ނ.މިލަދޫ ގައި އަލަށް އިމާރަތްކުރާ އިންޖީނުގޭގެ އެއްބަސް ވުމުގައި ބީޗް ބިލްޑާރސް އާއި ފެނަކައާ ދެމެދު ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ވަހީދެވެ. ބިޗް ބިލްޑާރސް ގެ ފަރާތުން ސޮއިކުރެއްވީ އެފަރާތުގެ މެނޭޖިން ޑިރެކްޓަރ އަބްދުލް ވާހިދު އިބްރާހިމްއެވެ.

Ad
rt

މި ޕްރޮޖެކްޓް މިއަދު ހަވާލުކޮޮށްފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 19 އަށް ނިންމުމަށް ޖުމްލަ 5530،189.40 ރުފިޔާ އަށެވެ.

ފެނަކައިން މިއަހަރުތެރޭގައި މުޅީން އަލަށް 30 އިންޖީނުގެ އެޅުމަށް އަމާޒު ހިފައިފައިވާއިރު މިއަހަރު މިހާތަނަށް ފެނަކައިން ވަނީ ގިނަ ރަށްރަށެއްގައި އިންޖީނުގެ އެޅުމަށް ނިންމައި އެތަންތަނުގެ ބިންގާ އަޅައިފައެވެ. މީގެ އިތުރުން މީގެ އިތުރުން އެ ކުންފުނިން ގެންދަވަނީ ރަށްރަށުގެ ކަރަންޓަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރައްވަމުންނެވެ.