"އެލަޔަންސް ފުޓްސަލް ކަޕް 2019" 1 ޑިސެމްބަރ ގައި
އެލަޔަންސް ސްޕޯޓްސް ކުލަބުގެ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ “އެލަޔަންސް ފުޓްސަލްކަޕް 2019” ބޭއްވުމަށް ހަމަޖެހިފައިވަނީ 1 ޑިސެމްބަރ އިން 12 ޑިސެމްބަރ 2019ގެ ނިޔަލަށް ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ.ބާރަށު ފުޓްސަލް ދަނޑުގައެވެ. މި މުބާރާތަކީ މުޅި ރަށަށް ހުޅުވައިލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މުބާރާތުގެ ޤަވައިދާއި ބައިވެރިވުމަށް އެދޭ ފޯމް 05 އޮކްޓޯބަރ 2019 ގައި އާންމު ކުރެވޭނެކަމަށް އެޖަމިއްޔާއިން މަޢުލޫމާތު ދެއެވެ. އެލަޔަންސް ފުޓްސަ...