ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިމަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފަައިވާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެގޮތުން 18 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަޓީމް ގަތަރުގައި ކޭމްޕް ކޮށްފިއެވެ. ދިވެހި ޓީމްގެ ފަރިތަކުރުންތައް މިހާރު ފަށާފައި ވާއިރު މި ފަރިތަކުރުންތައް ކުރިއަށް ދަނީ ގަތަރުގެ ވެރިރަށް ދޯހާގެ ގަތަރު ޔުނިވަސިޓީ ސްޓޭޑިއަމްގައެވެ. މި ޓްރޭނިން ކޭމްޕްގައި ބައިވެރިވުމަށްޓަކައި ދިވެހި ޓީމް ގަތަރަށް ފުރާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި […]
އަޙްމަދު އަސްފާން
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ދިރާގު ޔޫތު ލީގު 2019 ނަމުގައި ކުރިއަަށްދާ ފުޓުބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުން މިއަދު ހަވީރު ފަށައިފިއެވެ. 12 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުން މިއަދު ފެށީ މާޒިޔާ ފުޓްބޯލް އެކެޑަމީ އަދި ބީޖީ ސްޕޯޓްސް ކްލަބް އެކެޑެމީ ބައްދަލުކުރި މެޗްއިންނެވެ. މިމެޗް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާ ފުޓްބޯލް އެކެޑެމީއެވެ. މި އުމުރުފުރާގައި މިއަދު ކުޅުނު ދެވަނަ މެޗްގައި […]
އަޙްމަދު އަސްފާން
ރާއްޖެއަށް ބޮކްސްސިން ތަޢާރަފް ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މަޚުލޫފް މިހެން ވިދާޅުވީ ފިލިޕީންސްއިން ރާއްޖެއަށް ކަނޑުއަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ވިސެންޓެ ވިވެންސިއޯ އާއި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. ޔޫތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓްގައި މިނިސްޓަރ މަޚުލޫފް ވިދާޅުވީ ޕްރޮފެޝަނަލް ބޮކްސިން ކުޅުންތެރިޔާ މަނީ މަކިޔާއޮގެ އެހީ...
ޔުމްނާ ޢަލީ
ރައީސް ސޯލިހު އަކީ “ބޭވަފާތެރިއެއް” ކަމަށާއި، ރައީސް ސޯލިހު ބޭވަފާތެރިވީ ހަމައެކަނި އޭނާއަށް އެކަނި ނޫންކަމަ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ލަތީފް ވިދާޅުވެއްޖެ އެވެ. ޕީޕީއެމް/ޕީޕީއެންސީއިން އިންތިޒާމްކޮށްގެން ކާނިވާ ސަރަހައްދުގައި މިރޭ ކުރިއަށްދާ “ދަވާލައިފި” ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއް ލަޠީފު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެރިކަމެއް ނުކުރެވޭ ކަމަށާއި ރައްޔިތުންނަށް ދިން އުއްމީދު ފެއިލްވެފައިވާ ކަމަށެވެ. ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅު...
ޔުމްނާ ޢަލީ
ހއ. އަތޮޅި ހޮސްޕިޓަލުގެ ފުރާޅު ޓިނު ބަދަލުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ. އެ ހޮސްޕިޓަލުން ސަރުކާރުގެ ގެޒެޓްގައި ކުރި އިއުލާނުގައި ވާގޮތުން އެ ފަރާތުންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހޮސްޕިޓަލުގެ ބާ އިމާރާތުގެ ޓިނު ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު ކުރި އިއުލާނަށް ތިން ފަރާތުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ، އެ އިއުލާން ބާތިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރާ ކަމަށެވެ. ވީމާ […]
އަފްރާހް އަބްދުލް ރަޝީދު
އެމްޑީޕީއަކަށް ފުރަ މާލޭގައި ދެން ޖަލްސާއެއް ބާއްވާހާ ހިތްވަރެއް ނެތްކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިދިކޮޅުން ބޭއްވި ރެލީ ސަރުކާރުހިންގާ މަައިޕާޓީ އެމްޑީޕީއަށް ހަޖަމެއް ނުވިކަމަށާއި އެޕާޓީއަށް ކުރާނީ “ހަމަ އަސަރެއް” ކަމަށް ވިދާޅުވެފައިވެއެވެ. Mirey ge Rally MDP ah Hajameh nuvi.Hama Asareh kuraanee.MDP akah Fura Male’ ga dhen Jalsa Eh baahvaahaa […]
ޔުމްނާ ޢަލީ
ޔޫރަޕްގެ ފުޓުބޯޅައިގެ މައި އިދާރާ (ޔޫ.އީ.އެފް.އޭ) ގެ އެހީތެރިކަމާއިއެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމް ކޮށް ހަމައެކަނި އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން މާލޭގައި ބޭސިކް ފުޓްބޯލް ކޯޗިން ކޯހެއް އިއްޔެ ފަށައިފިއެވެެ. އެއްވެސް ފީއަކާއި ނުލާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި މިކޯހުގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރި ވަނީ އޭ.އެފް.ސީ،ޔޫ.އީ.އެފް.އޭ އަދި ފީފާ ގެ ތަޖުރިބާކާރު އިންސްޓްރަކްޓަރ އަދި ނެދަލެންޑްސްގެ ކުރީގެ ކުޅުންތެރިއާ މިސް ހެސްޓަރިން ޑި ރޫސްއެވެ. ޖުމ...
އަޙްމަދު އަސްފާން
އަޅުގަނޑުމެން ކުރާ ހުރިހާ އަޅުކަމެއް ކުރަނީ ﷲ ތަޢާލާއަށްޓަކައެވެ. އެކަލާނގެއީ ރޭދުވާ ތަކުރާރުވުން ލެއްވި ރަސްކަލާނގެއެވެ. އެކަލާނގެއަށް ޝުކުރުވެރިވުމުގެ ގޮތުން އަޅުކަން ކުރާ ބަޔަކުކަމުގައި އަޅުގަނޑުމެންވަމެވެ. އަހަރުތަކާ މައްސަރުތަކާ ހަފުތާތަކާ ދުވަސްތައް އެކަލާނގެ ލެއްވެވިއެވެ. އަދި ހަފުތާގެ ދުވަސްތަކުގެ ތެރެއިން އެންމެ ހެއު ދުވަހެއްގެ ގޮތުގައި ހުކުރުދުވަސް ލެއްވެވިއެވެ. ތަފާތު ޤައުމުތަކުގެ މީހުން އެބައިމީހުންގެ ހަފުތާ ބަންދުދުވަސްތައް ފާހަގަ ކުރެއެވެ. ބަންދުދުވަސް ލިބުމުން އެބައިމީހުން އުފާކުރ...
Thiladhun
ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރެވޭނެ އެންމެ މުހިއްމު ކަމަކީ، ހިކުމަތްތެރި، މުރާލި ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރުންކަމަށާއި އެފަދަ ބަޔަކު އުފެއްދޭނީ އެ ސިފަތައް ހުރި ޓީޗަރުންނަށް އޮންނަ ހުރުމަތް މަތިކޮށް މޮޅު ދަރިވަރުން ޓީޗަރުންނަށް ވާން އިނާޔާތް ދީ އަބުރުވެރިކަމާއެކު އުޅެވޭނެ އާމްދަނީއެއް ދީގެން ކަމަށް ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. މިިދިޔަ އަހަރު އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން، ގައުމީ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން...
އިބްރާހިމް އަސްވާޤް
ސަރުކާރުގެ މުޅި މިސްރާބު އަމާޒު ކޮށްފައި ހުރީ، ރާއްޖެއަށް ބޭނުންވާ މަތީ ފެންވަރުގެ އިންސާނީ ވަސީލަތްތައް ޤާއިމުކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިދިޔަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިޔުން ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅުދައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކި މަރ...
ޔުމްނާ ޢަލީ
2018 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގައި ހިސާބު މާއްދާއިން މުޅި ދުނިޔެ އިން އެއް ވަނަ ހއ އުލިގަމު ސްކޫލްގެ ޒަޔާން ސައުދުﷲ ހޯދައިފި އެވެ. ޒަޔާންއަށް އެވޯޑުއާއި ހަނދާނީ ލިޔުން އަދި އިނާމް ހަވާލު ކޮށްދެއްވީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. ރޭގެ ހަފަލާގައި މާލޭ ސުކޫލެއް ފިޔަވާ އަތޮޅުތެރޭ ސުކޫލެއްގެ ދަރިވަރަކަށް ދުނިޔެއިން އެއްވަނަ ލިބިފައިވަނީ ހަމަ އެކަނި ޒަޔާން އަށެވެ. ސާނަވީ އިމްތިހާންގައި ބައިވެރިވެ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު […]
ޔުމްނާ ޢަލީ
Thiladhun
ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ހއ.ބާރަށު ރީނާ ހައުސް، ރާސިހް މުހައްމަދަށް އެހީ ހޯދުމަށް ބޭއްވި އިވެންޓުތަކުން ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. ބާރަށު އެލަޔަންސް ސްޕޯޓްސް ކްލަބުން އިސްނަގައިގެން ބާރަށާއި މާލޭގައި ކުރިޔަށް ގެންދިޔަ މި އިވެންޓުތަކުގައި ޖުމްލަ 66,400 ރުފިޔާ ލިބިފައިވާކަމަށް އެލަޔަންސް ސްޕޯޓްސް ކްލަބުން ވަނީ މަޢުލޫމާތު ދީފައެވެ. ރާސިހްގެ އާއިލާގެ ފަރާތުން ފައިސާއާއި ހަވާލުވެފައިވަނީ އޭނާގެ ބޭބެ، ހަސަން ރަޝީދެވެ. މި އިވެންޓުގެ ތެރޭގައި ސައިކަލު ފުހުން ފަދަ ކުދި […]
Thiladhun
މޫޑީސް އިންވެސްޓާސް ސާވިސަސް އިން ރާއްޖެ އަށް ދީފައިވާ “ބީ ނެގެޓިވް” ކްރެޑިޓް ރޭޓިން މި އަހަރު ވެސް ދަމަހައްޓައިފި އެވެ. މޫޑީސް މިދިޔަ މަހުގެ 26 ވަނަ ދުވަހު ނެރުނު ރާއްޖޭގެ މި އަހަރުގެ ކްރެޑިޓް އެނެލިސިސްގައި ބުނި ގޮތުގައި، ރާއްޖެ އަށް މިދިޔަ އަހަރު ދިން “ބީ ނެގެޓިވް” ރޭޓިން މި އަހަރު ވެސް ދަމަހައްޓާފައި ވަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރަމުން އަންނަ ހަލުއި މިނާ އެކު، އެ ކަމުގެ ސަބަބުން ރާއްޖޭގެ […]
Thiladhun
ހދ. ނޮޅިވަރަމުން އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކާގުޅޭ މަގުމަގާއި ގޯޅިތަކުގެ އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. ނޮޅިވަރަމު ކައުންސިލުން ކުރި އިއުލާނުގައި ވާގޮތުން އެރަށުން އަލަށް ދޫކުރަން ނިންމާފައިވާ ގޯތިތަކާގުޅޭ މަގުމަގާއި ގޯޅިތަކުގެ އީއައިއޭ ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް ކައުންސިލަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް ފަހު މިމަހުގެ 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީ ހިސ...
އަފްރާހް އަބްދުލް ރަޝީދު
ހދ. ކުމުންދޫ އާއި އެ އަތޮޅު ވައިކަރަދުގައި ބަހައްޓާ އާރުއޯ ފެން ޕްލާންޓުތައް އެ ދެ ރަށަށް ގެންގޮސްފިއެވެ. މި ދެ ރަށުގައި އާރުއޯ ފެން ޕްލާންޓު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ކުރީ ކޮޅުގައެވެ. އޯޕިޑްގެ ލޯނު އެހީ އާއި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ބަހައްޓާ މި ފެން ޕްލާންޓުތަކުގެ އިތުރުން ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި އިސްކުރު ބަރިން އާންމުންނަށް ފެން ދޫކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. […]
އަފްރާހް އަބްދުލް ރަޝީދު
ސަގާފީ ތަރިކައިގެ ބިލާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ސަޤާފީ ތަރިކައިގެ ބިލަކީ މިއަހަރުގެ އޯގަސްޓްމަހުގެ 28 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. ސަޤާފީ ތަރިކައިގެ ބިލަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައ...
އިބްރާހިމް އަސްވާޤް
އަރިއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ޓީމު އިއްޔެ ށ. އަތޮޅު ކައުންސިލަށް ޒިޔާރަތްކޮށް އަތޮޅު ކައުންސިލަރުންނާއި، އިދާރީ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. ތަޖުރިބާ ދަތުރެއްގައި ކުރި މި ޒިޔާރަތުގައި އަތޮޅު ކައުންސިލާ ބައްދަލުކޮށް ކައުންސިލުން ހިންގާ ޕްރޮގްރާމުތައް ކުރިޔަށްގެންދާ ގޮތާއި، ކައުންސިލުން ހިންގާ ވިޔަފާރިތަކުގެ މަޢުލޫމާތާއި، އިދާރީ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތުގެ މަޢުލޫމާތު ސާފުކުރެއްވިއެވެ. އޭގެ އިތުރުން ޓީމުގެ މެންބަރުން ކައުންސިލް އިދާރާގެ އެ މުވައްޒަފެއްގެ މަސައްކަތާ...
ޔުމްނާ ޢަލީ