ވައިކަރަދޫގައި އެކްސިޑެންޓުވި މީހާ ސިކުނޑިއަށް ލޭ އެޅި އިތުރު ފަރުވާއަށް މާލެ ފޮނުވަނީ
މިއަދު ވައިކަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހާލު ސީރިއަސްވި މުޙައްމަދު ޒާރިހު އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާއި ހަވާލުވެހުރި އަޙްމަދު ދާއޫދު ވިދާޅުވީ އެމީހާގެ ހާލު ސީރިއަސް ކަމާއި ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި ސީޓީ ސްކޭން ހެދުމަށްފަހު މިހާރު އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ ހާލު ސީރިއަސްވި 48 އަހަރުގެ މީހާ އަށް ފަރުވާ ދެމުންދަނީ...