ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މި ޤައުމުގައި މިހާރަކަށް ވުރެ ބޮޑަށް ފުޅާކޮށް ލިބިފައެއް އޮތް ދުވަސްވަރެއް ނެތްކަމަށާއި، އިންޑިއާއި ގުޅުވައިގެން އިދިކޮޅު ޕީޕީއެމުން އިސްވެ ހިންގާ ހަރަކާތާއި ގުޅިގެން ފިޔަވަޅުއަޅާ ހިސާބަށް ކަންކަން ދިޔައީ ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ކަންކަން ދިޔުމުން، ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. ފެނާއި ނަރުދަމާގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓ...
އަލީ އާދިލް
ށ. ކަނޑިތީމުގައި އުމުރުން އެއް އަހަރުގެ ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެރަށުގައި ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި ވަނީ އާންމު ފަރާތަކުން ކަމަށެވެ. އެ ފަރާތުން އެކަން ފުލުހުންނާއި ހިއްސާކޮށްފައި ވަނީ މިރޭ 18:30 ހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. ގެއްލިގެން ހޯދަމުން ދިޔަ މި ތުއްތު ކުއްޖާ ފެނިފައި ވަނީ މޫދުގައި އޮއްވައެވެ. އެ ކުއްޖާ މޫދުން ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔަ […]
ޙުސައިން ޝަހުދީ
ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލިފައިވާ އައްމަޓީ ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބޭރުކޮށްލާފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މިއަދު އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވަނީ އެ މައްސަލަ ހައި ކޯޓުން އަލުން ބަލަން ޖެހޭނެ ކަމަށެވެ. ހައި ކޯޓުން އެ މައްސަލަ ބޭރުކޮށްލާފައި އޮތީ […]
ހުސައިން ހަބީބް
އިދުރީސްބޭ ގޭގައި އުޅެނިކޮށް އެއް ދުވަހަކު ސިއްތި ޙުސެންބެ ގޮސް ބުނެފިއެވެ. ކަލޯ އިދުރީހާއެވެ. ކުޑަކުޑަ ޝަރީޢަތެއް ނިންމައިދޭން އަހަރެމެންގެއަށް ހިނގާބަލާށެވެ. އިދުރީސްބޭ ހުސޭނުބެއާއެކު ހިނގައިގަތެވެ. އޭރު އަދި އެއީ ކޮންކަމެއް ކަމެއް ވެސް ނޭނގެއެވެ. އިދުރީސްބެ އެ ގެއަށް ދިއުމުން ބޮޑު އަށިމަތީގައި ސައިކައްކާ ދެ ކުރާ ނެރެފައި ބަހައްޓައިފިއެވެ. އެއީ ވަރަށް ކުޑަކުޑަ ކުރައަކާއި އެ ކުރައަށްވުރެ ތަންކޮޅެއް ބޮޑު ކުރައެކެވެ. ހުސޭނުބެ ބުނެއްޕެވެ. ޝަރީޢަތް ގެންދަންވީ މި ދެ ކުރާގެ މައްޗަށެވެ. މައްސަލައަކީ [...
ޢަބްދުﷲ ސަޢީދު
ޅ. ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ ވަނީ ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފައެވެ. އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 66 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއް...
އަޙްމަދު ވަހީދު
ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޮރި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުއާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި ދެ ޤައުމުގެ ދެމެދު ދެމުން އަންނަ އެއްބާރުލުމުގެ މައްޗަށް ދެބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ. މިގޮތުން ނައިބު ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި ޖަޕާނާއި ރާއ...
ޔުމްނާ ޢަލީ
ބ. ދަރަވަންދޫ ނަރުދަމާ އެޅުމުގެ އަމަލީ މަސައްކަތްތަކަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފިއެވެ. އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މާލެ ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއެވެ. އެ ކުންފުނިން ބުނީ ދަރަވަންދޫގެ ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހޮޅި އާއި, އެހެނިހެން ތަކެތި ދަރަވަންދު އަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ ނަރުދަމާ ނިޒާމުގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުންޏެވެ. […]
އަޙްމަދު ވަހީދު
ހުޅުމާލެއިން ކުއްޔަށް ދޫކުރާ ޕާކިން ޖާގަތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެޗްޑީސީން ހުޅުމާލޭގެ ދެ ސަރަހައްދަކުން 70 ޖާގަ ވަނީ ހުޅުވާލާއިފައެވެ. އެއީ ފެރީ ޓާމިނަލް ކައިރިންނާއި ރެޑްވޭވް މެގަމޯލް ކައިރިންނެވެ. މިއީ ކާރުތައް ޕާކު ކުރަން ދޫކުރާ ޖާގަތަކެކެވެ. ފެރީ ޓާމިނަލް ކައިރިން ދޫކުރަނީ 50 ޖާގައެވެ. އަދި ރެޑްވޭވް މެގަމޯލް ކައިރިން ދޫކުރަނީ 20 ޖާގައެވެ. އެޗްޑީސީ އިން ބުނި ގޮތުގައި ހުޅުމާލޭގައި އުޅޭ މީހުންނަށް ހަމަހަމަ އުސޫލަކުން ވެހިކަލް ޕާކު ކުރުމުގެ […]
އަޙްމަދު ވަހީދު
ތ. ގާދިއްފުށި ފެނާއި ނަރުދަމާ މަޝްރޫއުގެ ދަށުން، ފެނުގެ މަސައްކަތަށް ބޭނުންވާ ސާމާނު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި އެ މަޝްރޫއުގެ މަސައްކަތް ހުއްޓުމެއް ނެތި އަންނަނީ ކުރަމުންނެވެ. އަދި ޕާކިން ޝެޑް ހެދުމުގެ މަސައްކަތުގެ 95 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް ގާއިމުކޮށް، ނަރުދަމާގެ ޕަމްޕް ސްޓޭޝަނުން 210 […]
އަޙްމަދު ވަހީދު
އިސްލާމްދީނާއި ދުރުވެގެން ކާމިޔާބެއް ނެތްކަމަށާއި މާތްﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީންކަމަށް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ. ޑރ. ޢަލީ ޒާހިރު މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ އިޙްޔާ ޕްރޮގްރާމްގެ ރޭގެ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ. ރޭގެ މަޢުލޫއަކީ “ޒަމާނީ އޮއިވަރުތަކުން ރައްކާތެރިވެތިބުމަށް މަގެއް” އެވެ. މި މައުލޫއަށް ވާހަކަ ދައްކަވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ، އިސްލާމްދީނާއި ދުރުވެގެން ކާމިޔާބެއް ނެތްކަމަށެވެ. އަދި މާތްﷲގެ ހަޟްރަތުގައި ދީނ...
ޝިއުނާ އާދަމް
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ރަޔޯ ވަޔެކާނޯއާއި ބައްދަލުކުރި މެޗުން ބާސާ ބަލިވެއްޖެއެވެ. މި މެޗުން ބާސާ ބަލިވެފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި ބައްޔާއެކު ބާސާ މި ވަނީ އެ ޓީމްގެ ދަނޑުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައެވެ. ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ޖަރުމަނުގެ ފްރެންކްފާޓް އަތުން އަމިއްލަ ދަނޑުގައި ބަލިވެ މުބާރާތުން ބާސާ ކެޓި މެޗުގެ އިތުރުން ލީގުގައި ބާސާ އެންމެ […]
އިބްރާހިމް ޚަލީލް
އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ސަރުކާރު ހިއްސާވާ އިތުރު ދެ ކުންފުންޏަކުން ބައިވެރިވެއްޖެއެވެ. އެ ޕްރޮގްރާމުގައި އަލަށް ބައިވެރިވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ފެނަކަ ކޯޕަރޭޝަނެވެ. މިދިޔަ ބުރާސްފަތި ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވެސް ވަނީ އެ ޕްރޮގްރާމުގައި ބައިވެރިވެފައެވެ....
އަޙްމަދު ވަހީދު
ޙަމްޒަތުގެފާނާއި ޢަބްދުاللهِ ބިން ޖުދްޢާނު މިނިވަންކުޅަ ޖާރިޔާ އާއިދެމެދު ދެކެވުނު ވާހަކަތައް ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީން ރަޙިމަހުﷲ ލިޔުއްވި “ކީރިތި ރަސޫލާގެ ސިޔަރަތު” ފޮތަކީ، ދިވެހީން މޮށެއުޅުނު ރީތި ބަސްމަގެއްގެ އާދަޔާ ޚިލާފު ތާރީޚީ ބަޔާނެއްވެސް މެއެވެ. މިފޮތް ލިޔުއްވައި ނިންމެވިތާ މިއަހަރަށް 87 އަހަރު ފުރޭ އިރު، އަޅުގަނޑުމެންގެ ޅައިރުގައި ތިބި އަޅުގަނޑުމެންގެ މުސްކުޅި ކާފައިންނާއި، މާމައިންނާއި، ބޭބެއިންނާއި، ދައިތައިން، އެބައިމީހުންގެ އާންމު ދިރިއުޅުމުގައި މިކަހަލަ ރީތި، ސާދާ ބަސ...
އަޙްމަދު ސާލިމް
ދިވެހި ބަހަށް ކުރާ އިޚްތިރާމަށް ނިކަމެތިކަން ނާންނަ ގޮތައް ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ ޤައުމުގެ ތަރައްޤީ ހަލުވިވެ، ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ. މެންބަރު އިކްރާމް މިހެން ވިދާޅުވީ، އިނގިރޭސި ބަހުގެ ދުވަހާއި ގުޅުވައިގެން އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއް ހިއްސާ ކުރައްވަމުންނެވެ. އިކްރާމް ވިދާޅު...
އަލީ އާދިލް
ދިވެހިރާއްޖެއާ ބެހޭ ގޮތުން ލިޔުއްވި ބޭރުގެ ލިޔުންތެރިން އެންމެ ހައިރާންވި ކަމަކީ އެއީއެވެ. ގިނަ ލިޔުންތެރިންނަށް ދިވެހިރާއްޖޭގެ ޚާއްޞަ ސިފައެއްގެ ގޮތުގައި ފާހަގަ ކުރެވުނު އެއް ކަމަކީ ވެސް އެއީއެވެ. ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި އަންހެނުންގެ ބާރުވެރިކަން އޮތް ގޮތެވެ. ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އަންހެން ބޭފުޅުން ރެދަލިކުރެއްވުމެވެ. އަދި ރަސްކަލަކު ހުންނެވިޔަސް ރަސްކަމުގެ ނިޒާމުގައި އަންހެނުންގެ ބާރާއި ދައުރު އޮތްގޮތާއި މިންވަރެވެ. ރާއްޖޭގެ ތާރީޚުގެ ގަނޑުތައް އަވަސްއަވަހަށް އުކާލުމުން ރެ...
ޢަބްދުﷲ ސަޢީދު
ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެތެރޭގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، އޭބީސީ އަޅަން ބޭނުންވާ މެޓީރިއަލްސް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،...
އަޙްމަދު ވަހީދު
ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގެ ކުރިން، ދައުވާލިބޭ ހަލީމަތު ލަމްހާގެ އިންޒާރުގެ މެސެޖެއް ފޮނުވާފައިވާ ކަަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ. ޅ. ހިންނަވަރު މާފިނި، ލަމްހާ އާއި އޭނާގެ ލޯބިވެރިޔާ އަދި މޭރީގެ ފިރިމީހާ މާވިންއާ ގުޅިގެން މޭރީ މަރާލި ކަމަށް ބުނެ ލަމްހާގެ މައްޗަށް ކުރާ ދައުވާގައި ދައުލަތުން ތުހުމަތު ކުރަނީ އެ ދެ މީހުން ލޯބީގެ ގޮތުން އުޅުމަށްޓަކައި ދެ މީހުން ރާވައިގެން މިދިޔަ އަހަރުގެ […]
ހުސައިން ހަބީބް
ހއ. ބާރަށު ނެރު އަދި ބަނދަރު ސަރަހައްދު ފުންކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ހާބަ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތުގެ 63 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެ މަޝްރޫއުގެ ދަށުން، 28،101 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 12.17 މިލިއަން […]
އަޙްމަދު ވަހީދު