މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,460 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1116 ވަނަ ޞަފްޙާ

ޕީއެޗްޑީ ގަބޫލުކުރަން އަމުރު ނުކުރެވުނަސް, އެމްކިއުއޭއިން ގެއްލުމަށް ޒިންމާވާން ޖެހޭނެ: ސިވިލް ކޯޓް

ޕީއެޗްޑީ ގަބޫލުކުރަން އަމުރު ނުކުރެވުނަސް, އެމްކިއުއޭއިން ގެއްލުމަށް ޒިންމާވާން ޖެހޭނެ: ސިވިލް ކޯޓް

ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ސެޓްފިކެޓެއް ބަލައިގަންނަން އަމުރު ނުކުރެވުނަސް, ކިޔަވަން ކުރި ހަރަދު ލިބުނު ގެއްލުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުން ހިންގި ޕީއެޗްޑީ ކޯހެއްގެ ކިޔެވުން ބަޔަކު ފެށީ އެމްކިއުއޭއިން އެ ކޯސް ގަބޫލުކުރާ ކަން 2016 ވަނަ އަހަރު އެންގުމުންނެވެ. ޖެނުއަރީ، 2018 ވަނަ އަހަރު އެ އެމްކިއުއޭއިން އެ ކޯސް ގަބޫލުކުރުން […]

ހުސައިން ހަބީބް
ރައީސް ސާލިހަށް ޓިކެޓު ހަވާލުކުރުން ހުކުރު ދުވަހުގެ ރޭ، ކާނިވާ ސަރަހައްދުގައި

ރައީސް ސާލިހަށް ޓިކެޓު ހަވާލުކުރުން ހުކުރު ދުވަހުގެ ރޭ، ކާނިވާ ސަރަހައްދުގައި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުން މި ފެބްރުއަރީ މަހުގެ 17 ގައި ބޭއްވުމަށް ނިންމައިފިއެވެ. އެ ޕާޓީން މީގެ ކުރިން ވެސް ބުނެފައިވަނީ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބާއްވާ ޖަލްސާ މި ފެބްރުއަރީ މަހު ބާއްވާނެ ކަމަށެވެ. މި ސަލްސާ ބޭއްވުމަށް ނިންމާފައިވަނީ ކާނިވާ ސަރަހައްދުގައެވެ. ޓިކެޓް ހަވާލުކުރުމަށް ބާއްވާ ރަސްމިއްޔާތު ކާނިވާ ސަރަހައްދުގައި ބޭއްވުމަށް މާލެ ސިޓީ […]

މުޙައްމަދު އަފްރާޙް
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި "ވެށި ބާރު" ގެ ނަމުގައި ކޮމިޔުނިޓީ ޕްރޮގްރާމް ތަކެއް ހިންގަނީ

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި "ވެށި ބާރު" ގެ ނަމުގައި ކޮމިޔުނިޓީ ޕްރޮގްރާމް ތަކެއް ހިންގަނީ

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި “ވެށި ބާރު” ގެ ނަމުގައި ކޮމިޔުނިޓީ ޕްރޮގްރާމް ތަކެއް ހިންގުމަށް އެއްބަސްވެ، ސޮއި ކޮށްފިއެވެ. މި އެއްބަސްވުމަކީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަރވަރމެންޓް އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއެކު ވެވުނު އެއްބަސްވުމެކެވެ. ޔޫތް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވެވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާސިޙް އެވެ. އަދި ސްކީމްގެ ފަރާތުން ސޮއިކުރެއްވ...

މުޙައްމަދު އަފްރާޙް
އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ނެއްލައިދޫގައި މަދަހަ މުބާރާތަކާއި މަސް ރޭހެއް ބާއްވަނީ

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ނެއްލައިދޫގައި މަދަހަ މުބާރާތަކާއި މަސް ރޭހެއް ބާއްވަނީ

މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހދ. ނެއްލައިދޫގައި މަދަހަ މުބާރާތަކާއި މަސް ރޭހެއް ބޭއްވުމަށް ނިންމައިފިއެވެ. މިކަމާއި ގުޅިގެން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލުގެ ނައިބު ރައީސް އަހްމަދު ރަޝީދު ވިދާޅުވީ މިއީ އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތްތަކެއް ކަމަށެވެ. އަދި މިއީ އެރަަށު އަންހުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ ހަރަކާތްތަކެއް ކަމަށެވެ. އެގޮތުން މާރޗު 8 ވަނަަ ދުވަހު މަދަހަ މުބާރާތެއް ބޭއްވުމަށް ނިންމާފ...

މުޙައްމަދު އަފްރާޙް
އެކުގައި މަސައްކަތް ކުރަން ޕީޕީއެމް އަށް ދައުވަތެއް ނުދެން: އުމަރު

އެކުގައި މަސައްކަތް ކުރަން ޕީޕީއެމް އަށް ދައުވަތެއް ނުދެން: އުމަރު

މިއަހަރު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތްކުރުމަށް، އިދިކޮޅު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ދައުވަތު ދީފައި ނުވާނެ ކަމަށް މި އިންތިހާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ އުމަރުގެ ފަހަތަށް ޕީޕީއެމްއިން ރިޔާސީ އިންތިހާބުގައި އަރަން އޭނާ ދައުވަތުދެއްވި ކަމަށާއި އޭގެބަދަލެއްގެ ގޮތުގައި، މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރަ...

މުޙައްމަދު އަފްރާޙް
ހައްދުފަހަނަޅުމުގެ ނިޝާންތަކާއި އެ ފިކުރުގެ ނުރައްކާތެރިކަން!

ހައްދުފަހަނަޅުމުގެ ނިޝާންތަކާއި އެ ފިކުރުގެ ނުރައްކާތެރިކަން!

ހައްދުފަހަނަޅުމަކީ އުންމަތަށް ދިމާވެފައިވާ ވަރަށް ބޮޑު ނުރައްކަލެކެވެ. އެކަމުގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ މުސްލިމުންނަށެވެ. އެހެނީ، ހައްދުފަހަނަޅި މީހުންގެ އުދަނގުލާއި ތުރާ އެންމެ ބޮޑަށް ތަޙައްމަލުކުރަން ޖެހޭ ބަޔަކީ އާންމު މުސްލިމުންނެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި ޚުދު އެކަލޭގެފާނަށް ވެސް އެފަދަ މީހުންގެ އުދަނގޫތައް ބަރުދާސްތުކުރައްވާން ޖެހިވަޑައިގަތެވެ. އެ މީހުންގެ ރޫޙާނީ ބައްޕަކަމަށްވާ ޛުލްޚުވެއިޞިރާ އެކަލޭގެފާނާ މުޚާޠަބުކޮށް ބުނީ، އޭ މުޙައްމަދެވެ! ކަލޭގެފާނު ޢަދުލުވެރިވާށެ...

ޝެއިޚް ޝަފީއު އަބްދުﷲ
"ގްރީން ޕާޓީ އޮފް ދަ މޯލްޑިވްސް" އުފެއްދުމުގެ ހުއްދަ ޖާބިރަށް ދީފި

"ގްރީން ޕާޓީ އޮފް ދަ މޯލްޑިވްސް" އުފެއްދުމުގެ ހުއްދަ ޖާބިރަށް ދީފި

ގްރީން ޕާޓީ އޮފް ދަ މޯލްޑިވްސް (ޖީޕީއެމް) އުފެއްދުމުގެ ހުއްދަ، ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ. އެ ހުއްދަ ދީފައިވަނީ މިއަދު އެވެ. މި ޕާޓީއަކީ ޖާބިރުގެ ލީޑަރު ކަމުގައި އޮތް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގައި ގާނޫނީ އަދަދަށް މެމްބަރުން ހަމަނުވާތީ، އެ ޕާޓީ އުވައިލުމަށް އީސީ އިން ނިންމާފައިވާތީ ޖާބިރު އުފައްދަވާ ޕާޓީއެކެވެ. ޖާބިރު ކުރިން ވިދާޅުވެފައިވަނީ މިއީ ސިޔާސީ ކަންކަމުގެ […]

މުޙައްމަދު އަފްރާޙް
ސަމަދު ވީތަނެއް ހޯދައި، އޭނާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިދިކޮޅުން ގޮަވައިލައިފި

ސަމަދު ވީތަނެއް ހޯދައި، އޭނާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިދިކޮޅުން ގޮަވައިލައިފި

ހުޅުމާލެ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު ވީތަނެއް ހޯދައި، އޭނާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިދިކޮޅު، ޕްރޮގްރެސިވް ކޯލިޝަނުން ސަރުކާރަށް ގޮަވައިލައިފިއެވެ. އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ އާއއިލާއަށް މިވަގުތު ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް ވެސް ސަރުކާރަށް ގޮވާލާފައެވެ. “މިޕާޓީގެ ހުޅުމާލޭ ދާއިރާގެ ރައީސް، ޢަބްދުއްޞަމަދު ބޭސް ފަރުވާއަށް އާއިލާއާއެކު އިންޑިއާގެ ބެންގަލޫރަށް ދަތުރު ކުރައްވާ، ބެންގަލޫރުގައި ހުންނަވަނިކޮށް އިއްޔެގެ ވަގުތެއްގައި ވީނުވީއެއް ނޭނގި އ...

މުޙައްމަދު އަފްރާޙް
މުދަލު ޒަކާތް ހަރުދަނާ ކުރުމަށް ބިލެއް ތައްޔާރުކޮށް އޭޖީއަށް ފޮނުވައިފި

މުދަލު ޒަކާތް ހަރުދަނާ ކުރުމަށް ބިލެއް ތައްޔާރުކޮށް އޭޖީއަށް ފޮނުވައިފި

މުދަލު ޒަކާތް ހަރުދަނާ ކުރުމަށް ބިލެއް ތައްޔާރުކޮށް އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު ކުރައްވާފައިވާ ސުވާލަކީ ރާއްޖޭގައި މުދަލު ޒަކާތް ދެއްކުމަށް މަޖުބޫރު ނުވަނީ ކީއްވެތޯ އާއި މުދަލު ޒަކާތް ދެއްކުން ހަރުދަނާ ކުރުމަށް އެއްވެސް ވަރެއްގެ މަސައްކަތެއް ކުރައްވާތީއެވެ. މި...

މުޙައްމަދު އަފްރާޙް
ދިވެހިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ތަފާތުކުރުމެއްނެތި ފޯރުކޮށްދިނުމަށް ޝިޔާމް ގޮވައިލައިފި

ދިވެހިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ތަފާތުކުރުމެއްނެތި ފޯރުކޮށްދިނުމަށް ޝިޔާމް ގޮވައިލައިފި

ބޭރު ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ގޮވައިލާ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ އެއް ނައިބު ރައީސް އަހްމަދު ޝިޔާމް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ. މިއަދު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާއަށް ޝިޔާމް ހުށަހެޅުއްވި މި މައްސަލާގައި ވިދާޅުވެފައި ވަނީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދ...

ޔުމްނާ ޢަލީ
ނަޕޯލީ ލީޑު ދެމެހެއްޓިއިރު، ޔުވެންޓަސްއަށް އުނދަގޫ މޮޅެއް

ނަޕޯލީ ލީޑު ދެމެހެއްޓިއިރު، ޔުވެންޓަސްއަށް އުނދަގޫ މޮޅެއް

އިޓާލިއަން ލީގުގައި ރޭ ނަޕޯލީއާއި ތާވަލުގެ ފުލުގައި އޮތް ކްރެމޮނީސޭ ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެ ޓީމުން ލީޑު ދެމެހެއްޓިއިރު، ރޭ ޔުވެންޓަސްއާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗު ހަނި ގޮތަކަށް ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ. ރޭ ނަޕޯލީގެ އަމިއްލަ ދަނޑުގައި އެ ޓީމުން ވަނީ 3-0 ގެ ނަތީޖާއިން ކްރެމޮނީސޭ ބަލިކޮށްފައެވެ. އިޓާލިއަން ކަޕްގައި މި ދެ ޓީމް މިދިޔަ ޖަނަވަރީ މަހު ވާދަކުރި އިރު، ޕެނަލްޓީ ޖަހައިގެން އެ […]

އިބްރާހިމް ޚަލީލް
ވިޔަރެއާލް ބަލިކޮށް ބާސާ ލީޑު ފުޅާކޮށްފި

ވިޔަރެއާލް ބަލިކޮށް ބާސާ ލީޑު ފުޅާކޮށްފި

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި ވިޔަރެއާލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ބާސާއިން އެއްވަނާގައި ލީޑު ފުޅާ ކޮށްފިއެވެ. ރޭ ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް ބާސާ މޮޅުވެފައިވާއިރު، ބާސާ އެންމެ ފަހުން ލީގުގައި ބަލިވެފައި ވަނީ މިދިޔަ ޑިސެމްބަރ މަހު ރެއާލް މެޑްރިޑް އަތުންނެވެ. މި ސީޒަންގައި ލީގުގައި މިހާތަނަށް ކުޅުނު 21 މެޗުގައި ބާސާ ކޮޅަށް […]

އިބްރާހިމް ޚަލީލް
ބައްޕައާ ދެކޮޅަށް ކައިޒީން މިފަހަރު އެދުނު އަމުރު ކޯޓުން ނެރެނުދިން

ބައްޕައާ ދެކޮޅަށް ކައިޒީން މިފަހަރު އެދުނު އަމުރު ކޯޓުން ނެރެނުދިން

ރާއްޖޭގެ މަޝްހޫރު މޮޑެލް ކަމަށްވާ ފާތިމަތު ޒަޔާން (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ދައުވާކުރާ މައްސަލާގައި ކައިޒީންގެ ފަރާތުން އެދުނު އަމުރު މިފަހަރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ. ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް ދައުވާކުރީ އޭނާ ފައިސާ ދީގެން ގަތް ބޯޓެއް އޭނާގެ ހުއްދަ ނެތި ބައްޕަގެ ނަމަށް ރަޖިސްޓްރީ ކުރުމުންނެވެ. އެ މައްސަލަ ނިމެންދެން ބޯޓުގެ ރަޖިސްޓްރީ ބަދަލު ނުކުރުމުގެ އަމުރަކަށް ކައިޒީން ފަރާތުން ކުރިން އެދުމުން އެ އަމުރު […]

ހުސައިން ހަބީބް
ކުޑަގިރި ތަރައްގީކުރުމުން ސިޔާސީ ވާދަވެރިން މާޔޫސްވެއްޖެ: ޝިފާޢު

ކުޑަގިރި ތަރައްގީކުރުމުން ސިޔާސީ ވާދަވެރިން މާޔޫސްވެއްޖެ: ޝިފާޢު

މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަތުރު ދިޔުމަށް މި ސަރުކާރުން ތަރައްގީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވައި ބޭނުންކުރަންފަށާފައިވާއިރު، އެރަށުގެ ސަބަބުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ސަރުކާރުގެ ސިޔާސީ ވާދަވެރިން މާޔޫސްވެފައިވާ ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވީ އިއްޔެއެވެ. އެ ރަށް ރަސްމީކޮށް ހުޅުވައިދެއްވީ އެރަށުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައ...

ޔުމްނާ ޢަލީ
އާސިރު އެންމެ ފަހުން ފެނުނީ އެއާޕޯޓުން، ފުރިކަން އެނގިފައެއްނުވޭ: ފުލުހުން

އާސިރު އެންމެ ފަހުން ފެނުނީ އެއާޕޯޓުން، ފުރިކަން އެނގިފައެއްނުވޭ: ފުލުހުން

ގެއްލިގެން ހޯދަމުންދާ މުޙައްމަދު އާސިރު އިސްމާޢީލް، (ސ. މަރަދޫފޭދޫ / ގަސްކަރަ) ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އޭނާ އަދި ފެނިފައިނުވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. އުމުރުން 31 އަހަރުގެ އާސިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. ފުލުހުން މިރޭ ބުނީ، ފެބުރުވަރީ 4 […]

ޔުމްނާ ޢަލީ
''ސިއްހީ ހިދުމަތްތެރިން މެދުވެރިކޮށް ގައުމުތަކާ ދޭތެރޭ އޮންނަ ގުޅުން ރަނގަޅު ކުރުމަކީ ޗައިނާ ސިޔާސަތެއް''

''ސިއްހީ ހިދުމަތްތެރިން މެދުވެރިކޮށް ގައުމުތަކާ ދޭތެރޭ އޮންނަ ގުޅުން ރަނގަޅު ކުރުމަކީ ޗައިނާ ސިޔާސަތެއް''

ޗައިނާ ސަރުކާރުގެ ސިޔާސަތަކީ ޗައިނާގެ ޑޮކްޓަރުން ގައުމުތަކަށް ފޮނުވައިގެން ސިއްހީ ހިދުމަތްތައް ދިނުން އެކަނި ނޫން ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ވަން ލީޝިން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ އެންޑީ އަބްދުﷲ އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރުގައި ހިންގާ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއީ ހުނަރާއި ހިދުމަތްތައް މިހާރަށްވުރެ އިތުރަށް ތަރައްގީކުރުމަށް ޗައިނާއާއި ރާއްޖޭގެ ސަރުކާރު ގުޅިގެން ހިންގާ ޕްރޮގްރާ...

މުޙައްމަދު އަފްރާޙް
މާލޭގެ 4 މިސްކިތެއްގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް

މާލޭގެ 4 މިސްކިތެއްގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް

މާލޭގެ 4 މިސްކިތެއްގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގުމަށް އުޔޫން އިންސްޓިޓިއުޓް އާއި މާލެ ސިޓީ ކައުންސިލާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމްނާމާގެ މަގުސަދަކީ މާލޭ ސިޓީގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ކުޑަކުދިންގެ ތެރެއިން ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް ޤުރުއާން ހިތުދަސްކުރުމުގެ ހުނަރު ދަސްކޮށްދީ، ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގައި ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް އެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. ޤުރުއާ...

މުޙައްމަދު އަފްރާޙް
ފަގީރުންގެ ދަފްތަރާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް

ފަގީރުންގެ ދަފްތަރާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް

2023 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ނުހިމެނޭ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ. އެ މިނިސްޓްރީން ބުނީ އެ ފުރުސަތު މި ހިނގާ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އޭގެ ފަހުން ހުށަހެޅޭ ޝަކުވާތައް ބަލައިނުގަންނާނެ ކަމަށް ވެސް ބުނެއެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްއެދި މާލެ، ހުޅުމާލެ، ވިލިމާލޭ ގައި ދިރިއުޅޭ ފަރާތްތަކަށް، ފޯމ...

މުޙައްމަދު އަފްރާޙް