ސަޢޫދީ ޢަރަބިއްޔާގެ ބައިނަލްއަޤްވާމީ ދެ އެއާޕޯޓަކަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކާ ގުޅިގެން އެ ޤައުމުގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށާއި، މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާއިރު އެއްވެސް ދިވެހި ރައްޔިތަކަށް މި ހަމަލާތަކުގެ އަސަރުކޮށްފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ހާމަކުރި ގޮތުގައި، ސަޢޫދީގެ މަސްރަޙު އެ މިނިސްޓްރީން ދަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އަދި މި ހާދިސާތަކާ ގުޅިގެން އެހީތެރިކަން ބޭނުންވާ...
ޔުމްނާ ޢަލީ
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، ށ. މިލަންދޫގައި ގަސް ހައްދާ ނާރސަރީއެއް ޤާއިމްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިލަންދޫ ކައުންސިލްގެ އިދާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. މިއީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ކަމާގުޅިގެން ކައުންސިލުން އާންމު ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ޤާނޫނީގޮތުން...
ފާތިމަތު ސަޙާ
ހއ. ބާރަށުގައި އަލަށް ހަދަމުން އަންނަ މަގުތައް، އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ސީދާކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރިއަށް ގެންދަން ފަށައިފިއެވެ. މި މަސައްކަތާ ގުޅޭގޮތުން ބާރަށު ކައުންސިލުން ބުނީ، މިއީ ރަށުގެ މަގުތައް ތަރައްޤީކުރުމަށް ރޭވިފައިވާ ޕްލޭނާ އެއްގޮތަށް މަގުތަކުގެ ފުޅާމިނާއި ސީދާމިން ކަށަވަރުކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އެ ރަށުގައި އަލަށް ހަދާ މަގުތައް ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ތ...
ފާތިމަތު ސަޙާ
އިނގިރޭސި ޤައުމީ އަންހެން ޓީމުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު އާސެނަލްގެ ފޯވާޑް އެލެސިއާ ރޫސޯ ކާމިޔާބުކޮށްފިއެވެ. ސަޕޯޓަރުންގެ ވޯޓުން ހޮވި މި އެވޯޑު ރޫސޯ ހޯދީ ޗެލްސީގެ ޑިފެންޑަރު ލޫސީ ބްރޮންޒް އަދި ކީޕަރު ހަނާ ހެމްޕްޓަންއާ ވާދަކޮށެވެ. މިއީ އުމުރުން 27 އަހަރުގެ ރޫސޯ މި އެވޯޑު ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ރޫސޯ ވަނީ 2025-26 ސީޒަނުގައި އިނގިރޭސިވިލާތް ކުޅުނު 10 މެޗުގައިވެސް ބައިވެރިވެ، ފަސް ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ ތެރެއިން ނުވަ […]
އަޙްމަދު ވަހީދު
ހދ. ވައިކަރަދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފްލައިބޯޑިންގ ބިގިނަރ ލެސަންސް “އުދުހިލާ 2026” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން ބޮޑު ތަރުހީބެ ލިބިއްޖެ އެވެ. މިއީ ވައިކަރަދޫގެ ވައިރޮދި ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން، ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން ގިނަ ކުދިންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި، އެ ޖަމްޢިއްޔާގެ މި އަހަރުގެ ފަހު ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާ އިވެންޓެކެވެ. ހުރިހާ ޢުމުރުފުރައަކަށް ހުޅުވާލައިގެން، ކުރިއަށްގެންދާ މި އިވެންޓަކީ، އެ ޖަމްޢިއްޔާއިން މުޅިން ހިލޭ ކުރިއަށ...
ފާތިމަތު ސަޙާ
ށ. މިލަންދޫގައި ކުރިއަށްދިޔަ “މަންފާ ދަތުރު”ގެ ހުރިހާ ހަރަކާތެއްގައި ބައިވެރިވެ، ޢުމްރާ ދަތުރުގެ ނަސީބުވެރިޔަކަށް އެ ރަށު ލައިކް، އުމުރުން 9 އަހަރުގެ އަޔާސް ހޮވިއްޖެއެވެ. މި ޢުމްރާ ދަތުރަކީ އަލް ސަފާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހަމަޖައްސައިދީފައިވާ ފުރުޞަތެއް ކަމަށް އެ ރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ. މި ފޯރަމަކީ މިލަންދޫ ކައުންސިލާއި އެ ރަށު ޝީލްޑް ޖަމްޢިއްޔާ އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގުޅިގެން މަންފާ ޖަމްޢިއްޔާގެ ފަރާތުން […]
ފާތިމަތު ސަޙާ
ތައިލެންޑުގެ ދެކުނުގެ ޕަޓާނީ ޕްރޮވިންސްގައި ބޭއްވި 19 ވަނަ ގައުމީ ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތުގެ ވަނަތަކަށް އެ ގައުމުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން އަދި ރާނީ ސުތިދާ އިނާމު ދެއްވައިފިއެވެ. ތާރީޚީ އަދި ކުލަގަދަ މާހައުލެއްގައި ކުރިއަށްދިޔަ މި ރަސްމިއްޔާތަށް ރަސްގެފާނާއި ރާނީ ވަޑައިގެންނެވުމަކީ، ތައިލެންޑުގެ ދެކުނުގައި ދިރިއުޅޭ މުސްލިމް މުޖުތަމައުއަށް ޝާހީ އާއިލާއިން ކުރާ އިހުތިރާމާއި، އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދިޔަ ކަމެކެވެ. މި...
ނާޒިމާ އަލީ
ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުންނާއި، ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ލަނޑުދަނޑި ހާސިލުކުރުމަށް 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ގާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ނާއިފެވެ. އަދި މި މަޝްރޫއަށް ބިން ހަމަ...
ޔުމްނާ ޢަލީ
ގްރޭޓަރ މާލެ ސަރަޙައްދުގެ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއި ފަރާތްތައް ބައިވެރިވި ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު މާލޭގައި ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމަކީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިސްނަގައިގެން ބޭއްވި ބައްދަލުވުމެކެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ މި ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ވަރކްޝޮޕް މައިގަނޑު ގޮތެއްގައި...
ޔުމްނާ ޢަލީ
އިސްލާމްއާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ފިޒިކްސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ފުރިހަމަކޮށް ރަން މެޑަލް ހޯދި ލައިބާ އިޢުޖާޒް ނަމަކަށް ކިޔާ ޒުވާން އަންހެން ދަރިވަރަކު، އެމެރިކާގެ ހާވަޑް ޔުނިވަރސިޓީން ޖާގައާއި ސްކޮލަރޝިޕް ހަމަޖެހުނު ކަމަށް ބުނެ އެޖެންޓަކު ދިން ލިޔުންތަކަކީ ވަގު ލިޔުންތަކެއްކަން އެނގުމުން ލިބުނު ފުން ހިތާމައިގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މަތީ ތަޢުލީމު ހޯދުމުގެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށް ބުނެ ހިންގި މި ބޮޑު މަކަރާއި ހީލަތުގެ ސަބަބުން އެ ޢާއިލާ ވަނީ […]
ނާޒިމާ އަލީ
ހދ. ފިނޭ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ޤުރްއާން މުބާރާތް 2026 ގައި ވާދަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން އަލް-މަސާރު އެކެޑެމިކް ސެންޓަރާ ގުޅިގެން ކުރިއަށްގެންދިޔަ ޚާއްޞަ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ފިނޭ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، މި މަހުގެ 7 އިން 9 ގެ ނިޔަލަށް ތިން ދުވަހުގެ މުއްދަތަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މުބާރާތުގައި ވާދަކުރާ ދަރިވަރުންގެ ޤުރްއާން ކިޔެވުމުގެ ހުނަރު އިތުރަށް ފުޅާކުރުމުގެ ބޭނުމުގައެވެ. މި ތަމްރީނުތަކުގެ މައިގަނޑު...
ފާތިމަތު ސަޙާ
އެމެރިކާގައި ޑީސަލްގެ އަގު އިންތިހާއަށް އުފުލިފައިވާ މައްސަލައިގައި ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ކުށްވެރިކުރައްވައި، އެ ގައުމަށް އައު ރައީސަކު ހޮވަން ވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، އެމެރިކާގެ ތެލުގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި ރަޝިޔާއިން ޑީސަލް ގަތުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާއެކު އެއްބަސްވުމެއް ހެއްދެވުމަށް ފަހުގައެވެ. ރިޕަބްލިކަން ޕާޓީގެ ސަޕޯޓަރުންގެ އެއްވުމެއްގައި ބައިވެރިވެވަޑައިގަތ...
ޙުސައިން ޝަހުދީ
މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް، އަވަސްކުރުމުގެ ގޮތުން “ސްމާޓް ޑްރޯ” ނަމަކަށް ކިޔާ ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއާއެއް ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މި ސޮފްޓްވެއާ ބޭނުންކުރަން ފަށާފައިވަނީ ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް އިތުރަށް މަތިކުރުމުގެ މަގުސަދުގައެވެ. މި ސޮފްޓްވެއާ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ. “ސްމާޓް ޑްރޯ” އަކީ އ...
ޔުމްނާ ޢަލީ
ކޮންމެ މީހަކު ކޮންމެފަދަ ހުށަހެޅުމެއް ހުށަހެޅި ނަމަވެސް، އަމިއްލަ ނަފްސަށާއި، ދައުލަތަށާއި، ދީނަށް ތެދުވެރިވެ، އިންޓެގްރިޓީ ހިފެހެއްޓުމުގައި ސާބިތުވެ ތިބުމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން ނަސޭހަތްތެރިވެވަޑައިގެންފިއެވެ . މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ކުރިއަށްގެންދިޔަ “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ” ގެ ތިންވަނަ ބެޗް ދަސްވެނިވުމަށް މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި...
ޔުމްނާ ޢަލީ
ސަރުކާރުގެ ވަޒީރުންނާ ސުވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ “އަހާ” ފޯރަމްގެ ނުވަވަނަ އެޕިސޯޑު މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައި ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައެވެ. ދެ ގަޑިއިރުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފޯރަމްގައި ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށް، ފޯރަމް ކުރިއަށްދާ ތަނަށް ހާޒިރުވެގެން ސުވާލުކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. މީގެއިތުރުން، ފޯރަމް ކުރިއަށ...
ޔުމްނާ ޢަލީ
ސަރުކާރުން ހއ. ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. މި ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ތަރައްޤީކުރި މި ވޮލީބޯޅަ ކޯޓުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ދިއްދޫ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، ތާރީޚަށް ބަލާއިރު ދިއްދޫއަކީ ފާހަގަކޮށްލެވޭ ފަދަ މޮޅެތި ވޮލީ ކ...
ފާތިމަތު ސަޙާ
ހއ. ބާރަށު ކަނޑޫފަލެއްގައި މަރުވެފައި ހުރި ގާތްގަނޑަކަށް 1،000 މަސް ނަގައި ރައްކާތެރިކަމާއެކު ވަޅުލައިފިއެވެ. މި މަސައްކަތަކީ ބާރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) އަދި އެ ރަށު ސިއްޙީ މަރުކަޒާއި އާންމު ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިއީ އެ ރަށުގެ އެންމެ ކަނޑޫފަލަކުން ނެގުނު އަދަދު ކަމަށާއި، އަދިވެސް އިތުރު ކަނޑޫފާތައް ސާފުނުކުރެވި އޮތް ކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ. މި މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ކައުންސިލ...
ފާތިމަތު ސަޙާ
އަންހެން ކުދިންނާއި ޒުވާން އަންހެނުން ބާރުވެރިކުރުވައި، އެ ކުދިންނަކީ މުސްތަގުބަލުގެ ލީޑަރުންނަށް ހެދުމަށްޓަކައި ސަރުކާރުން ފުރުސަތުތައް ފަހިކޮށްދީ ސިޔާސަތުތައް ކުރިއަރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންގެ ހައްގުތައް ކުރިއެރުވުމަށާއި ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ކުރަމުން...
ޔުމްނާ ޢަލީ