މިއަހަރުގެ ތެރޭ ތަޢުލީމާބެހޭ ޤާނޫނެއް ފާސްވެގެން ދިޔުމަށް އުއްމީދުކުރަން: މިނިސްޓަރ
މިއަހަރުގެ ތެރޭ ތަޢުލީމާބެހޭ ޤާނޫނެއް ފާސްވެގެން ދިޔުމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ މުނާޞަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރ ވިދާޅުވީ ސަރުކާރުން ތަޢުލީމް ފޯރުވައިދެމުންދާތާ މިހާރު 100 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައި ކަމަށާއި އެހެންނަމަވެސް ތަޢުލީމާ ގުޅޭ ޤާނޫނެއްނެތްކަމަށެވެ. މިކަމުގެ ސަބަބުން އެކި ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ލިޔެވި ބަޔާންވެގެން ވުމާއި، ކަންކަމަށް މީހުން ޒިންމާދާ...