނާ ދުއްވި ސައިކަލު ފުލުހުން ޓޯކޮށްފިއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 9 ވަނަ ދުވަހުގެ ރޭ 22:30 އެހައިކަންހާއިރު ހުޅުމާލެ ފޭސް 1 ގެ މަގުމަތީގައި ކަމަށެވެ. މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ އެ ވަގުތު ހުޅުމާލެތެރެ ބަލަހައްޓައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ބީޓަކަށެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، […]
ޔުމްނާ ޢަލީ
މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ދިނުމަށް ނިންމި ނިންމުމަކީ ލަދުވެތި ނިންމުމެއް ކަމަށާއި، އެ އިނާމު ހައްގުވަނީ އޭނާއަށް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވީ، ނޯވޭގެ ނޯބެލް ކޮމިޓީގެ މި ނިންމުމަކީ އެ ގައުމުގެ އަގު ވެއްޓި، ދުވަހަކު ވެސް ފޮހެވިގެން ނުދާނެ ފަދަ ކިލަނބުކަމެއް ގެނުވި ނިންމުމެއް ކަމަށެވެ. ޓްރަމްޕްގެ މިވާހަކަތަކަށް ރައްދުދޭ ފަރާތްތަކުން ސިފަކުރާ ގޮތުގައި ސުލްހައިގެ އިނާމް ނުލިބިގެން […]
ޔުމްނާ ޢަލީ
ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގައި ކުޅުނު ފޯރިގަދަ މެޗުގައި ރާއްޖޭގެ އެންމެ ދުވަސްވީ އަދި ސަޕޯޓަރުން އެންމެ ގިނަ އެއް ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެއްވަރުކޮށް، ދިއްދޫ ސްޕޯޓްސް ކްލަބުން ތާރީޚީ ޕޮއިންޓެއް ހޯދައިފިއެވެ. ރާއްޖޭގެ އުތުރުގައި އެންމެ ވަރުގަދަ އެއް ކްލަބާ ދެކޮޅަށް ކުޅެ ދިއްދޫން މި ހޯދި ނަތީޖާއާއެކު އެ ޓީމު ވަނީ ތާރީޚުން އައު ޖާގައެއް ކަށަވަރުކޮށްފައެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ދިއްދޫން ފެށުން ވަރުގަދަކުރި މި […]
އަޙްމަދު ވަހީދު
ކ. ކާށިދޫގެ ސިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. މި ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ މުހިންމު ޚިދުމަތެއް ކަމަށެވެ. އަދި ކާށިދޫއަކީ ރައީސް ޑރ. މ...
ޔުމްނާ ޢަލީ
ށ. އަތޮޅު މިލަންދުއާއި ފޯކައިދޫގައި ތަރައްޤީކުރަމުން އަންނަ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން ބުނި ގޮތުގައި، މިލަންދޫ އިސްލާމީ މަރުކަޒުގެ މުންނާރުގެ ފުރަތަމަ ސްލެބް އަދި އާރްސީ ވޯލް ފޯމްވޯކާއި ރީއިންފޯސްމަންޓް މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. އަދި ފޯކައިދޫ އިސްލާމީ މަރުކަޒުގައި މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ބީމް ޝަޓަރިން އަދި ރީއިންފޯސްމަންޓުގެ މަސައްކަތްތަކެވެ. ފޯކައިދޫ އިސް...
ޔުމްނާ ޢަލީ
ކެންސަރު ބަލި ހަށިގަނޑުގައި ބަދަލުވަމުން އަދި ފެތުރެމުންދާ ގޮތް ދެނެގަތުމުގައި ފާހަގަކޮށްލެވޭ ފަދަ އިންގިލާބީ ދިރާސާތަކެއް ކުރައްވާފައިވާ މުސްލިމް ޕްރޮފެސަރ މަރިޔަމް ޖަމާލް-ހަންޖާނީ، “ކެންސަރ ރިސާޗް ޔޫކޭ” ގެ ޗީފް ކްލިނިޝަންގެ މަގާމަށް ހަމަޖައްސައިފިއެވެ. މި މަގާމުގައި އޭނާ އިސް ދައުރެއް އަދާކުރައްވާނީ އެ ޗެރިޓީގެ ކްލިނިކަލް ރިސާޗްތައް ބައްޓަންކުރުމަށާއި، ކެންސަރުގެ ފަރުވާތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތަކުގައެވެ. ޕްރޮފެސަރ މަރިޔަމަކީ ޔުނިވަރސިޓީ ކޮލެޖް ލަންޑަންގެ ޕްރޮފެސަރ އޮފް ކެންސަރ...
ނާޒިމާ އަލީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ. އެމްޑީޕީން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 2026 ވަނަ އަހަރުގެ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގައެވެ. އަދި މި ފުރުސަތު ހަމަވާނީ 2026 ވަނަ އަހަރުގެ މި މަހުގެ 25 ވާ ދުވަހުގެ މެންދުރުފަހު 14:00 އަށެވެ. މި އިންތިޚާބާ ގުޅިގެން އެ ޕާޓީން ނެރެފައިވާ އިއުލާންގައި […]
ޔުމްނާ ޢަލީ
ހަށިގަނޑު ގުޅިފައި ތިބި މޮރޮކޯގެ އުމުރުން 13 މަހުގެ ތުއްތު ދެބެއިން ވަކިކުރުމަށް ސައޫދީ އަރަބިއްޔާގައި ކުރިއަށްގެންދިޔަ ނާޒުކު އޮޕަރޭޝަން، ހަ ގަޑިއިރުގެ މަސައްކަތަށްފަހު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ސައޫދީ ކޮންޖޮއިންޑް ޓްވިންސް ޕްރޮގްރާމުގެ މެޑިކަލް އަދި ސާޖިކަލް ޓީމުން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުއެވެ. ސަޖާ އަދި ދުހާ ނަމަކަށް ކިޔާ މި ދެބެއިން ވަކިކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ރިޔާޒުގައި ހުންނަ މިނިސްޓްރީ އޮފް ނެޝަނަލް ގާޑުގެ ދަށުން ހިންގާ ކިންގ...
ނާޒިމާ އަލީ
ނަފުސާނީ ދުޅަހެޔޮކަން ބިނާވަނީ އެކަކު އަނެކަކަށް ލިބޭ އަޅާލުމާއި، ދިރިއުޅޭ މުޖުތަމައުތަކާއި، އަދި ވަށައިގެންވާ މީހުންގެ މައްޗަށް ކަމަށް ފަސްޓްލޭޑީ، މެޑަމް ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ފަސްޓްލޭޑީ، މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އަޅުގަނޑުމެންގެ ގެދޮރާއި، ސްކޫލްތަކާއި، މަސައްކަތުގެ މާހައުލުތަކުގެ އިތުރުން މުޅި މުޖުތަމައުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް ނަފުސާނީ ދުޅަހެޔޮކަން ދަނީ ބައްޓަންވަމުންނެވެ. އެހެންކަމުން އެކަކު އ...
ޝިއުނާ އާދަމް
ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ(އތމކ) ގުޅިގެން ކުރިއަށް ގެންދާ “ކުޅުދުއްފުށި ފުޓްސަލް ޗެލެންޖު 2026” އިއްޔެ ފަށައިފިއެވެ. ކުޅުދުއްފުށި ސިޓީކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދަނީ އަންހެން އަދި ފިރިހެން ޑިވިޜަނަށެވެ. އެ ގޮތުން އަންހެން ޑިވިޜަންގެ 5 ޓީމު ވާދަކުރާނީ ލީގު އުޞޫލުން ކަމަށް ވާއިރު، ފިރިހެން ޑިވިޜަނުގައި ވާދަކުރާ 16 ޓީމުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖު އުސޫލުންނެވެ. މި […]
ފާތިމަތު ސަޙާ
ދިވެހިރާއްޖޭގައި ކުރިމަތިވާ ކާރިސާތަކާއި މޫސުމީ ނުރައްކާތަކުގެ އިންޒާރު އެންމެ ފަހު މީހާއާ ހަމައަށް ފޯރުކޮށްދިނުމަށާއި، ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ކުރިއާލާ އިންޒާރުދޭ ނިޒާމެއް ހަރުދަނާކުރުމަށްޓަކައި ޤައުމީ މަގުޗާޓެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ. މިކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި ޚާއްޞަ ބައްދަލުވުން އިއްޔެ ކުރިއަށްގެންގޮސްފައިވާއިރު، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ، ކާރިސާތަކުން ރައްޔިތުންނާއި މުދާ ރައްކާތެރިކުރުމަށް ސަރުކާރުން ކުރަ...
ޔުމްނާ ޢަލީ
ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެހެން އެއްވެސް ސަރުކާރަކުން ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ނުދެއްވާ ފަދަ ބޮޑު ސަމާލުކަމެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވަމުން ގެންދަވާ ކަމަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ ސީއީއޯ ނާޒިމާ ޢަލީ ވިދާޅުވެއްޖެއެވެ. ނާޒިމާ މިހެން ވިދާޅުވީ، ރާއްޖޭގައި ދެމުންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން އިސްނަގައިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި ރީޖަނަލް […]
ފާތިމަތު ސަޙާ
ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއަށް ހާއްސަ ގާނޫނެއް އެކުލަވާލުމާއި، ގައުމީ ފެންވަރުގެ ސިޔާސަތެއް އެކަށައެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، އޯގާތެރި، ފަސޭހައިން ލިބިގަނެވޭ އަދި ހަމަހަމަކަން ގާއިމުވެފައިވާ ނަފްސާނީ ސިއްހަތުގެ ނިޒާމެއް ބިނާކުރުމަށް ސަރުކާރުން ވެފައިވާ އަހުދު އާކުރައްވާ ކަމަށެވެ. އަދި މިފަދަ ނިޒާމެއް ބިނާކުރަ...
ޝިއުނާ އާދަމް
ހއ. އުތީމުގެ ކޮންމެ އާއިލާއެއްގައި މިހާރު ޖަމާޢަތްތެރިއަކު ހުންނާނެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ކައުންސިލްގެ ރައީސް މިކަން ހާމަކުރެއްވީ އެ ރަށުގައި ކުރިއަށް ގެންދިޔަ ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމުމާ ގުޅިގެން “ތިލަދުން” އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މި ތަމްރީނު ޕްރޮގްރާމަކީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި، އުތީމު ކައުންސިލް އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގ...
ފާތިމަތު ސަޙާ
ނަފުސާނީ މައްސަލަތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން ސަރުކާރުން ޤާއިމުކުރި ހެލްޕްލައިނަށް މިހާތަނަށް 23،000 އަށް ވުރެ ގިނަ މީހުން ގުޅައި، އެހީތެރިކަން ހޯދާފައިވާކަމަށް ސިއްޙަތާއި އާއިލީ އަދި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ދުނިޔޭގެ ނަފުސާނީ ސިއްޙަތުގެ ދުވަހާއި ގުޅުވައި އެ ވުޒާރާއިން ބުނީ ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ކަންކަމަކީ ބޮޑު ކަންބޮޑުވުމެއް އޮތް ދާއިރާއަކަށް ވުމާއެކު، ނަފުސާނީ ބަލީގެ ފަރުވާގެ ނިޒާމު ތަރައްޤީކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ އަހަންމިއްޔ...
ޔުމްނާ ޢަލީ
ހދ. ނައިވާދޫ ޒުވާނުންގެ ޖަމްޢިއްޔާއާއި އެ ރަށު ސްކޫލް އިސްދަރިވަރުންގެ ޖަމްޢިއްޔާއަށް ދޫކޮށްފައިވާ ބަންޑާރަ ބިމާއި ޢިމާރާތްތައް އަނބުރާ ކައުންސިލަށް ނެގުމަށް ނިންމައި، އެ ތަންތަނުގައި ހުރި މުދާތައް ނެރުމަށް ނައިވާދޫ ކައުންސިލުން އަންގައިފިއެވެ. ނައިވާދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، އެ ދެ ޖަމްޢިއްޔާގެ ބިމާއި ޢިމާރާތްތަކުގައި ހުރި ނުއުފުލޭ މުދާ ފިޔަވައި އެހެނިހެން އެންމެހައި ތަކެތި ނެރެ ބިން ހުސްކުރަންޖެހޭނެ ކަމަށެވެ. އެގޮތުން، 08 އޮކްޓޫބަރު 2026 އިން ފެށިގެން 15 ދުވަ...
ފާތިމަތު ސަޙާ