ޕެޑްރޯ ނެޓޯ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 0-2 އިން އެވަޓަން ބަލިކޮށް، ޗެލްސީން މި ސީޒަނުގެ ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި ހޯދި ފުރަތަމަ މޮޅު ރޭ ހޯދައިފިއެވެ. ހިލް ޑިކިންސަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުން އެވަޓަން މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވި ނަމަވެސް، ޗެލްސީގެ ކާމިޔާބީއަށް ހިޔަނިއެޅުނީ އެ ޓީމުގެ ގޯލްކީޕަރު އެމީ މާޓިނޭޒްގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ހޮސްޕިޓަލަށް ގެންދަން ޖެހުމުންނެވެ. ހޮނިހިރު ދުވަހު ކުޅުނު މި މެޗުގެ […]
އަޙްމަދު ވަހީދު
ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ “ތްރީ ޖެނެރޭޝަން ވޯކް” (3ޖެން ވޯކް) ގެ ހަތަރުވަނަ ހިނގާލުމާއި އާއިލީ ހަވީރު ހދ. ހަނިމާދޫގައި ބާއްވައިފިއެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ދޮށީއުމުރުގެ މީހުން ހިމެނޭހެން، ތިން ޖީލެއްގެ މީހުން ބައިވެރިކޮށް މުޅި އާއިލާއަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގެ އެންމެ ޚާއްޞަ އަދި މުހިންމު އެއް ބަޔަކީ، އެއް އާއިލާއެއްގެ ތިން ޖީލުގެ މެންބަރުން އެކުއެކީގައި ކުރިއަށްގެންދިޔަ އެއް ކިލޯމީޓަރުގެ ރަމްޒީ ހިނގާލުމެވެ. މި […]
ޔުމްނާ ޢަލީ
އާބާދީގެ 96 އިންސައްތަ މުސްލިމުން ހިއްސާކުރާ އަޒަރުބައިޖާނުގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނާއި މުދައްރިސުން ބުރުގާ އެޅުން މަނާކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެން ވަރުގަދަ އިހުތިޖާޖުތަކެއް ފެށިއްޖެ އެވެ. މިދިޔަ މަހު ފާސްކުރި އިސްލާހުގައި މުސްލިމް އަންހެނުން އަޅާ ބުރުގާގެ ނަން ސީދާ ބަޔާންކޮށްފައި ނުވި ނަމަވެސް، ސްކޫލުތަކުގައި މަނާކޮށްފައިވަނީ ގައުމުގެ “ސެކިއުލާ އުސޫލުތަކާ” ހިލާފުވާ ހެދުންތައް ކަމަށް ސަރުކާރުން ބުނެ އެވެ. މި ނިންމުމާ ގުޅިގެން ބައެއް ސްކޫލުތަކުން މިހާރު ވަނީ ބުރުގާ...
ނާޒިމާ އަލީ
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲ ކައިރީގައި އޮންނަ އަވަށެއްގައި ޒައިތޫނި ބިނުމުގެ މަސައްކަތް ކުރަމުންދިޔަ ފަލަސްތީނުގެ ދަނޑުވެރިންނަށް އެހީތެރިވުމަށް ދިޔަ ވިލާތުގެ އިއްތިހާދުގެ ގައުމުތަކުގެ ޑިޕްލޮމެޓުންގެ ވަފުދަކަށް، މޫނު ނިވާކޮށްގެން ތިބި އިސްރާއީލުގެ ވަޒަންވެރިންތަކެއް ހަމަލާދީ ބައެއް ބޭފުޅުން ޒަޚަމްކޮށްލައިފިއެވެ. މި ހަމަލާ އަމާޒުވެފައިވަނީ ފަރަންސޭސިވިލާތާއި، ބެލްޖިއަމް އަދި ޕޮލެންޑުގެ ޑިޕްލޮމެޓުންނަށެވެ. މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ކޮންމެ އެއް...
ނާޒިމާ އަލީ
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަންގައި ޑިއުޓީ އަދާކުރަނިކޮށް ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފިއެވެ. ވަޒީރު ޢަލީ އިޙްސާން އޭޑީކޭ ހޮސްޕިޓަލަށް ކުރެއްވި މި ޒިޔާރަތުގައި، އަނިޔާވި ފުލުސް އޮފިސަރާ ބައްދަލުކުރައްވައި އޭނާއަށް ވަނީ ހިތްވަރު ދެއްވާފައެވެ. މި ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސ...
ޔުމްނާ ޢަލީ
އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިއާ ބައިވެރިވުމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. މި މައްސަލަ ކުރިމަތިވީ އެ މުބާރާތް އޮންނަ މުއްދަތުގެ ތެރޭގައި އިންޑިއާގެ ސީނިއާ ޤައުމީ ޓީމު ނިއުޒީލެންޑަށް ދަތުރުކުރުމަށް ރާވަމުންދާތީ، މެޗުތަކުގެ ތާވަލު ފުށުއަރައި ކުޅުންތެރިން ހޯދުމުގައި އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ގޮންޖެހުންތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ. ބަންގްލަދޭޝްގެ ޑާކާގައި ނޮވެމ...
އަޙްމަދު ވަހީދު
މަޖީދީމަގުގައި ހުންނަ “އަތަމާ ޕެލެސް” ގެ ތިރީގައި ހިންގަމުން އަންނަ ރެސްޓޯރެންޓެއްގެ ބަދިގޭގައި ހުރި ގޭސްފުޅިއެއްގައި މިއަދު ހަވީރު އަލިފާން ރޯވެ ހިނގި ނުރައްކާތެރި ހާދިސާ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލައިފިއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އެ ރެސްޓޯރެންޓުގެ ބަދިގޭގެ ތެރޭގައި ކައްކަން ބޭނުންކުރަމުން އައި ގޭސްފުޅިއެއްގައި އަލިފާން ހިފުމުގެ ސަބަބުންނެވެ. ބަދިގޭގައި ބޭނުންކުރަމުންދިޔަ މި ގޭސްފުޅީގައި އަލިފާން ރޯވި ނަމަވެސް، ހާދި...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުމުގެ ހަރަކާތެއް ކުރިއަށްދާތީ، އެ ސަރަހައްދަށް އެއްވެސް ފަރާތަކުން އެއްނުވުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ. ހޮސްޕިޓަލުން އާންމުކުރި ސަމާލުކަމުގެ މެސެޖެއްގައި ބުނީ، އެ ހޮސްޕިޓަލުގައި މިވަގުތު ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުމުގެ ހަރަކާތެއް (އިމަޖެންސީ އެކްސަސައިޒް) ކުރިއަށްދާ ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަމުގެ ވާނުވާ ބެއްލެވުމަށް ނުވަތަ...
ޔުމްނާ ޢަލީ
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ށ. ފުނަދޫ ކެމްޕަހާއި ދަރިވަރުންގެ ދަނާލު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ށ. ފުނަދޫގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އައިޔޫއެމްގެ އިސްވެރިންގެ ތެރެއިން ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުގެ އިތުރުން ޑެޕިއުޓީ ވައިސް ޗާންސެލަރ އަޙްމަދު އަމީން މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ށ. ފ...
ޔުމްނާ ޢަލީ
ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) އުތީމަށާއި ބޮޑުތިލަދުންމައްޗަށް ހޯދައިދިން ޝަރަފްގެ އަގުވަޒަންކޮށް އޭނާ އަށް ހިތްވަރު ދިނުމަށް ހާއްސަ ހަފްލާއެއް ރޭ އައިހަމްގެ އުފަން ރަށް ހއ. އުތީމުގައި ބާއްވައިފިއެވެ. ޚާއްސަ ޖާފަތަކާއެކު ކުރިއަށް ދިޔަ މި ހަފްލާއަކީ އުތީމު ކައުންސިލާއި، އުތީމުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ގުޅިގެން، އުތީމ...
ޔުމްނާ ޢަލީ
ރާއްޖޭގެ އިސްލާމީ ކަންކަމަށް މާލީ ގޮތުން އަމިއްލަ ފުދުންތެރިކަން ހޯދުމުގެ ތާރީޚީ ތަޞައްވުރުގެ ދަށުން، 2028 ވަނަ އަހަރުގެ ނިޔަލަށް ވަޤުފްގެ އަށް މަޝްރޫޢެއް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މި އަމާޒަށް ވާސިލުވެވުމުން 2029 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގެ އިސްލާމީ ކަންކަމަށް މާލީ މިނިވަންކަން ލިބިގެންދާނެއެވެ. ވަޒީރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްޓްރެޓީޖިކް ވަޤުފް އިންވެސްޓްމަނ...
ޔުމްނާ ޢަލީ
އެކްސެލެރޭޓިންގ ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 13 ރަށެއްގައި އާންމުންގެ ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ. މި މަޝްވަރާތައް ކުރިއަށްގެންދަނީ މި މަޝްރޫޢުގެ 15 މެގަވޮޓްގެ ސޯލާ ޕެކޭޖުގެ ތެރެއިންނެވެ. މި ޕެކޭޖުގެ ދަށުން ސޯލާ ހަކަތަ އުފެއްދުމުގެ އިތުރުން، އެ ރަށްރަށުގެ ކަރަންޓު ވިއުގަ ފުޅާކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. އަދި އޭގެ އިތުރުން، ހަކަތަ ރައްކާކުރުމަށް ބޭނުންވާ ބެޓެރި އެނާޖީ...
ޔުމްނާ ޢަލީ
ސިނާމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަން ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެއްސީ، ފުލުހުން ބިރުގަންނަވައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ކަމަށާއި، އެފަދަ ކަންކަމުން ފުލުހުން ފަހަތަށް ނުޖެހޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިއަދު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 04:29 އެހައިކަންހ...
ޔުމްނާ ޢަލީ
ހޮރްމުޒް ކަނޑުއޮޅި އެއްކޮށް ބަންދުކޮށްފައިވާ ކަމަށާއި، ހުއްދަނެތި އެ ސަރަހައްދަށް ވަންނަން މަސައްކަތްކުރާ ކަނޑު އުޅަނދުފަހަރަށް ހަމަލާދީ އަންދާލާނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ. އީރާނުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، ކަނޑައެޅިފައިވާ މަނާ ސަރަހައްދުތަކުން ދަތުރުކުރަން އުޅޭ އަދި އީރާނުގެ އެންގުންތަކާ ހިލާފުވާ އުޅަނދުފަހަރަކީ އަސްކަރީ ގޮތުން ހަމަލާދީ ނައްތާލެވޭނެ އަމާޒުތަކެކެވެ. އީރާނުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް ފޯ ކޯޑިނޭޝަން ހަބީބުއްލާ ސައްޔާރީ ބުރާސްފަތި ދުވަހު އަސް...
ނާޒިމާ އަލީ
ސިނަމާލެ ބްރިޖް ހައިވޭގައި ޑިއުޓީ އަދާކުރަން ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ޖެހި، އެ ފުލުސް އޮފިސަރަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ފަތިހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ފަތިހު 04:29 ހާއިރު ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ މާލެއިން ހުޅުމާލެއަށް ދަތުރުކުރި ސައިކަލެއް ބާރު ސްޕީޑުގައި ދިއުމުގެ ސަބަބުން ކޮންޓްރޯލް […]
ޔުމްނާ ޢަލީ
“އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު”ގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުޞަތުގައި ލިބުނު ހުށަހެޅުންތަކުގެ ތެރެއިން އާންމުންނަށް އެންމެ ކަމުދާ ލޯގޯއެއް ހޮވުމަށް ވޯޓުލާން ހުޅުވާލައިފިއެވެ. މި މަޝްރޫޢުގެ އެއްވަނައަށް ހޮވޭ ލޯގޯ ފަރުމާކުރި ފަރާތަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢުގައި ބޭނުންކުރާނެ ރަސްމީ ލޯގޯއެއް ފަރުމާކުރުމުގެ ފުރުޞަތު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ މަހުގެ 14 ގައެވެ. އަދި އެ މުއްދަތު މިދިޔަ މަހުގެ 24 […]
ޔުމްނާ ޢަލީ
ކޮލަމްބިއާގެ އެމްބަސީ ޤުދްސުގައި ހުޅުވުމަށް އެ ޤައުމުން ނިންމި ނިންމުމަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ޚިލާފު، އަދި ދެ ދައުލަތުގެ ޙައްލު ހޯދުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އެޅުނު ހުރަހެއް ކަމަށް ބުނެ، ސައޫދީ އަރަބިއްޔާ އާއި އަރަބި އަދި އިސްލާމީ 18 ޤައުމެއްގެ ޚާރިޖީ ވަޒީރުން އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފިއެވެ. ހުކުރު ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި އެ ވަޒީރުން ވަނީ ކޮލަމްބިއާގެ މި ނިންމުމާ އެއްވެސް ޝަރުތެއް ނެތި […]
ނާޒިމާ އަލީ
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއަށް ބޮޑު އިސްކަމެއް ދީގެން، ގައުމުން ބޭރުކުރުން ކޮންޓްރޯލްކުރާ މުހިންމު 40 ޓެކްނޮލޮޖީއެއްގެ ލިސްޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ޗައިނާ ސަރުކާރުން ހުށަހަޅައިފި އެވެ. މި ބަދަލުތައް ހުށަހަޅާފައި ވަނީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް (މޮފްކޮމް) އަދި މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީންނެވެ. އެކުލަވާލާފައިވާ އައު އިސްލާހުތަކުގައި ހިމެނޭ 40 ޓެކްނޮލޮޖީގެ ތެރެއިން 23 ޓެކްނޮލޮޖީއަކީ ސީދާ އޭއައިއާ ގުޅުންހުރި ކަންކަމެވެ. މީގެ ތެރޭގައި ލާޖް ލެންގުއޭޖް...
ނާޒިމާ އަލީ