ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުންވި ގޭގެއިން މީހުން ހުސްކޮށްފައިވަނިކޮށް ގެޔަށް ވަގުން ވަދެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ. ފުލުހުން ވިދާޅުވީ ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅުނުވަގުތު ގޭގެއިން މީހުން ހުސްކޮށްފައިވަނިކޮށް، އެ ސަރަހައްދުގައި ހުރި ގެއެއްގެ ދެ ފަންގިފިލާއަކުން ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުން މީހުން ހުސްކޮށްފައިވާ ގެއެއްގެ ހަތްވަނަ […]
އަފްރާހް އަބްދުލް ރަޝީދު
7 އަހަރު ކުރިން
ރޭ މާލޭގެ ގުދަންތަކެއްގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާގައި ރޭ މަރުވި ތ. ބުރުނީ، ފެންފިޔާޒުގޭ، އައިޝަތު ޝައުނާ މިއަދު ވަޅުލައިފި އެވެ. ހ. ރަދުވާނިއާގޭގައި ދިރިއުޅުނު އުމުރުން 46 އަހަރުގެ ޝައުނާ މަރުވީ އަލިފާން ރޯވެ އެ ގޭގެ ދޮރު ތާށިވެ ނުނިކުމެވިގެން ކަމަށް ވެއެވެ. އެވަގުތު އޭނާ އެހީ އަށް އެދި އާއިލާގެ މެމްބަރަކަށް ގުޅި ނަމަވެސް ފަޔަ އެންޑް ރެސްކިއު ޓީމަށް ފެނުނުއިރު އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް އަނދައިފަ އެވެ. އޭނާގެ ކަށުނަމާދު އޮތީ، މެންދުރު […]
އަފްރާހް އަބްދުލް ރަޝީދު
7 އަހަރު ކުރިން
އިތުރަށް ތޮއްޖެއްސުމަކުން މާލޭގެ ތޮއްޖެހުން ހައްލެއް ނުވާނެކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ. ފުރަތަމަ ވިލިންގިލި، ދެން ހުޅުމާލެ، ދެން އައީ ގުޅީ ފަޅު، އަނެއްކާ އައީ ހުޅުމާލެ 2، އޭގެ ފަހުން މާލެ ހުޅުމާލެ ބުރިޖު. މީން އެއްވެސް ކަމަކުން ހައްލު ނުލިބުނީމަ އަނެއްކާވެސް އިވެމުން މިދަނީ އިތުރު 3 ބުރިޖުގެ ވާހަކަ. އިތުރަށް ތޮއްޖެއްސުމަކުން މާލެގެ ތޮއްޖެހުން ހައްލެއް ނުވާނެ. ރޭކުރެއްވި ޓުވީޓެއްގައި އަލީ ހުސައިން ބުނެފައިވެއެވެ. ވެރިކަންކުރާ މާލެ ތަރައްގީކޮށް ހުރިހާ […]
ޔުމްނާ ޢަލީ
7 އަހަރު ކުރިން
“ބްރިޖްގައި އެކްސިޑެންޓްވެ އެތައް އަނިޔާވުމުން ހެލްމެޓް މަޖްބޫރު ކުރި. ލޯންޗްގެ ހާދިސާގައި އެއްފަހަރާ އެތައް ބަޔަކު މަރުވުމުން ލައިފް ޖެކެޓް މަޖްބޫރު ކުރުން، އަލިފާނުގެ ހިތާމަވެރި ހާދިސާއެއް ހިނގާ އެތައް ގެއްލުންތަކެއް ވީމަ ގުދަންތައް ގުޅީފަޅަށް ބަދަލުކުރަންވީ.” މިއީ ސޯޝަލް މީޑިއާގައި މީހަކު ލިޔެފައިވާ ވާހަކައެކެވެ. އޭނާ ބުނެފައިވަނީ ކަމެއްވީމަ ނޫނީ ކަންކަން ހައްލު ކުރަން ނޫޅޭ ވާހަކައެވެ. ކޮންމެ ކަމެއްގަ ވެސް ކާރިސާ އެއް ދިމާވީމަ ނޫނީ ހައްލު ކުރަން ތިބޭ ތިބުން ނިމުމަކަށް އައްނަން […]
ރަފާ މުހައްމަދު
7 އަހަރު ކުރިން
ހދ. ކުޅުދުއްފުށީގެ މަގުތައް ދެން ހެދެންވާނީ ފަޔަރ ހައިޑްރަންޓް ނެޓްވަރކެއް ނުވަތަ އަލިފާން ނިއްވުމަށް ބޭނުންވާ ފެން ލިބޭނެ ނިޒާމަކާއެކުގައިކަމަށް، ހދ. އަތޮޅު ކައުންސިލްގެ މެންބަރު، އަޙުމަދު އާތިފް ވިދާޅުވެއްޖެއެވެ. މާލޭގައި ހުރި ކެމިކަލެއް ގުދަނެއްގައި އަލިފާން ރޯވެ، އެކަމާ ގުޅިގެން ގިނަ އިމާރާތްތަކެއްގައި އަލިފާން ރޯވި، ހިތާމަވެރި ހާދިސާއާ ގުޅިގެން އާތިފް، މީސް މީޑިޔާގައި މިހެން ވިދާޅުވިއިރު، އެރަށުގެ މަގުތަކުގައި ފަޔަރ ހައިޑްރަންޓް ނެޓްވަރކް އެޅުމަށް ކުރީ ސަރުކާރުން ދިނީ ބީރު ކަންފަތެއްކަމަށް...
Thiladhun
7 އަހަރު ކުރިން
މާލެއަށް ބޯކޮށް ވާރެ ވެހި، މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ. މަގުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަންނަމުން އެބަދެއެވެ. އެގޮތުން އޭޑީކޭ ހޮސްޕިޓަލްގައި ވަނީ ފެން ބޮޑުވެފައެވެ. Male' city ah boakoh vaarey vehi baeh maguthakugai fen boduvumaai gulhigen MNDF Fire and Rescue Service ge sifain fen hikkumuge massahkaiy fashaifi. Mi vaguthu pump beynun kohgen fen hikkamun dhanee IGMH kaireegai. — Maldives National […]
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
އަލިފާނުގެ ހާދިސާގައި ނިޔާވި އައިޝަތު ޝައުނާގެ ކަށުނަމާދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ތ. ބުރުނީ ފެންފިޔާޒުގޭ އުމުރުން 46 އަހަރުގެ ޝައުނާގެ ހަށިގަނޑު ފެނިފައިވަނީ ވަރަށް ބޮޑަށް ފިހިފައިވަނިކޮށް އޭނާ ދިރިއުޅޭ އެޕާޓްމެންޓުގެ ތެރެއިންނެވެ. ޝައުނާގެ ކަށުނަމާދު ކުރުމަށް މިއަދު ހަމަޖެހިފައިވާއިރު އޭނާގެ މޫނު ދެއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އާއިލާގެ މެމްބަރުންނަށެވެ. ނަމަވެސް މައްޔިތާއަށް ޒިޔާރަތްކުރުން10:30 އިންފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް...
ޔުމްނާ ޢަލީ
7 އަހަރު ކުރިން
ކުުރިއަށް އޮތް ދެދުވަހު މުޅި ރާއްޖެއަށްވެސް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓްއޮފީސް) އިން ބުނެފިއެވެ. މިއަދު 03:00 އިން ހެންދުނު 08:00 އަށް ވައިޓް އެލާޓް ނެރުނީ މ އަތޮޅުން ފެށިގެން ހއ. އާ ދެމެދުގެ އަތޮޅުތަކަށެވެ. މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެތިން ދުވަހު އެންމެ ބޮޑަށް ވިއްސާރަ ކުރާނީ އުތުރާއި މެދު ރާއްޖެ ތެރެއަށް ކަމަށާ ދެކުނަށް ވާރޭ ވެހުނު ނަމަވެސް ދެ ދުވަސް ތެރޭ ދެކުނުގެ އަތޮޅުތަކަށް މޫސުން ކޮންމެވެސް ވަރަކަށް […]
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުން ކަންކަން ކުރިޔަށްގެންދަވާނެ ގޮތްތަކާ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިމަށްޓަކައި ކުރަންޖެހޭ ކަންކަމާ އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖުލީހުގެ ކުއްލި ބައްދަލުވުމެއްގައި މަޝްވަރާ ކުރައްވައިފިއެވެ. ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކަކާ، އަދި ގުދަންތަކެއް ހިމެނޭގޮތަށް ހިނގި މި ހާދިސާއާ ގުޅިގެން މަޝްވަރާކުރުމަށް ބޭއްވެވި ކުއްލި ޖަލްސާ ބާއްވަވާފައި ވަނީ މިރޭ މުލީއާގޭގައެވެ. މިރޭގެ މި ޖަލްސާގައި މަޝްވަރާކުރެއްވި ކަންތ...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
އަޅުގަނޑުމެން ދުޢާކުރީމުއެވެ. ޢާއިޝަތު ޝައުނާ ހެޔޮ ޙާލުގައި ވަނިކޮށް އަޅުގަނޑުމެންނާ ބައްދަލުވުމަށެވެ. އެހެން ނަމަވެސް، އެ އުޚްތާވަނީ މިރޭ ހިނގި އަލިފާނުގެ ނުރައްކާތެރި ޙާދިސާގައި މިދުނިޔެއާ ވަކިވެފައެވެ. ދިރިތިބީންގެ ހިތްތައް ރޮއްވަމުންނެވެ. إنا لله وإنا إليه راجعون ޢާއިޝަތު ޝައުނާއަކީ ޢިލްމު އުނގެނުމުގެ އެފަދަ ދެވަނައެއް ނެތް މިސާލެކެވެ. ޢުމުރުގެ ދޮށީކަމަށް ފަރުވާލެއް ނެތި، ލިބުނު ފުރުސަތުގެ ބޭނުން ހިފާ، ޤުރުއާން ކިޔަވައިދިނުމުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައެވެ. ޝައުނާއަކީ އެތައް...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
މިރޭ އިރާކޮޅު މުޅި ޤައުމު ސިހިގެންދިޔައީ ވެރިރަށް މާލޭގެ ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގޭތަކެއްގައި އަލިފާން ރޯވެގެންއުޅޭ ކަމުގެ ޚަބަރުންނެވެ. ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި މިނުރައްކާތެރި ހާދިސާގެ އަލިފާން އަދިވެސް މުޅިން ކޮންޓްރޯލު ނުކުރެވޭއިރު މިއަލިފާނުގެ ސަބަބުން އެތައް ޢާއިލާއެއްމިވަނީ އަޅުގަނޑުމެންގެ އެހީތެރިކަމަށް ބޭނުންވެފައެވެ. އަލިފާނުގެ ހާދިސާއިން އަސަރުކުރި އެތައް ޢާއިލާއެއް މިވަގުތު ތިބީ ކަލާފާނު ސްކޫލުގައެވެ. އިމާދުއްދީން ސްކޫލާއި އަދި މަޖީދިއްޔާ ސްކޫލުވެސް ބޭނުންކުރަން ޖެ...
ޙުސައިން ޝަހުދީ
7 އަހަރު ކުރިން
މިރޭ ހެންވޭރުގައި ހުރި ގެތަކެއްގައި ހިނގި ފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތްކުރައްވައި، އެ ސަރަޙައްދަށް ލިބިފައިވާ ގެއްލުން ބައްލަވާލެއްވުމަށްފަހު، މީޑިޔާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބި...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
އަލިފާނުގެ ހާދިސާގައި ގެއްލުންވިފަރާތްތަކަށް އެހީވުމަށް ރެޑްކްރެސެންޓް އިން ފަންޑެއް ހުޅުވާލައިފި އެވެ. ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން ކަލާފާނުގެ ސްކޫލްގެ ބުރުޒުމަގާ ދިމާ ގޭޓުން ވަނުމަށް ރެޑްކްރެސެންޓުން ވަނީ އެދިފައެވެ. ބީއެމްއެލް: 7701176022001 އެމްއައިބީ: 99010155500036100 To donate, go to https://redcrescent.org.mv/donate/ Or send donations to 9901 01 55500036 100 (MALDIVES ISLAMIC BANK) For donations, kindly direct your support with the remarks "ER Donation" For donations […]
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
ހާލުގައި ޖެހުނު ފަރާތްތަކުގެ އަދަދު 300 އަށް އަރާފާނެ: އެންޑީއެމްއޭ އޭނާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް އަނދާފަ އަލިފާނުގެ ހާދިސާގައި ގެއްލުނު އަންހެން މީހާ މަރުވެފައި އޮތްވާ ފެނިއްޖެ އެވެ. ހާދިސާގައި މަރުވެފައިވަނީ ތ. ބުރުނީއަށް އުފަން އައިޝަތު ޝައުނާ އެވެ. އަލިފާނުގެ ހާދިސާ އާއި ގުޅިގެން ނުފެނިގެން ހޯދަމުންގެންދާ ޢައިޝަތު ޝައުނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އަދިވެސް ނުލިބޭ ކަމަށް ޢާއިލާގެ ބޭފުލަކު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ދައްތަ ދިރިއުޅެނީ އަލިފާން ރޯވި […]
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
ދިރާގު ދިވެހި ޕްރިމިއަރ ލީގު 2019 ގައި އިއްޔެ ހަވީރު ނިލަންދޫ ސްޕޯޓް ކުލަބް އަދި ފޯކައިދޫ ފުޓްބޯލް ކުލަބް ބައްދަލުކުރި މެޗް 2-3 ނިލަންދޫ ސްޕޯޓް ކުލަބް ވަނީ ކާމިޔާބުކޮށްފައެވެ. މެޗްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ ނިލަންދޫއިންނެވެ. ނިލަންދޫގެ ގޯލް މެޗްގެ 9 ވަނަ މިނިޓްގައި ކާމިޔާބިކޮށްދިނީ ނިލަންދޫ ޓީމަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިއެއް ކަމަށްވާ ލޫކަސް އެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ފުރަތަމަހާފްގެ ފަހުކޮޅު ގާތްގާތުގައި ފޯކާއިދޫއިން […]
އަޙްމަދު އަސްފާން
7 އަހަރު ކުރިން
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ފެށި 18 އަހަރުން ދަށުގެ ސާފް ޝެމްޕިއަންޝިޕްގައި އެންމެ ފަހު ދެ މުބާރާތުގެ ޗެމްޕިއަން ނޭޕާލް އާއި ދެކޮޅަށް ކުޅުނު މެޗް ދިވެހި ރާއްޖޭގެ 18 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމް އެއްވަރު ކޮށްފިއެވެ. ނޭޕާލްއާއި ދެކޮޅަށް ކުޅުނު މެޗް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ގޯލްޖަހާ ލީޑް ނެގީ ރާއްޖޭންނެވެ. ރާއްޖޭގެ ގޯލް މެޗްގެ 20 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ޓިމްގެ ކެޕްޓަން ހަސަން […]
އަޙްމަދު އަސްފާން
7 އަހަރު ކުރިން
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރަން ސަރުކާރުތަކަށް ގޮވާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ ގްލޯބަލް ކްލައިމެޓް ސްޓްރައިކް ކުޅުދުއްފުށީގައިވެސް ފަށައިފި އެވެ KF youth is calling for #climateactionnow We are demanding people in power to prioritize climate change adaption n mitigation! This can be achieved by protecting natural assets which are our protectors n defenders from climate impacts! #climatestrikemv #savekulhudhuffushikulhi pic.twitter.com/9kSw6IxQGJ […]
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
ޔޫއެފާ ޔޫރޮޕާ ލީގުގެ ކުޅުން ރޭ ވަނީ ފަށާފައެވެ. ގުރޫޕް ސްޓޭޖްގައި އިނގިރޭސި ވިލާތައް ނިސްބަތްވާ ދެ ކުލަބް ކަމަށްވާ އާސެނަލް އަދި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗްތައް ވަނީ ކާމިޔާބުކޮށްފައެވެ. ގުރޫޕް އެފްގައި މި މުބާރާތުގެ އެންމެ ފަހުގެ ރަނައަޕް ޓީމް ކަމަށްވާ އިނގިރޭސި ވިލާތުގެ އާސެނަލް އަދި ޖުރުމަނުގެ ފްރެންކްފާޓް ބައްދަލުކުރި މެޗް އާސެނަލް ކާމިޔާބުކުރީ 3-0 ނަތީޖާއަކުންނެވެ. ފްރެންކްފާޓްގެ ދަނޑުގައި ކުޅުނު މިމެޗަށް އާސެނަލްއިން ކުޅެން ނުކުތީ ގިނަ ޒުވާން ކުޅުންތެރިންތަކެއް ޓީމްގެ […]
އަޙްމަދު އަސްފާން
7 އަހަރު ކުރިން