ފުރަތަމަ ފަހަރަށް ޕަރަ ގޭމްސްއަކުން ރާއްޖެއަށް މެޑަލްއެއް ހޯދައިދިން ކުޅުދުއްފުށީ ދަރިވަރު މުހައްމަދު ރިޒްހާން މިއަދު ކުޅުދުއްފުއްޓަށް އައުމުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ރިޒްހާން މިއަދު ކުޅުދުއްފުއްޓަށް އައިއިރު، މި ދަރިވަރަށް މަރުޙަބާ ކިޔުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި، ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ (ރޯޒޭ) އާއި ސިޓީ ކައުންސިލް މެމްބަރުންނާއި ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ ވެރިންނާއި ދަރިވަރުން އެއާޕޯޓަށް ގޮސްތިއްބެވެ. އެއާޕޯޓުން ރިޒްހާނަށް ހޫނުމަރުޙަބާއެއް ކިޔައި ހި...
ޔުމްނާ ޢަލީ
އޮސްޓްރޭލިޔާގެ ސިޑްނީގެ ބޮންޑީ ބީޗުގައި ދިން ނިރުބަވެރި ޙަމަލާ ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ. މި ލާއިންސާނީ ޙަމަލާގައި ބަޔަކު މަރުވެ، އެއްވެސް ކުށެއް ނެތް ގިނަ ބަޔަކަށް އަނިޔާ ލިބިފައިވާއިރު، މިފަދަ ޢަމަލުތަކަކީ ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫންކަމަށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ. ޚާރިޖީ ވުޒާރާގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހި ސަރުކާރުން ވަނީ މި ޙަމަލާގައި މަރުވި މީހުންގެ ޢާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަ...
ޔުމްނާ ޢަލީ
މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ހިންގަމުން އަންނަ ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ދެނެގަތުމާއި، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން މާލޭގައި ހުރި ތިން ސްޕާ/ސެލޫން ބަންދުކޮށް އަދި ބިދޭސީން ހިންގަމުން ދިޔަ ދެ ވިޔަފާރިއެއް ހުއްޓުވައިފިއެވެ. އިމިގްރޭޝަނުން ބުނިގޮތުގައި ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ރޭ ވަނީ މާލޭގައި ހިންގަމުން...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ބިޒްނަސް ޕްލޭނިންގ ސެޝަނެއް ރޭ ކުރިއަށް ގެންގޮސްފިއެވެ. ސިޓީ ކައުންސިލުން ބުނިގޮތުގައި މިއީ، އެ ކައުންސިލުން މިހާރު ހުޅުވާލާފައިވާ ”މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމް” އާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ބިޒްނަސް ޕްލޭނިންގ ސެޝަނެކެވެ. މި ސެޝަންގައި ވަނީ ޖުމްލަ 16 މީހުން ބައިވެރިވެ، ”މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމް”ގެ އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ޕްރެސެންޓޭޝަންގައި ހިމަނަންޖެހޭ ބައިތައް ފ...
ޔުމްނާ ޢަލީ
ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި، ގާތްގަނޑަކަށް 2.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނި ގޮތުގައި، ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި 3 ކިލޯގެ ކެނަބިސް މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ވަނީ އެ އިދާރާއިން އަތުލައިގެންފައެވެ. މިގޮތުން ހިފެހެއްޓި މަސްތުވާތަކެތީގެ މަގުމަތީ އަގު 2.4 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. މިތަކެތި އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައ...
ޔުމްނާ ޢަލީ
ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު، ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން، ޔޫރަޕުގެ އެންމެ ތާރީޚީ ކްލަބުތަކުގެ ތެރޭގައި ހިމެނޭ އެފް.ސީ ބާސެލޯނާ ގަތުމަށް 10 ބިލިއަން ޔޫރޯއާ ގާތްކުރާ ބޮޑު ހުށަހެޅުމެއް ހުށަހަޅުއްވަން ތައްޔާރުވެވަޑައިގަންނަވަމުން އަންނަކަމަށް ސްޕެއިނުގެ ފުޓްބޯޅަ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ސްޕެއިނުގެ ޝޯވ އެލް ޗިރިންގީޓޯ ގައި ވާހަކަ ދައްކަވަމުން ނޫސްވެރިޔާ ފްރާންސުއާ ގަލާޑޯ ވަނީ، ވަލީއަހުދު ބާސެލޯނާ ގަތުމަށް 10 ބިލިއަން ޔޫރޯއާ ގާތްކުރާ އަދަދެއްގެ ބިޑެއް ތައްޔާރުކުރައްވަމުން ގެންދަވާ ކަމ...
ނާޒިމާ އަލީ
އޮސްޓްރޭލިއާގެ ސިޑްނީގައި ޔަހޫދީންގެ ދީނީ ބޮޑު އީދެއްގެ ތެރޭގައި ދިން ބަޑިޖެހުމުގެ ހަމަލާއެއްގައި މަދުވެގެން 16 މީހުން މަރުވި ހާދިސާގައި، އިތުރު ބަޔެއްގެ ފުރާނަ ގެއްލުނަނުދީ، ފުރާނަ ސަލާމަތްކޮށްދިން ހިތްވަރުގަދަ އާންމު މީހަކަށް ދަނީ ވަރަށް ބޮޑަށް ތަޢުރީފު އޮހެމުންނެވެ. މި މީހާއަކީ ސިޑްނީގައި ދިރިއުޅޭ މުސްލިމެއް ކަމަށް އޮސްޓްރޭލިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި، މި ”ހީރޯ” އަކީ އެ ހާދިސާ ހިނގިއިރުނ ކާރު ޕާކެއްގެ […]
ނާޒިމާ އަލީ
އޮސްޓްރޭލިއާގެ ސިޑްނީގެ މަޝްހޫރު ބޮންޑީ ބީޗްގައި ބަޑިން ދިން ނުރައްކާތެރި ހަމަލާއެއްގައި މަރުވި މީހުންގެ ޢަދަދު 16 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ކަށަވަރުކޮށްދީފިއެވެ. މި ހަމަލާގައި ޒަޚަމްވި 40 މީހުން މިހާރުވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންނެވެ. އޮފިޝަލުން ބުނެފައިވާގޮތުގައި މަރުވި މީހުންގެ ތެރޭގައި ދެ ފުލުސް އޮފިސަރުންނާއި މަދުވެގެން އެއް ކުޑަކުއްޖަކު ހިމެނެއެވެ. މި ހަމަލާއަކީ “ޓެރަރިސްޓް” ހަމަލާއެއް ކަމަށް އޮސްޓްރޭލިއާ އިން ވަނީ ކަނޑައަޅާފައެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ ގަލޮޅުގައި އުޅޭ ރައްޔިތުންނާއި ހުޅުމާލެ ފޭސް ދެއެއްގައި އުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުން މި ހަފުތާގެ އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެކަމަށް ސަރުކާރުން ބުނެފިއެވެ. މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ދެ ބައްދަލުވުމެކެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު...
ޔުމްނާ ޢަލީ
ރާއްޖެ އަށް ފުރަތަމަ ފަހަރަށް ޕެރާ ގޭމްސްއަކުން މެޑަލްއެއް ލިބިއްޖެއެވެ. މި މެޑަލް ހޯދައިދީފައި ވަނީ ކުޅުދުއްފުށީ ސިޓީ އަށް ނިސްބަތްވާ، ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޕްޓަން މުޙައްމަދު ރިޒްހާން އެވެ. މޯލްޑިވްސް އޮޕިމްޕިކް ކޮމެޓީން ބުނިގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ދިވެހިރާއްޖެއިން ވަނީ ޕެރާ ގޭމްސްއެއްގައި ފުރަތަމަ ފަހަރަށް މެޑަލް ހޯދައިފައެވެ. މިއީ ކުރިމަގު ޖީލުތަކަށް ހަނދާންކުރެވޭނެ މުހިންމު ކާމިޔާބީއެއްކަން އޮލިމްޕިކް ކޮމެޓީން ފާހަގަކޮށްފަވެއެވެ. އޮލިމްޕިކް ކޮމެޓީން ބުނިގޮތުގައި ދުބާއީ 202...
ޔުމްނާ ޢަލީ
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން ރާއްޖޭގެ ސިއްހީ ދާއިރާއަށް 400،000 ޑޮލަރު (ގާތްގަނޑަކަށް 6.1 މިލިއަން ރުފިޔާ) ގެ ހިލޭ އެހީއެއް ހަދިޔާކޮށްފިއެވެ. މި އެހީ ދިނުމުގެ މަޤްޞަދަކީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޔުނިވަރސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ) ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވުމެވެ. ސިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެހީ ދެއްވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވަރސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ) ފޯރަމުގައި، ޑަބްލިއުއެޗްއޯގެ އެޗްއައިއައިޕީ ޕ...
ޔުމްނާ ޢަލީ
ހއ. ހޯރަފުށީގަައި ހުންނަ އަތޮޅު މަދަރުސާގެ ދަރިވަރުން ދަރިވަރުންނަށް ވޮލީ ކޭމްޕެއް ފަށައިފިއެވެ. މި ވޮލީ ކޭމްޕަކީ ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސަަައްކަތްކުރާ ކޮމެޓީގެ ފަރާތުން ހޯރަފުށީ ކައުންސިލްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ކޭމްޕެކެވެ. މި ކޭމްޕްގައި ދަރިވަރުން ތަމްރީނުކުރުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ ސްރީލަންކާގެ ވޮލީ ލެޖެންޑެއްކަމަށްވާ ކަލިކާ ވަސަންތަޕުރިއާ އެވެ. ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސަަައްކަތްކުރާ ކޮމެޓީން އަންނަނީ އަތޮޅު މަދަރުސާގެ ދަރިވަރުންގެ ކުރިއެރުމަށް...
ޔުމްނާ ޢަލީ
ރައީސް ޑ. މުހައްމަދު މުޢިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރަށްވައްވަން ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި ބައްދަލުކުރެއްވުން އޮންނާނީ ޑިސެންބަރު 17 ވާ ބުދަ ދުވަހުގެރޭ، މާލޭ ސޯޝަލް ސެންޓަރުގައި ކަމަށެވެ. މި ބައްދަލުކުރެއްވުމަކީ، ރައީސް މުޢިއްޒު ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައި، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވައި، އަދި ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށްޓ...
ޔުމްނާ ޢަލީ
އިންޑިއާގެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހު ބޭއްވި ‘ލިއޮނަލް މެސީ ގޯޓް އިންޑިއާ ޓުއަރ 2025’ އިވެންޓަށް ފަހު ހިނގި ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެން، އެ އިވެންޓްގެ އިންތިޒާމްކުރި ސަތަދްރު ދައްތާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އިވެންޓްގެ އިންތިޒާމްތައް ދެރަކަމަށް ބުނެ އާންމުންގެ ރުޅިވެރިކަން ވަރަށް ބޮޑަށް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. މި އިވެންޓް ނިމުމާއެކު ހަމަނުޖެހުންތައް ހިނގިތާ ގަޑިއިރުތަކެއް ފަހުން، ކަލްކަތާ ފުލުހުން ވަނީ ދައްތާ އެ...
ނާޒިމާ އަލީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބިޒްނަސް ސެންޓަރެއް އެޅުމަށް ކުޅުދުއްފުށީ ސިޓީން ބިމެއް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބީއެމްއެލް އާއި ދެމެދު މިއަދު ސޮއިކޮށްފައިވާއިރު، ސިޓީ ކައުންސިލުން ބުނިގޮތުގައި މި ބިން ބީއެމްއެލްއަށް ކުއްޔަށް ދޫކޮށްފައި ވަނީ 10 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. ކުޅުދުއްފުށީ ސިޓީގެ ބަނޑާރަހިޔާ ސަރަހައްދުން ދޫކުރި މި ބިމުގެ ބޮޑު މިނަކީ 1000 އަކަފޫޓެވެ. މި ބިމުގެ ކުއްޔަކީ މަހަކަށް 5000 ރުފިޔާއެވ...
ޔުމްނާ ޢަލީ
ހއ.އަތޮޅުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން، އެ އަތޮޅު ކެލާގައި ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ. މިއާއެކު، ކެލާ ވެގެންދިޔައީ ހއ.އަތޮޅުގައި މި ޚިދުމަތް ލިބޭ ތިންވަނަ ރަށަށެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކެލާގައި ޑިސެންބަރުމަހުގެ 13 ވަނަ ދުވަހު މި ޚިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގަ...
ޔުމްނާ ޢަލީ
މިއަދުން ފެށިގެން، މިފްކޯއިން މަސް ގަންނާނީ 1 ކިލޯ ނުވަތަ އެއަށްވުރެ ބަރު މަހަށް އެންމެ މަތީ އަގު ދޭގޮތަށްކަމަށާއި އަދި އެ ކުންފުނިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށްކަމަށް ރައީސް މުހައްމަދު މުޢިއްޒު ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ދުވާފަރުގައި ބޭއްވެވި، ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މިޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މަސްވ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ” ޕްލީޒް. ވާހަކަ ދައްކަބަލަ! ހުސެންއާ ދިމާވޭތޯ އަހަރެން ހާދަ އިންތިޒާރެއް ކުރީމޭ.” އަހަރެން ބުނީމެވެ. ދެން ވެސް އޭނާ އެއްވެސް އެއްޗެއް ނުބުންޏެވެ. އިރުކޮޅަކު މަޑުކޮއްލުމަށްފަހު އަހަރެން ހުސެންއާ ކުޑަކޮށް ގާތަށް ޖެހިލީމެވެ. އެއާއެކު ހުސެން އަހަންނާ ދިމާލަށް ބަލައިލިއެވެ. ” ޕްލީޒް. ކޮންމެވެސް އެއްޗެއް ބުނެބަލަ! ” އަހަރެން އަނެއްކާ ވެސް ބުނީމެވެ. އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުސެންއަށް ހުރެވުނީ ދެ ތިން ސިކުންތަށެވެ. އޭނާ އަވަސް އަވަހަށް ދުރަށް […]
ސަލާމާ ޢަބްދުލް ޢަލީމް