އުތީމު އާދަމްބޭގެ ގަލަމުން: އަލަށް ލިބާސް ލެއްވުން
އަންހެންކުދިން އަލަށް ލިބާސް ލެއްވުމަކީ ވަކި ހަމަތަކެއްގެ މަތިން ކުރިން ދިވެހިން ކުރަމުން އައި ކަމެކެވެ. މިޒަމާނުގައި، އެންމެ ޅަފަތުއްސުރެ އެޖިންސަކަށް ޚާއްސަ ކުރެވިފައި ހުންނަ ހެދުން އެޖިންސެއްގެ ކުދިން ލައްވަމުންއައިނަމަވެސް މީގެ ދުވަސްތަކެއް ކުރިން އެކަމަކީ މިގޮތަށް އޮތްކަމެއް ނޫނެވެ. ވަކި އުމުރަކަށް އަންނަންދެން ފިރިހެންކުދިންނެކޭ އެއްފަދައިން އަންހެންކުދިންވެސް އަންދަވަނީ މުންޑުކަމަށް ބުނެއެވެ. މިފަދަ މުންޑުފަހަނީ ފިރިހެނުންގެ މުންޑުން ނަގާ ބާކީ ފޮތިކޮޅު ބޭނުންކޮށްގެންނެވެ. އެންމެ ކުޑައިރު...